ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްއާރްއެމް އުފައްދަން މައުމޫން ނިންމެވީ ޕީޕީއެމް އަނބުރާ ހޯދަން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނާކަމިޔާބު ވުމުންނެވެ. ޕީޕީއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސް ބަލައިގަނެ އެޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕާއި މެދު އިތުރަށް ސުވާލު ނުއުފެއްދޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިން ވަނަ ޕާޓީއެވެ. ވެރިކަމުގައި ހުންނަވައިގެން މައުމޫން ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. ނަމަވެސް އެޕާޓީ މައުމޫން ބޭނުންފުޅުވާ ގޮތައް ނުހިންގަވާތީ ޑީއާރްޕީ ދޫކޮށްލައްވާ ޕީޕީއެމް އުފެއްދެވިއެވެ.

މައުމޫނާއި ޔާމީންގެ ގުޅުން ގޯސްވީ ވެސް މައުމޫން ބޭނުންފުޅުވާ ގޮތައް ޕީޕީއެމްގެ ބައެއް ނިންމުންތަކާއި ސަރުކާރުގެ ބައެއް ނިންމުން ނިންމަމުން ނުގެންދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަފްލާ

    މައިތިރިވެ ގޭގަ އޮންނަންވެއްޖެ ދޯ ބާތިލު ކަންތަކާ ނޫޅެ ބަލަ ޑިމޮކްރަސީ އަކީ ބާތިލު އެއްޗެކޭ އުސްތާޒްވެސް މިކަން ގަބޫލުކޮއް ޖާމިއުލް އޒްހަރުން ކިޔެވި އެއްޗެއްގެ ބޭނުން ހިފާބަލަ

  2. ދަންނަ

    މައުމޫނަކީ މަގޭ ހިތުގައި ވަރަށްބޮޑަށް އިޙްތިރާމާއި ޤަދަރު މީގެކުރި ދެވިފައިވާ ފަރާތެއް ނަމަވެސް މިހާރަކު އެކަމެއްނެތް އެއީ ސަބަބެއް ނެތިވެސްނޫން ސަބަބުތައް ބައިވަރު މައުމޫނަށް މިހާރުވެސް އެނގެނެ ދެނަފަހަރަކުން ތިޔަބޭފުޅުންނާ ޙިއްސާކޮށްލާނަން

  3. ކަމަނަ

    މީ ނަ މަރުވާނީ ވެސް ޕާޓީ އޮފީހުގަ ހުއްޓާ

  4. މަގޭޚިޔާލު

    މައުމޫން ޕާޓީ އުފައްދާތީވެ ބައެއްމީހުން ވަރަށް މޭކަރާ. ދެރަނުވޭ ޕާޓީ އަސްލު ސޫރައަށް ފަލަވެ ދޮންވެ ފައްކާވީމަ ކައްވާލަންތިބޭ. އެމީހުންނަށް ކިޔަނީ މީދަލުގެ ތައްޕާހުން ވާލުގޮރުބޯ މީހުންނޭ. އެފަދަ މީހުން މިހާރު ފެނޭނޫންތޯ.

  5. ޚަލިބެ

    މައުމޫނު އުފެއްދި ޑީއާރުޕީ. ޟި ޕާޓީ ވެސް ހިންގަން ނޭނގުނު. ދެން މިއަދު އަނެއްކާ ޕާޓީއެއް އުފައްދައިގެން ވާނީ ކޮން ކަމެއްބާ؟؟

  6. އެލެކްސް

    ތީ މިގައުމަށް ލައްގާފަ އޮތް ބޮޑު ނޮހޮރުއްޕާނަކަށް ވެއްޖެ. ކޮބާތަ މީނަގެ ގައުމިއްޔަތު ކޮބާތަ މީނަގެ ދީނީ ލޯބި މިއަދު ވަނީ އަންނި ފައިދަށުވެފަ