ދިވެހިރާއްޖެ އަތުވެތި ވިޔަސް އެކަން މިހާރު ރާއްޖޭގެ އިދިކޮޅު ލީޑަރުންނަށް މައްސަލައަކަށް ނުވާ މަންޒަރު އެބަ ފެންނަ ކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިދިކޮޅު ލީޑަރުންގެ އަމަލުތައް ހުރި ގޮތުން ފެންނަނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ.
"ރާއްޖެ އިން ފެންނަމުން މިދަނީ ހިތާމަވެރި މަންޒަރެއް. އިދިކޮޅު ލީޑަރުން ވެރިކަމުގެ ދަތިވެތިކަމުގައި ހިންގަވާ ކަންކަމުގެ ގެއްލުން މިލިބެނީ ދިވެހި ރައްޔިތުންނަށް." މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
ދާދިފަހުން ސުޕްރީމް ކޯޓުން ކުރި އަމުރަށް އިޝާރާތް ކުރައްވާ މިނިސްޓަރު ސައީދު މިރޭ ވިދާޅުވީ ގައުމަށް މިފަދަ ބިރުވެރިކަމަކަށް ވައްޓާލިއިރު އެކަމުން އަރައިގަނެވޭނެ ގޮތް އެނގޭ ލީޑަރަކު ހުރިކަން އެއީ ދިވެހި ރައްޔިތުންގެ ނަސީބު ކަމަށެވެ.
"އިދިކޮޅުގައި ތިބި ފަރާތްތަކުން ރައީސް ޔާމީން ތަރައްޤީ ހޯއްދަވައި ދެއްވަން ކުރައްވާ މަސައްކަތް ހުއްޓުވާ ދިވެހިރާއްޖެ އަކީ އަބަދުވެސް ނާމާން ގައުމެއްގެ ގޮތުގައި ދައްކަވަން މިމަސައްކަތް ކުރައްވަނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަބަދުވެސް ފެންނަމުން މިދަނީ ނިކަމެތި ރައްޔިތުން މަގުމައްޗަށް ނެރެގެން ހަނލަބޮލި ކުރާ މަންޒަރު ކަމަށާއި އިދިކޮޅު ލީޑަރުންނަށް ޒިންމާ އުފުއްލަވަން ކެރިވަޑައި ނުގަންނަވާ ކަމަށެވެ.
"އެބޭފުޅުން އަންނަންވީ ނޫންތޯ. ލީޑަރެއް ވިއްޔާ ކަންކަމާއި ކުރިމަތިލާން ކެރެން ވާނެ. ޒިންމާ ނަގަން ކެރެން ވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ފެބްރުއަރީ މަހު ނެގުނު ފިލާވަޅުން ވެސް ރައީސް ޔާމީން 2018 ކާމިޔާބު ކުރައްވައިފި ކަން ކަށަވަރުވާ ކަމަށާއި ރައީސް ޔާމީން ގައުމުގެ ތަރައްޤީ އަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާ އަންނަން އޮތް ޖީލުތަކުގައި ވެސް ފެނިގެން ދާނެ ކަމަށެވެ.
"މިކުރާ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންގެ ދަރިންނަށް ލިބިގެން ދާނެ. އަޅުގަނޑުމެންނާއި ބައްދަލުވާ ބޭރު މީހުން ވެސް މިހާރު ވިދާޅުވޭ ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެ އަކީ ފާގަތި މުއްސަނދި ގަައުމަކަށް ވެގެންދާނެއޭ. ދިވެހިރާއްޖެ އަކީ މުސްތަގުބަލުގައި މުއްސަނދި ގައުމަކަށް ވެގެންދާނެ ކަން ގަބޫލު ކުރަމޭ." މިނިސްޓަރު ވިދާޅުވިއެވެ.
މިހާރުވެސް މިތިބީ ހަމަ އަޅުވެރިކަމުގެ ދަށުގަ، އަތެއް ފަޔެއް ގުޑުވާނުލެވޭވަރަށް އެމެޖެނސީ ނެރިގެން ތިއުޅެނީ ރަށްޔިތުން ގުބޯހައްދަން. މިސައީދު ކިޔެވި ޔުނިވަސިޓީ އެއް ހޯދަން އެބަޖެހޭ. އަޅެނިކަން އެގޭ ކުއްޖަކު ބުނެބަލަ. އިކޮނޮމިކް ކޯ.
ބަލަންތިބޭތި އެންމެ އަވަހައް ދުއްވާގަންނާނީ މީނާ