އިންޑިއާގެ ނޫހަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި ބަސްދީގަތުމާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން، އެ ބަސްދީގަތުން ދިފާއު ކުރުމަށް ޑިފެންސް މިނިސްޓްރީން ދޮގު ހަދައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލްއަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށާއި އެއީ އެގައުމަށް ފަސޭހަވެސް ކަމެއް ކަމަށެވެ.

"އިންޑިއާއިން ރާއްޖެ ހިފަން ބޭނުން ނަމަ ހިފޭނެ. ޕްރެކްޓިކަލީ މިހެންމިބުނީ، އެކަމަކު އިންޑިއާއިން އެކަން ކުރާނެއެކޭ ނޫން، އެކަމުގެ ވިސްނުން ގެންގުޅެއެކޭ ނޫން. އިންޑިއާގެ ފްލީޓް އާއި ހުރިހާ ވަސީލަތްތަތަކަށް ބަލާ ނޭނގެ އިންޑިއާ ރާއްޖެއަށް ހުއްޓުވޭނެ ގޮތެއް. އިންޑިއާއިން ބޭނުމިއްޔާ މިހާރުވެސް ރާއްޖެ ހިފޭނެ". މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ މިިގޮތަށް ވިދާޅުވުމުން މީސް މީޑިއާގައި އެކަމަނާއަށް ފާޑުކިޔުންތައް އަަމާޒުވަން އަންނަތީ މިނިސްޓަރ ދިފާއު ކުރުމަށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި އެއްޗެއް އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުންދާކަމަށެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މާރިޔާ، އިންޑިއާގެ ނިއުސް ޗެނަލަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ އެއްގައުމު އަނެއްގައުމުގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިގުލާލަށް އިހްތިރާމުކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ގައުމުކަމަށާ އިންޑިއާގެ އަސްކަރީ ހައިބަތު ކިތަންމެ ބޮޑުކަމަށްވިޔަސް، ދެ ގައުމު އަބަދުވެސް ދެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިޚްތިރާމުކުރާނެކަމަށެވެ.

"މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް، ދެއްކެވި ވާހަކަފުޅު އޮޅޭގޮތަށް ފަތުރަމުންދާ ޚަބަރުތަކަކީ ގައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި، ސިޔާސީ މަންފާއެއް ހޯދުމަށް ފަތުރާ ޚަބަރެކެވެ". މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި މިނިސްޓަރ މާރިޔާ ސާބިތުކަމާއެކު ހުންނެވިކަން ރައްޔިތުންނަށް ޔަގީންކޮށް އަރުވާކަމަށްވެސް ސިފައިންގެ ބަޔާނުގައި ވެއެވެ.

އެމްއެންޑީއެފް އިން އެހެން ބުނި ނަމަވެސް، މާރިއާ ވަނީ ސީދާ އެގޮތަށް ވިދާޅުވެފައެވެ. އަދި އެ ހަބަރުތައް ގެނެސްދިންއިރު، މީޑިއާތަކުންވެސް ގެނެސްދިނީ މާރިޔާ ވިދާޅުވި ވާހަކަފުޅުތަކެވެ. މާރިޔާ ދެއްވި އިންޓަވިއުގެ ވީޑިއޯ ވެސް އިންޑިއާ މީޑިއާ އިން އާއްމު ކޮށްފައި ވެއެވެ.

މިނިސްޓަރ މާރިޔާގެ ވާހަަކަފުޅާއި ގުޅިގެން އެކަމަނާގެ އިސްތިއުފާއަށް ވެސް ބައެއް ފަރާތްތަކުން ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ނަސީދު

    މާރިޔާމީކާކުތަ ދެން ގައުމް އިންޑިޔާސިފައިންނައް ދޭން

  2. މަރޭޕ

    މާރިޔާ ދޭބަލަ ރޭޕިސްތާނަށް ރޭޕްވާ މޮޔަނުވެ..

  3. މޯޑު

    އޮޅިގެން އެކަމަނާއައް ބުނެވުނީމަވެސް
    ތިވަރުކުރަންވޭ އެވަރުކަމެއްވެދާނެ
    ޅަފަތުގަ

  4. އާރިޔާ 7 ފެބްރއަރީ

    އަލަކައްނޫނެއްނު މިމީހުންދޮގުހަދާގެން މިއުޅެނީކީ މިވެރިންނަކައް ނުވެސް އިގޭނެ ތެދުހަދާކަށެއް ފިރިހެންހެދިގެން މިއުޅެނީވެސް

  5. ހިހި

    މިހާރު ދިވެހިންގެ ހިމާޔަތުގައި ފުރާނައިން ގުރުބާންވާންތިބި ދިވެހި ސިފައިންގެ އިސްވެރިންނަށްވެސް އެމްޑީޕީފެ އެކްޓިވިސްޓުން މިހާކަށްވަރަށް މުއަސަސާތަށް މިނިވަންވާނީ.
    ނުވިތާކަށް ދިވެހިސިފައިންނަށް މަލާމަތް މިމީހުންކުރަނީ.
    މާރިޔާ ކިތަންމެ ހިންހަމަނުޖެހުނަސް ކިތަންމެވަރެއްކުރިޔަސް ދިވެހި ސިފައިންގެ ހިތްވަރެއް ނުއެލޭނެ. އެކަންއޮތީ 3 ނޮވެންބަރުގައި ދިވެހި ސިފައިން ދައްކާފަ. 3 ނޮވެންބަރުގެ ބަގާވަތް ދިވެހި ސިފައިން ނާކާމިޔާބުކޮށްލީމާ މާރިޔާ އަދިވެސް ހިންހަމަ ނުޖެހިފައި ހުރިހެންހީވޭ

  6. Anonymous

    އެހެންވިއްޔާ މާރިޔާ ދައްތައަށް އިނގިރޭސިން ވާހަކަ ދެއްކުނީ ނުބައިކޮށް ކަމަށްތާ މިވީ، ޑިފެންސުން ހީކުރަނީ މިގައުމުގެ ތިބީ ރއްޔިތުންނަކީ ގަމާރުން ކަމަށްދޯ، މިއޮތް ތަހުޒީބު މިޖުތަމަޢެއްގަ ތިކަހަލަ ކޮސް ކަންތައްނުކުރުމަށް އިލްތިމާސްކުރަން.

  7. ޙހހދ

    ޥޯޑްޕްރެސް ގަނޑު ހިންގާ ބައިގަނޑު ދޯ

  8. މަލީހު

    ސިޔާސީ މީހުން ދިފާޢުކުރަން ދިވެހި އަސްކަރިއްޔާއިން ބަޔާންތައް ނެރުމަކީ އެ މުއައްސަސާ ސިޔާސީ ވުން ކަމުގައިބެލެވޭނެ! މިސަރުކާރުގައި ސިޔާސީ ނވާ އެއްވެސް މުއައްސަސާއެއް އޮތްހެނެއް ހީއެއްނުވޭ! މިއީ އިބޫ އެބުނާ ޑިމޮކުރިސީ ހަރުދަނާ ކުރުންތޯ!

  9. އެލެކްސް

    https://www.facebook.com/1620471863/posts/10216726566229443/
    ނާތެދެއް މީތި ދޮގުކުރެވޭނެ؟

  10. މާރިޔާ

    ބަލަ ކަލޭމެން ދުވަހަކުވެސް ކަމެއް ކޮށްފަ ނުވަތަ ގަޅި

    އެއްޗެއް ބުނެފަ އެކަމަކަށް އެއްބަސް ވޭތަ؟ އަބަދުވެސް

    މާނަ އޮޅިފަ. ނޫން ނަމަ ކަލޭމެންގެ އަނގަ އޮޅިފަ.ދެރަ

    ކަމެއް ދެން. ރައްޔިތުން ގުނބޯ ހައްދަން. އެ ވީޑިއޯ ބެލި

    ބަޔަކަށް އެނގޭނެ މާރިއާގެ ފެންވަރު. ރާއްޖެ ހިފާށޭ ކިޔާ

    އާދެސް ކުރާ ފަދަ. އިންޑިއާގެ ކަނޑުގެ މަނަވަރުތަކާއި

    ވައިގެ ލަޝްކަރުތަކާއި، ފުލީޓުތައް މާ ވަރުގަދަ ވެފަ

    ރާއްޖެ އަކަށް ނުހުއްޓުވޭނެޔޯ. އިންޑިއާއިން ބޭނުމިއްޔާ

    ރާއްޖެ ހިފިދާނެޔޯ. ދެން ކޮން މާނަ އެއް މި ވާހަކައިން

    އޮޅެނީ.ކަލޭގެ ބިޓު އަންނި ވެސް ޑެންމާކަށް ގޮސް ދެއްކި

    ވާހަކައިގެ މާނަ ނޭނގޭ ބަޔަކަށް އުޅެނީ ރީނދޫ މީހުން.

    އެހެން އެންމެނަށް އެނގޭ. އޭ މާރިޔާ،، ޤައުމުގެ ޢަދުއްވާ..

    ކަމަނާ ކިތަންމެ ފިނޑިވެފަ އިންޑިއާ ފައިބުޑަށް ވެއްޓި

    އާދޭސް ކުރިޔަސް އަހަރެމެން ރައްޔިތުން ފިނޑިއެއް ނޫން.

    ﷲގެ ވާގި ފުޅާއި އެކު މި ޤައުމާއި ދީން ސަލާމަތް ކުރަން ޖިހާދު ކުރާނަން.

    • ބްރީޓޯ

      އައި ލަވް މައިކަންޓްރީ . އެންޑް އައިވިލް ޑޫ ބެސްޓް ޓު މައި ކަންޓްރީ. އިފް ޔޫފަޔަރ އައި ވިލް ފަޔަރ ޔޫ ޓޫ. ފކ ދަޕޮލިޓިކްސް. އޯކޭ

  11. މާރި ޔާ

    ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި، އިސްތިގުލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި މިނިސްޓަރ މާރިޔާ ގެ ދައުރެއް ނެތީތަ؟ ހިތު ހުރިއެއްޗެތް ގައުމުގެ ދިފާއުގައި ހަނގުރާމަކުރަން ﷲ ގަންދީ ހުވާކޮށް ތިބި މީހުންނަށް ނިސްބަތް ކޮއް އެބުނަނީ މީ މަގައުމުގެ ސަލާމަތީ ބާރުތަކަށް ކުރި އަޑިހުތުރު މަލާމާތެއް. އިންޓަވިއު ކުރި މީހާވެސް އިނީ ބަސް ހުއްޓިފަ.

    • އައްޑޫ

      ތިޔަ ޖާހިލު މާރިޔާ މިނިސްޓަރުކަން ލިބިގެން ފުރަތަމައަށް ސިފައިންނާ ބައްދަލުކޮށްފާބުނީ ތިމާ މިއައީ ބަޑިޖަހަން ދަސްކޮށްދޭކަށެއްނޫނޭ. މިހެންވެސް ނުބުނެޔޭ ކިޔާފާ ޑިފެންސުން ބަޔާނެއް ނެރެންވީނު.

  12. ކާމިލް

    ކީއްކުރާނީ ޗީފް އޮފް ކޮމާންޑަކީވެސް ހަމަ އެފަދަ ގައްދާރެއް ، ސިއްރު ހާމަކުރުމުގެ ކުށުގައި ވަޒީފާއިން ވަކިކުރީ ބާގީއެއް . މިފަދަ މީހުންގެ ކޮން ގައުމިއްޔަތެއް އޮންނާނީ ،،މިނިސްޓަރުކަމަށް ކުފޫހަމަނުވާ މީހުނަށް އެފަދަ މަގާމުތައް ދިނީމަ ވާނެ ހަތަރެއްޗެއް މިވަނީ..މަރިޔާ އިސްތިއުފާ

  13. Anonymous

    ހަނދާން ނައްތާލާ. އެކަހަލަ ކަމެއް ވަންޏާ އެންމެ ފުރަތަމަ ގަތުލު ވާނެ ބަޔަކީ އިންޑިޔާއައް މިގައުމު ވިއްކާލަން އުޅުނު މީހުންކަން ހަނދާން ބަހައްޓަން ވާނެ.ތިބުނާ ޑިފެންސަކީ ނޮވެމްބަރ 3 ގައި ހިނގި ޓެރަރިސްޓް ހަމަލާގައި ފިލަން ދުވި މީހުން. މަދު މީހަކު ކެރިގެން ކުރިމަތިލީ. އެހެންވީމަ އެކަމާ ވިސްނާލާ

  14. ވަރަށް ދެރަ

    މީސްމަދަސް ވަސީލަތް،މަދަސް، މުސްލިމުންަށް ކާމިޔާބުލިބޭނެ އްނަގަވާފަ އޮތްގޮތައް ހުރިހާކަމެއް ހުންނަނަމަ. މުސްިމުންނަކީ ބަލި ބައެއް ނޫން.. ރާއްޖޭގެ އަގު މިފދައިން ވައްޓާލެވިގެން ނުވާނެ.

  15. ނުރަބޯ

    އިންޑިއާ އަކީ އަބަދުވެސް އިސްތިޢުމާރީ ރޫޙެއްގައި މި ގައުމާ މުއާމަލާތުކުރާ ގައުމެކެވެ. ވީއިރު ގައުމުގެ ދިފާޢީ ދާއިރާގެ އެންމެމަތީ ވެރިއެއްގެ ގޮތުގައި ބަހައްޓަންވާނީ ޢަސްކަރީ ދާއިރާގެ ކަންކަން ދަންނަ މީހެކެވެ. މާރިޔާ އަށް ތިޔަކުރެވުނު ކަމަކީ ދުނިޔޭގެ އެންމެ ނިކަމެތި ގައުމަކުންވެސް ނުކުރާނޭފަދަ ޣައިރު ޒިއްމާދާރު ކަމެކެވެ. ދެން އަނެއްކާ ސޯޓުބޭލި ތިމާގެ ނާގާބިލްކަން އެންމެންނަށް އެނގުނީމާ އެހެންމީހުން ބަދުނާމުކޮށްފައި ތިމާ ބޯދަމައިގަންނަން އުޅުނަކަސް އެކަމެއް ނުވާނެއެވެ.

  16. ޝާމް

    މާރިޔާ އަކީ މާރިޔާ ޤާނޫނު އަސާސީ މައްޗަށް އަރާ ހުއްޓާ ބުނުނީމަ ވެސް ބުނީ ނޫނެކޭ!!! އިންޑިއާގަ ކުރުހެދުން ލައިގެން ހުރިާ ފިރިހެނުން ކުރިމަތީގަ އިގެރޭސި ރާނީއަށް ވެގެން ހިގިޔޭ ބުންޏަސް ބުނާނީ ނޫނެކޭ!!! ލަދުން ބޯހަލާކު މިއޮތީވާ ކަމެއް!!!!

  17. ނަފާ

    ކެރެންޏާ އިސްތިއުފާ ދޭންވީ. ތިފާޑުވާހަކަ ނުދައްކާނެ ގައުމުދެކެ ލޯބިވާބަޔަކު. މިހާރު ތަރުޖަމާ ކޮއްދޭން ވަކިބަޔަކު ނުޖެހޭނެ. އެއްމެންނަވެސް މިހާރު އެގޭނެ . ކޮއްމެ މީހެއްގެއަތުގަވެސް އޮއްނާނެ ޑގްރީ އެއް.

  18. ޢައިބާ

    މިސިޔާސީގަމާރުން ތަންތަނަށްގޮސް ކިޔޭނުކިޔޭ އެއްޗެއްނޭގުނަސް ދިވެހިންނަށް އެމީހުން ކިޔާއެއްޗެހި އޮޅިފައިނޯވޭ ، ދެން ތިބެގެން ފާޑުފާޑުގެ ބަޔާންތައް ނެރެންފަށާނެ. މިއީ ކޮންބަޔަކު އޮޅުވާލަން ކުރާކަމެއް

  19. Miadhu

    މާރިޔާއަކީ ޑިފެންސްމިނިސްޓަރުކަމަށްކުފޫހަމަވާމީހެއްނޫން ސަމާލުމެއް ކިތަންމެވަރަކަށްދޮގުހަދާބަޔާންނެރުނަސް ބުނިއެތި ބަދަލެއްނުވާނެ އަދި ދޮގުހަދާ ކިތަންމެދޮގެއްހެދިޔަސް އެއީ ހަމަދޮގުވާނީދޮގަށް

  20. ތިހިރީ ދަށުވެފަ

    މިނިސްޓާރ ތިހެން ބުނީމަ ދޭހަވަނީ އިންޑިޔާއިން އަރާ ރާއްޖެ ހިފާށޭ ބުނާހެން. ތިހިރީ ތިކަހަލަ މަގާމެއްގަ ހުންނަ މީހަކު ދުލުން ބޭރުކުރަން ހެޔޮވެސް ނުވާ ވަރުގެ ބޮޑު ވާހަކަޔެއް، އެއްގޮތަކައްވެސް ކަމަނާ ތިމަގާމަކައް ގާބިލެއް ނޫން

  21. ވިއްޓޭ

    އިންޑިޔާއަށް ދާންވީނު. ލަދުކުޑަކަން.

  22. އ. ޖ. އ

    ބުނީ އެތި އޮޅުވާލާފަ މިއޮތީ މިތާގަ. ދޮގު ހަދާ މީހުންގެ ނުބައި ކަމާއެވެ.

  23. ޙުސެން

    ވަގުތަށް ދަންނަވާލަން. ޤަމާރުވިޔަސް ތީ ބޮޑުވަރު. ޑިފެންސް މިނިސްޓަރީއެއް ސިފައްނެއް ފާހަގައެއް ނުވޭ. އެއީ ދެބައެއް. ޑިފެންސަކީ މިނިސްޓްރީ. ސިފައިންނަކީ ވަކި ބައެއް. އެމް.އެން.ޑީ.އެފުން ބަޔާނެއް ނުނެރޭ.

  24. އަގްލީ ބެޓީ

    މާރިޔާ އަތުގައި އޮތް "ރާއްޖެ" އިންޑިޔާ ސިފައިން ހިފިޔަކަސް އަހަރުމެންގެ މައްސަލައެއް ނެތް.
    އަހަރުމެންގެ މިދިވެހި ގައުމާއި ގުޅޭގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަން ތިއީ ކާކު.
    މިނިސްޓަރެކޭ ކިޔަސް މިގައުމު ކަލެއަށްވުރެ ބޮޑުވާނެކަން ދަންނާތި. ގާބިލްކަންނެތުން އެއީ މާރިޔާގެ ކުއް. ތިކަން ދިފާއުކުރަން އުޅެނީ ކީއްވެ. ޢިސްތިއުފާދޭން އަންގާ.

  25. ޜާއްޖެ އިސްލާމް

    މާރިޔާ ދިފާއީ ވަޒީރަކަށް ހުރެ އެފަދަ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ވާހަކައެއް ދައްކާނީ އެކަމުގައި ނުބައި ރޭވުމެއް އުޅޭތީ މިމީހުން ލޯބިވާ ބައެއްކައިރިއަށް ދެވިއްޖެނަމަ އެމީހުންގެ ރުހުން ހޯދުމަށް ކޮންމެ ފަދަވާހަކައެއްވެސް ދައްކަފާނެ.

    މާރިޔާ އެކޭ އަންނިއެކޭ ހަމަ އެއްވެސް ތަފާތެއް ނުހުރޭ މިފަދަ ކަންކަމުގަ.
    މިފަދަ ނުރައްކާތެެރި ވާހަކައެއް ދައްކާފަ އެ މަގާމުގަ ހުރެވިގެން ނުވާނެ.

    ވެރިކަން ކުރަން ފުރުސަތު ލިބުނީމަ މި މީހުނަށް ހީވަނީ މިގައުމަކީ މިމީހުންގެ ވާރުތަ މުދާގަނޑެއްހެން.
    މިކަހަލަ ކޮންމެ ވާހަކައެއް ދއްކާފަ ސިފައިން ލައްވަ އެފަދަ ވާހަކަ ރައްޔިތުންނަށް އެބަ އޮޅުވާލާ.
    އަދި ތިގޮތަށް ސިފައިންނަށް ނުފޫޒު ފޯރުވިޔަސް ރޮނގު ދަމާލާ ހިސާބަށް ގޮއްސިއްޔާ ރޮނގު ދަމާލާނެ.
    ވަރައްސާފު

  26. ހަލި

    ކަމަނާ އަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން ލަސްނުކޮށް މިހާރުން މިހާރަށް އިސްތިއުފާ ދެއްވާފަ މިގައުމުން ބޭރުވުމަށް ދަންނަވަން މިއީ ތިޔަފަދަ މިގައުމަށް ގައްދާރުންނަށް އެކަށީގެންވާ ގައުމެއް ނޫން.

  27. ކިންގްފިޝަރ

    ކޮބާ ޝަމާލް ގާތުގައި ބުނެބަލަ އަނެއްކާވެސް އައު ޑޮކްޓްރީން އެއް ނެރޭށޭ މިކަން ހިމަނާފަ. ޔުނީފޯމް މުއައްސަސާތައް ސިޔާސީވެ ލޭމަނުންގެ ވިސްނުމުން ހިނގަންފެށީމާ ދެން ޖެހޭނީ އިނދަ. ހެދޭނީ ދޮގު. ވާނީ ބޭޒާރު. އެތަން މިފެންނަނީ.

  28. ބުރޯ

    އިންޑިޔާ އިން ސެޓަލައިޓް ގެ ޒަރީއާ އިން އިންޑިޔާ ކަންޑު މޮނީޓަރު ކުރެވޭ އިރު ރާއްޖޭގަ ރާޑަރު ސިސްޓަމްތަކެއް ހަރުކުމުގެ ބޭނުމަކީ ކޮބާ ؟ އެއީ ރާއްޖޭގަ އިންޑިޔާ ސިފައިން ރާއްޖޭގަ ބޭތިއްބުމަށް ނަސީދު ރާވާފައިވާ ރޭވުމެއް .ގެ ބޮޅެއް . ބޭނުމަކީ ރާއްޖެ އޮންނަމީ އިންޑިޔާކަނޑުގެ އެންމެ މުހިންމު ހިސާބުގައިވުމުން އިންޑީޔާ ގެ ދަށުގާއަބަދުވެސް ރާއްޖެ ބޭއްވޭނެ ގޮތްހެދުން. މިހާރު ގަން ކައްދޫ ހަނިމާދޫގަ އިންޑިޔާ ސިފައިންނަށް ތިބެވޭނެގޮތް ވަނީރާވާފަ 10 ރާޑަރސިސްޓަމް ބަހައްޓައިގެން މީހުން ތިބެންވެއްޖެނަމަ ރާއްޖޭގެ 13 ތަނެއްގާ އިންޑިޔާސިފައިން ތިބުމުން ރާއްޖޭ ގެ ކަރާމަތާ އިސްތިގުލާލާ މިނިވަންކަން ނުގެއްލި އޮތްކަމަށް ބެލެވިދާނެ ބާ ؟ އިންޑިޔާ އިން ރާއްޖެ ހިފުމުގެ ބަދަލުގާ އިންޑިޔާ ހިތަކަށް ރާއްޖެ އަޅުވެތި ކޮށް ދިނުމޭ ބުނުމުގެ ފުރުސަތު ނެތް ބާ ؟