ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމްދީން ހިމާޔަތް ކުރުމަކީ ދައުލަތުގެ އަދި ފަރުދުންގެ ޒިންމާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަހްމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިރާދަކުރެއްވިޔާ މި ގައުމުގައި އޮންނާނީ ހަމައެކަނި އިސްލާމް ދީން ކަމަަށެވެ.
"އިސްލާމްދީން ހިމާޔަތް ކުރުމަކީ ދިވެހި ދައުލަތާއި އަދި ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް" މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.
Dhivehinge dheenaky Islam Deen. Iraada kurehvihyaa Mi raahjeaga onnaany Hama ekani islaam dheen.
Islaam dheen himaayath kurumaky dhivehi daulathaai adi konme farudehge bolugai ves elhifaivaa zinmaa eh.— Ahmed Zahir Ali (@AhmedZahirAli) January 26, 2019
އިސްލާމިކް މިނިސްޓަރު ޒާހިރު މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ދީނީ ހިޔާލު ތަފާތުވުންތަކެއް އުފެދި، މީސް މީޑިއާގައި ދީނަށް ފުރައްސާރަ ކުރުން ވަނީ އާންމުވެފައެވެ.
ފާއިތުވި ދެމަސް ދުވަސްތެރޭގައި އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތައް ވަނީ ދުވަހަކު އިތުރު ނުވާ މިންވަރަށް އިތުރުވެގެން ގޮސްފައެވެ. އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދަން ވަޒީރުންގެ ކޮމެޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް،ވަނީ ވަޒީރުންތަކެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އުފައްދަވާފައެވެ.
ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި މި ކޮމިޓިގެ މައިގަނޑު މަސައްކަތަކަށްވާނީ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޤަދަރާ ހައިބަތައް އުނިކަން އަންނަ ގޮތައް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމެވުމެވެ.
އެހެންވެދޯ ﷲ ސުބުހާނަހޫ ވަތަޢާލާ އަދި ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަޔައް ސައްބު ކުރާ އިރު އަނގައިގަ ޓޭޕް އަޅައިގެން ތިހުންނަނީ.
އިންތިހާބުގެ ދުވަސް ވަރު މިނިސްޓަރގެ ނައިބު އިލްޔާސް ޖަމާލު ވަރުގަދަ ތަގުރީރެއް ދިން މިހާވަރަށް ދީނަށް ފުރައްސާރަ ކުރާއިރުވެސް އީނާ ވީ ހިސާބެއްވެސް ނޭގޭ މިނިސްޓަރ ވެސް މިހާރު ނުކުމެ އެވާހަކަ ދައްކަނީ މަތި އޮމާން ކުރަން ކަނޑައެޅިގެން އެވާހަކަ ހަރުކަށީ އިބާރާތުން ކުއްވެރި ކުރާކަށް ނުކެރުނު. ފިނި ގޮތަކަށް ބުނެލަނީ . ހުކުރު ޙުތުބާގާވެސް އެފަދަ މީހުންނަށް ދީނުގައި ހުރި އަދަބު ތަކާއި އެމީހުންނަށް ނަރަކާއިގައި ލިބޭނެ އަޒާބު ތަކުގެ ވާހަކަވެސް ގެންނާކަށް ނުކެރުނު ... މިއޮތީވާ މިނިސްޓްރީއެއް .... މިހާ ނިކަމެތި ވެގެން ދިޔަ ދުވަސް ވަރެއް ނެތް ދީނަށް ފުރައްސާރަ ކުރާއިރު.......
ދައުލަތުގައި މިތިބީ ތިޔާ ކަހަލަ ނަފްސު ވިއްކާ ބައެއް މަދު ލާރިކޮޅަކައް. އަހަރެމެންނައް ފެނިފައިވަނީ މައުމޫނު ދައުރުން ފެށިގެން މިއަދާ ހަމަޔައް ތިޔާ މަގާމައް އައި ހުރިހާ މީހުންނެއް ތިބީ ތިޔާހެން ވިކި ހުސްވެ ދީން ވިއްކާފައި. އަހަން ހީކުރީ ތީޔާ ޒާހިރު ރަނގަޅު ވާނެ ކަމައް. އެކަމަކު ތިޔާ މީހާވެސްވީ ހަމަ އެހެން
ލާދީނީވީމަ މިނިސްޓަރުވެސް މިނިސްޓުރީވެސް
ހުންނަވާނީހަނު އަޑުއަހާނެ އިސްލާހައްކިޔަތްގެން
ބަޔަކުނިކުންނާނެ އެދުވަސްމިއައީ