އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް (ސުމިތު) އެވެ.

ހާޝިމް ހައްޔަރުކޮށްފައިވަނީ ރޭ 9:30 ހާއިރު މަޖީދީ މަގާއި ސައްޔިދުކިލޭގެފާނު މަގު ގުޅޭ ހިސާބުންނެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ދިން ފޯމްގައި ބުނެފައި ވަނީ، ހާޝިމް ހައްޔަރުކޮށްފައި ވަނީ ފަލާހްއަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނޭނގެއެވެ. އަދި މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.