ނ.މާފަރުގެ މަގުމަތީ ދިއްލުން ތަކަށް އަޅާފައިވާ މައި ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންގޮސްފިއެވެ.
މި ކަމާއި ގުޅޭގޮތުން "ވަގުތަށް" މަޢުލޫމާތުު ދެއްވަމުން މާފަރު ކައުންސިލްގެ ރައީސް ޢަބްދުލްމާޖިދު ޢަލީ ވިދާޅުވީ، މިއަދު އިރުއޮއްސުނު އިރު މަގުމަތީ ލައިޓްތައް ދިއްލަންވެގެން ދިޔައިރު ކޭބަލްގެ ބޮޑު ބައި ބުރިކޮށްލައިގެން ގެންގޮސްފައިވާކަން އެނގިފައިވާ ކަމަށާއި، މިހާރު އެ މައްސަލަ ނ.އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. "ކުރީގެ ބައު އިންޖީނުގޭގަ ހުންނާނީ މަގުމަތީ ދިއްލުން ތަކުގެ ބްރޭކަރުތައް. އެ ބްރޭކަރުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ކޭބަލްގެ ބޮޑު ބައި ބުރިކޮށްލާފަ އޮތީ. ރަށުގެ އުތުރު ފަރާތުގެ ހުރިހާ މަގުތަކެއް ނުދިއްލި ހުރީ. މިއީ ވަރަށް ދެރަ މައްސަލައެއް. މިހާރު މި މައްސަލަ ވާނީ ޕޮލިހުންނަށް ހުށަހަޅާފަ." މާޖިދު ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން މާޖިދު ވިދާޅުވީ، އެ ކޭބަލް ބުރިކޮށްލައިގެން ގެންދިޔައީ މަނަދޫން އެ ރަށަށް މިއަދު ދިޔަ ބައެއް ކަމަށް ތުޙުމަތު ކުރެވޭ ކަމަށާއި އެ މަޢުލޫމާތުވެސް ފުލުހުންނާއި ޙިއްޞާކޮށްފަވާނެ ކަމަށެވެ. "އެ ކޭބަލް ގެންދިޔައީ މަނަދޫން މި ރަށަށް އައި ބައެއް ކަމަށް ތުޙުމަތު ކުރެވެނީ. އެމީހުންގެ ހަރަކާތްތައް މި ރަށުގެ ބައެއް މީހުންނަށް ފެނިފަ ހުރި ގޮތުން ޝައްކު ކުރެވެނީ އެމީހުންނަށް." މާޖިދު ވިދާޅުވިއެވެ.
މާފަރު ކައުންސިލްގެ ފަރާތުން މި މައްސަލަ ހުށަހަޅާފައިވާކަން މަނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ކަށަވަރުކޮށްދެއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްޞީލެއް ނުދެއެވެ.
މމޕރސ ގެ ހިޔާނާތްވެސް އެނގިފައި އޮތީ، ޖމރ އަށް އެއަރޕޯރޓް ވިއްކި މީހުންވެސް މިނިވަންކަމާއިއެކު އެބައުޅޭ.
ކޮބާ ތިކަން މާބޮޑުކަމަކަށް ވާންޖެހޭ ސަބަބަކީ ؟
ބަޔަކު ނުބައި ކަމެއް ކުރުމަކީ އެހެން މީހުން ނުބައިކަންކަން ކުރަން ހުއްދަވާ ސަބަބެއް ނޫން
މަނަދޫ މީހުންނަކީ ވަގުންނެއް ނޫން. މާފަރު ކައުންސިލް ރައީސްގެ އަތެއް ތިކަމުގައި އޮތްވާހަކަ އެއް މަށެއަ ނެތިން ބުނާކަށް.
ނަސީދުގެ ކެމްޕޭނަށްފައިސާހޯދަން ވިއްކާލީތަ ؟
ބޯންއެބަޖެހެ، ނުބޮއެނުހުރެވެ. ސަރުކާރުންބުނަނީ އެއީ އަޅާލުންބޭނުންވާ ބަލިކުދިންކަމަށް. ކޭބަލް ބުރިކޮއްލައިގެން އޭގެ ނަރުފައްތައް ލޮއެގެގޮތުގާ ވިއްކާލައިގެންވެސް އަމާގެ ފައްޓަރުބައި ވިއްކާލައިގެންވެސް ބޮވޭނެގޮތެއް ހޯދަން އެބަޖެހެ. ކޯޓު ތަކުގަ ހުޅުޖެހި މީހުން ސަލާމަތް ކުރިގޮތައް ތިބަލިކުދިންގެ ދިފާއުގަ ނުކުންނާއެތައްބަޔެއް
ސާބަހޭ މިއޮތީވާ ފިސާރި ގައުމެއް
މާފަރުގިނަ ބަޔަކު ބުނަނީ މާފަރުކައުންސިލްގެ ރައީސް އަޑީގަހުރެގެން ރައީސައް ބައި އަޅާގޮތައް ބަޔަކުލައްވާ ކުރުވިކަމެއް ކަމައް
މިވެރިކަމުގައި ވަށްކަންކުރޭތަ ނުކުރާނެ ރައީސްމީހާ ދެއްވީމައި ކޭބަލް ގެންދިޔަކަމަށްވާނީ މިހާރު ވެރިޔަކަށް އެހިރީ ސޯލިގެ އިބޫ ވަށޤކަމެއްނުކުރެވޭނެ.....
މާފަރުގިނަ ބަޔަކު ބުނަނީ މާފަރުކައުންސިލްގެ ރައީސް އަޑީގަހުރެގެން ރައީސައް ބައި އަޅާގޮތައް ބަޔަކުލައްވާ ކުރުވިކަމެއް ކަމައް
ޔާމީނު ބާ؟
ރޯމާދުވާލު މަގުމަތީގަ އޮތް ކޭބަލެއްގެ ބޮޑުބައި ބުރިކޮއްލައިގެން އެގޮލާ ކެރޭނެއްގަ އޮޑިޔަކަށް އަރުވާއިރު ރަށުމީހުން ތިބީ ހަމަހޭގަތޯ؟
މާފަރުން މުޅި ނ.އަތޮޅައް މަސްތުވާ ތަކެތި އެތެރެކޮށް ވިއްކާއިރު ތިފަދަކަމެށް ހިގާފާނެ.
މަޖީދޫ ރޯމާ ދުވާލު ކޭބަލު ބުރިކޮލާގެން ގެންދިޔައިރު ރަށުމީހުނައް ނޭގުމަކި ތިހާލަތުގަ ވެދާނެ ކަމެއް
މީ ހަމަ މީހުން އުޅޭ ރަށަކާމެދު މަށައް ސައްކު.