ސަލަފުގެ ދަރުން އިޝްތިހާރު ކޮށްފައި ވަނީ އުސޫލުން ބޭރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި ވަނީ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާން ނެރެފައި ވަނީ ޖަމްޢިއްޔަތުއް ސަލަފުން، "ދީން ހިމާޔަތްކުރުން" ގެ ނަމުގައި ބާއްވަން އުޅުނު ދީނީ ފޯރަމެއް ހުއްޓުވިކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އެ މައްސަލައިގައި އިސްލާމިކް މިނިސްޓަރު ކުރިން ބުނެފައި ވަނީ ސަލަފުން ދަރުސް ބާއްވަން ހުއްދައަށް ނޭދޭ ކަމަށެވެ. އެހެން ނަމަވެސް ސަލަފުގެ އެތައް އިލްމްވެރިންގެ ފާޑުކިޔުމެއް އެކަމަށް ވަނީ ރައްދުވެފައެވެ. އަދި އެ ދަރުސް ބާއްވާނަމަ ފުލުހުން ފޮނުވައިގެން ހުއްޓުވަން އިސްލާމިކް މިނިސްޓަރު ބުނުއްވިފަދަ މޭރުމަކުން ސަލަފްގެ ބޭފުޅެއް ކަމަށްވާ އަލީ ރަމީޒްވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
ސަލަފު ޖަމިއްޔާއިން ރޭ ބާއްވަން އުޅުނު ދީނީ ފޯރަމެއް ހުއްޓުވާފައިވަނީ، ދީނީ ދަރުސް ދިނުމުގެ ކުރިން ނަގަން ޖެހޭ ހުއްދަތަކެއް ނަގާފައިނުވާކަމަށް ބުނެއެވެ. ހުއްދަ ނަގަން އަންގާފައިވަނީ ކުރީގެ ސަރުކާރުން ނެރެފައިވާ ސާކިޔުލާ އަކާ ހަވާލާދީއެވެ.
އެހެންނަމަވެސް، ހަމަ މިދިޔަ އަހަރު މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ސަލަފަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޒަމާނުންސުރެ ދީނީ ދަރުސް ދެމުންދާ ފަރާތްތަކަށް ކުރިން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ދީނީ ޕްރޮގުރާމުތައް ކުރިއަށް ގެންދެވޭނެކަމުގައެވެ.
ސަލަފުން ބުނި ގޮތުގައި ފާއިތުވި 12 އަހަރުގެ ތެރޭގައި ސަލަފުން ދީނީ ދަރުސްތައް ދެމުންދާއިރު، ހުއްޓުވާފައިވަނީ އެންމެ ފަހަރަކުއެވެ. ފުލުހުން ފޮނުވައިގެން ސަލަފުގެ ދަރުހެއް ހުއްޓުވީ 2007 ވަނަ އަހަރުއެވެ. އެއީ، ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ތެރޭގައެވެ.
އެކަންކަމާ ގުޅިގެން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދީން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ނެރެފައިވާ ސާކިއުލާގައި ބުނާ ގޮތުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދީނީ ދަރުސް ދޭނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން މިނިސްޓްރީން ބުނެފައި ވަނީ ސަލަފުން މިމަހު އެއްވަނަ ދުވަހު ބާއްވަން އިސްތިހާރު ކުރި ދަރުހަކީ މިނިސްޓްރީން ކަނޑައަޅާ އުސޫލުން ބޭރުން އިސްތިހާރު ކޮށްފައިވާ ދަރުހެއް ކަމަށާއި، އެކަމުގެ ޝަކުވާތައް ލިބުމުން ސަލަފަށް ހުއްދަ ނަގަން މިނިސްޓްރީން އެންގި ކަމަށެވެ. އަދި ހުއްދަ ނުނަގާ ސަލަފުން އެކަން ކުރަން އުޅުމުން ދެވަނަ ފަހަރަށްވެސް ހުއްދަ ނަގަން އިރުޝާދު ދިން ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މީ ކީޢްވެގެން އުޅޭ ބައެއްތަ؟ ހުއްދަ ނުނަގާ ސަލަފެއް ކަމަކު ބޭނުންހާ ކަމެއް ނުކުރެވެނެ.
ލާދީނީ އިބުރޭސޯލިހު ސަރުކާރު އިސްތިއުފާ... މީހުން އިސްލާމް ދީނުން ނައްޓުވަން އުޅޭ ކާފަރު އެމްޑީޕީ ސަރުކާރު... މިބައިގަނޑު ކިބައިން އަހަރެމެން މިންޖު ކުރައްވާންދޭވެ... އާމީން
އިސްލާމިކް މިނިސްޓްރީ އާއި މިނިސްޓަރަކު އެބަ ހުރިދޯ. ދީނާ ހިލާފް ވާހަކަ ދައްކާއިރު ހަބަރެއްނުވޭ. ދީނީ ދަރުސެއް ހުއްޓުވަން ވީމަ ހޮރު ހޮރުން ނުކުމެވިއްޖެތާ.
ކޮންމެވެސް އެއްޗެއް ކިޔައިގެން ދަރުސްއެއްވިއްޔާ ހުއްޓުވޭތޯބަލާ. އެކަމަކު އާނިޔާއަށް ހިމާޔަތްދޭންވާނެ. އެއީ ޖަޒީރާވަންތަ އިންސާފް
ނަޞާރާއިންނަށް ވީގޮތަށް ދޮގު މަށްޗަށް ދޮގު ހަދަމުން ގޮސް މިނިސްޓރ ފަޟީޙަތް ވެ އަވަދި ވެއްޖެ
މިހާރު ރަގަޅައް ކަމެއްކުރޭވޭނީ، އިލްޔާސް، ގިޔާސް، ނަސީދު، އާނިޔާ ދެން އިބްރާއައް.
ހޮޅު އަށިއެއްވުމައް ވެސް ހުއްދަނަގަން ޖޭހޭނެ؟ އެކަމު އެއީ ނުރުހޭ ކުދިންއެކަން ކުރަންޔާ، ކިނބޫ ސަރުކާރު ރުއްސަވާފަތިބި މީހުންނައް ކޮންމެކަމެއްވެސް ކުރެވޭނެ
އެވުނާހެން ދީނުގެ ކަމެއްވީޔާ ވަރަށް ގިނައިން ހުއްދަ ނަގަންޖެހޭނެ
ކަލޭމެން މިއުޒިކް ޝޯ ބައްވަން ހުއްދަ ނަގަން ނުޖެހޭއިރު އިސްލާމް ދީން މި ގައުމުގައި ބާއްވަން ދެކޮޅޮ ހަދަނީތަ.. ތިފަދަ މުނާފިގުން ނެތި ކުރައްވާންދޭ.. އާމީން
މިއުޒިކް ޝޯ އަކާ ދަރުސްއަކާ އެއްގޮތެއް ނުވާނެ، މިއުޒިކަކީ ކުޅި މަޖާގަނޑެއް، ދީނީ ދަރުސްއާ ނަޞޭޙަތަކީ ދީނުގައި ޙާއްސަ ޤަދަރަކާއި މާތްކަމެއް ދެއްވާފައިވާ ކަންކަން އެކަންކަން ކުރަންވާނީ، އެއިރެއްގަ އޮންނަ ޤަވާއިދުތަކަށްވެސް ބޯލަނބައިގެން ތިބެ، ސަރުކާރުންވެސް ދަރުސް ދިނުން މަނާކޮށްފައި ނުވޭ ހަމައެކަނި ހުއްދަ ހޯދުމަށް އެންގީ.