ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަހައްޓަން އަންހެން ސެކުރިޓީ އޮފިސަރުން މިއަދު އިއުލާން ކޮށްފި އެވެ.

ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން، މަޖިލިހުގެ އިދާރާގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ހަތަރު އަންހެނުން ބޭނުންވާ ކަމަށް އެ އިދާރާ އިން ކުރި އިއުލާނެއް ގައި ބުނެފައިވެއެވެ. އަންހެން ސެކިއުރިޓީންގެ މުސާރަ އާއި އެލަވަންސާ އެކު، އާމްދަނީގެ ގޮތުގައި މަހަކު 12،500 ރުފިޔާ ލިބޭނެއެވެ.

އެ ކަމަށް އެދި ހުށަހަޅާ މީހުންގެ ޝަރުތަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ސާނަވީ އިމްތިހާނުގެ ދެ މާއްދާ އަކުން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއި އެސްއެސްސީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް ލިބިފައި ވުމެވެ.

މީގެ އިތުރުން މަގާމަށް ބޭނުންވާ ދާއިރާ އަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮތުމަކީ ވެސް ޝަރުތެކެވެ. މި މަގާމަށް އެދި ހުށަހަޅަން ޖެހެނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ ކުރިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހު 25 ގައި ފަށަން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވައިވާއިރު މަޖިލީހުގެ އިދާރާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމުގެ ގޮތުން، އެތަނަށް ވެސް ބައެއް ބަދަލުތައް އަންނަނީ ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެރީމާ

    ތީ ވަރަށް ރަގަޅު ކަމެއް އެވެރިން ތިބޭނީ ބަރުހަތިޔާރާއިއެކު މާބޮޑުވަރު ވަންޏާ މުސްތަފާބޭމެންނާއި އިނދެލާގެން މަޖިލިސް ތެރެޔަށް ނުހުރުއްޕާންކުރުން ހުއްޓުވާނެ