ރައީސް ޔާމީންގެ ސަރުކާރުން، ނ. ލަންދޫ ހެލްތް ސެންޓަރުގައި ޤާއިމު ކުރަން ހަމަޖެއްސި، ލެބޯޓްރީގައި ބޭނުންކުރުމަށް 2018 ވަނަ އަހަރުގެ ފަހުކޮޅު އެރަށަށް ފޮނުވާފައި ހުރި ބައޯ ކެމިސްޓްރީ އެނަލައިޒަރ މެޝިން އެރަށުން ގެންދިއުމަށް މަސައްކަތް ކުރުމުން ރައްޔިތުން ނިކުމެ އެކަން ހުއްޓުވައިފިއެވެ.

މި މެޝިން، ހެލްތް މިނިސްޓްރީއަށް ފޮނުވުމަށް ލަންދޫ ހެލްތް ސެންޓަރަށް އަންގާފައިވަނީ މިދިޔަ ހަފްތާގައި އެ މިނިސްޓްރީން ހެލްތު ސެންޓަރަށް ފޮނުވާފައިވާ ފެކްސް މެސެޖެއްގައެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތަށް" މަޢުލޫމާތު ދެއްވަމުން، މި ވަގުތު ލަންދޫ ހެލްތް ސެންޓަރ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަހުލާމް ޢަބްދުއްޞަމަދު ވިދާޅުވީ، މިނިސްޓްރީގެ އެންގުމާއި ގުޅިގެން މިއަދު ފުރާ ބޯޓުން އެ މެޝިން މާލެ ފޮނުވާލަން ތައްޔާރުކޮށްފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން، އެ މެޝިން ފޮނުވާލެވިފައި ނުވާ ކަމަށެވެ.

"މިދިޔަ ހަފްތާގަ މިނިސްޓްރީ އެންގީ އެ މެޝިން ފޮނުވަން. ދެން މިއަދު ފުރާ ބޯޓުން ފޮނުވާލަން ރެޑީ ކޮށްފަ ހުންނާނީ. ނަމަވެސް ރައްޔިތުން ނިކުމެ އެކަމާ އަޑުއުފުލުމާ ގުޅިގެން އަތޮޅު ހޮސްޕިޓަލުން އަންގާފަ އޮތީ ވަކި އެއްޗެއް މިނިސްޓްރީން އަންގަންދެން އެ މެޝިން ބަހައްޓަން." އަޙުލާމު ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އަޙުލާމު ވިދާޅުވީ، އެ މެޝިން ފޮނުވަން އެންގި ވަކި ސަބަބެއް އެނގިފައިނުވާ ކަމަށާއި، ލަންދޫގައި ލެބޯޓްރީއެއް ޤައިމުވެގެން ދާއިރު އެ މެޝިނަކީ މުޙިއްމު މެޝިނެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ރައީސް އޮފީހުން ހަމަޖެއްސި މަޤާމެއްގެ ގޮތުގައި ލަންދޫ ހެލްތް ސެންޓަރުގެ ހިންގުން ބޭފުޅަކާއި ހަވާލުކުރިއެވެ. ނަމަވެސް މި ސަރުކާރު އައުމަށް ފަހު އެ މަޤާމު ވަނީ އުވާލާފައެވެ. އަދި މިވަގުތު ހެލްތް ސެންޓަރ ހިންގަމުންދަނީ މެނޭޖަރެއްވެސް ނެތި ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަގުން

    މިސަރުކާރުއައިފަހުން ހިތަށް އަރުވާލާ ކޮންމެ ކަމެއްކުރެވޭ. ކޮމެޓީ ސަރުކާރު ވ. މޮޅު. ވ. ސަޅި

  2. ކެޔޮޅު

    ރަށަކައް އެއްޗެއް ނުދޭތި ދީފަހުރިއެއްޗެއްވިއްޔާ ދަމާގަނެވޭތޯ ބަލާ!!

  3. މޯޑް

    ޅ އަތޮޅު ހޮސްޕިޓަލްގެ ލެބޯޓަރީގައި ބޭނުންކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނައަހަރުގެ ކުރީކޮޅު ދީފައިހުރި މެޝިނެއްވެސް ވަނީ ގެންގޮސްފަ! 2008 ވަނަ އަހަރު ވެރިކަމަށް އައިސް އިންޖީނުގެތަކުގައިި ބަހައްޓާފަހުރި އިންޖީނުތައްވެސް ވަނީ ގެންގޮސްފަ! ޅ ނައިފަރު އިންޖީނުގެއިން 100ކޭވީގެ 3 އިންޖީނު ގެންދިޔަ! މިއީ ވަގުސަރުކަރުގެ ޙާލަތަކީ! މިއީ ޙައްޤު ތެދު!

  4. ނަޞްރު

    ރައްޔިތުން އަމިއްލަ އަތުން އިލޮށިފޭހިފަ އަމިއްލަ ލޮލަށް ތި ވައްދަނީ މިހާރު! ހީވޭބާ ކަމެއްހެން؟

  5. ގާސިމު

    ތިދާއިރާއައް އެމްޑީޕީ މަޖުލިސް މެމްބަރެއް ނުހޮވާތި

  6. އޯގާތެރި

    އަލިފާން ކެވިއްޖެ އެއްނު ޔާމީނުތަ އަނިޔާވެރީ މިހިރަ ކިނބޫތަ އަނިޔާވެރީ ދެން ލަންދޫ ރައްޔިތުން ބާރަށް އަތްޖަހާ އޯގާތެރި ސަރުކާރު ކެކެ ކޭ

  7. ާއަހުމަދު

    ހުރިހާ އެއްޗެއްވެސް މާލެގެންދާނެ މީހުން ވެސް ދަފުތަރުގެ ޖައްސާ ރަށްތައް ހުސއކުރާނެ މަޖިލިސްގެ ބޮޑުބައި މާލޭ މެންބަރުންނަށްހަދާނެ

  8. ޖަހާންގިރި

    ފިސާރި ތެދެއްމިބުނީ މިސަރުކާރު އައިފަހުން ގައުމު ލޫޓުޗާލައިފި މިގައުމުގެ ރައްޔަތުންގެ ބައިތުލްމާލް ހުސް އަރުވާލައިފި މުދާކޮޅު ފޭރިގެންފި ނުއަގުގައި އިންޑިއާއަށް ވިއްކާލައިފި.