އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބުނު ފައިސާ އެސްއޯއެފްގެ އެކައުންޓުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ރިޔާޒުގެ ހިއްސާ އޮންނަ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ރިޔާޒް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މެރީޑިއަމް އަށް ލިބެންޖެހޭ ފައިސާ ރިޔާޒުގެ އެކައުންޓަށް ޖަމާކުރީ މެރީޑިއަމްގެ އެކައުންޓު ފްރީޒުކޮށްފައިވާތީ ކަމަށެވެ. އަދި އެ ފައިސާ ރިޔާޒުގެ އެކައުންޓަށް ރިއަލައިޒް ވުމާއެކު، އެހެން ބޭންކެއްގައި އޮންނަ އެ ކުންފުނީގެ އެކައުންޓަކަށް ޗެކަކުން ޖަމާކޮށްފައިވާނެ ކަމަށްވެސް އެ އެބަޔާނުގައި ވެއެވެ.
މި ވަހަކަތައް އެންޓިކޮރަޕްޝަން ކޮމިޝަނާވެސް ހިއްސާ ކުރެވިފައިވާނެ ކަމަށް ބަޔާންކޮށް ރިޔާޒް ވިދާޅުވީ، މއެ މުއާމަލާތް ހިނގިގޮތް އެނގެން އޮތްއިރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ގާނޫނީ ސަބަބެއް ނެތި، ރިޔާޒުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން ދައްކުވައި، މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅުވާކުންކަމަށެވެ.
"ކަމުގެ ހަގީގަތް ނޯޅޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަކީ އެ އިދާރާތަކުން ކުރަން ޖެހޭ ކަމެކެވެ". އެ ބަޔާނުގައި ވެއެވެ.
ރިޔާޒްގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އޭނާ އާއި އޭނާ ނިސްބަތް ކުރެވޭ އެއްވެސް ބަޔަކަށް ވިޔަސް، ކުންފުންޏަކަށްވިޔަސް އެސްއޯއެފްއިން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށެވެ.
"އަދި ގާނޫނާއި ހިލާފު އެއްވެސް އަމަލެއްގައި އަޅުގަނޑު ބައިވެރިވެފައެއް ނުވާނެއެވެ". އެ ބަޔާނުގައި ވެއެވެ.
ވައްކަން ކުރީމަ ސިއްރުކުރަނީ؟ކޮންކަމެއް ކުރީމަ ސިއްރުނުކުރާނީ؟ފެންނަން މިއޮތީ!ބަލަންމިތިބީ! ކިހާ ދެރަކަމެއްތަމީ! ކިހިނެއްހުއްޓުވާނީ!އަމަޔަކަސް ،ބަފަޔަކަސް، ރައީސަކަސް ވައްކަންވާނީ ވައްކަމަކަން! ބުޅަލުގެ އުސޫލް ދޫކޮށްލާ!ނޫނީ ތިކަން ނޮކޮށް ގޭގަ ރައްޔިތުން މޫނާ ގައިގަ އެއްޗެހިބާލުވާފަ އަދުން ނައަޅުވާ! ތިޔަދަނީ އަމާބުނީތީ ފަރަށް!
އެސްއޯއެފް އިން ރިޔާޒުގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެއީ މެރީޑީއަމްއަށް ދޭންޖެހޭފައިސާ...
މެރީޑިއަމްގެ އެކައުންޓް ވަނީ އެކައުންޓްވަނީ ފްރީޒްކުރެވިފައި.....
ރިޔާޒްގެ އެކައުންޓަށް ވަންފައިސާ ވަނީ އެހެން ބޭންކެއްގައި އޮންނަ މެރީޑިއަމްގެ އެކައުްނޓަކަށް ޖަމާކުރެވިފައި.....
މިއަށްވުރެން ތަންކޮޅެއްތާހިރުވާނެ ރިޔާޒު ބުނިނަމަ، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒުގެ އެކައުންޓަކަށް އެއްވެސް ފައިސާއެއްނުވަދެޔޭ، ލިބުނު ފައިސާއެއްވިއްޔާލިބުނީ ހ.ޓައިމްލެސް ރިޔާޒު ރަޝީދުގެ އެކައުންޓަށޭ. ކަލޯމެން ތިހެން ހަރާމެއް ހަލާއްނުބަލާ އުޅެނިކޮށް މަލަކަލްމައުތުގެފާނާއި ބައްދަލުވާނީ. ދެންތިބޭ ހަރާމް ފައިސާކައިގެން އަނބިދަރިންނަށްވެސް އެ އަލިފާންކާންދީގެން. ދުނިޔެމަތީގެ ލަދަކީ އަދި އެއްޗެއްނޫން.
ކަލޯ ހެކި ކޮބާ! ޖަވާބު ދާރީ ވާން ތައްޔާރުވޭ ކޯޓުގައި. އަދި ތިކަން ކޯޓުގައި ސާބިތު ކޮއްދީ!
ކަލޭ ތިހެންބުނީމަ އަޅުގަޑުމެން ރަތއްޔަތުން ގަބޫލެއް ނުކުރާނަން ، ކަލޭގެ ގޮތްނޭގޭ ދިވެއްސެއް މަގައުމުގް ނޫޅޭނެ، ރަތްޔަތުންގެ ފައިސާ ދައުލަތާ ހަވާލުކުރޭ!
އެސްއޯއެފް އިން މެރިޑިއަމަށް އެއްޗެއްދޭން އޮތިއްޔާ އެސްއޯއެފް އާ މެރިޑިއަމާ ދެމެދު ކުރެވުނު މުޢާމަލާތް ތައް ހުންނާނެތާ. ދެން ބުޅާ ގޯނިންބޭރުވީމާ ޒާތްޒާތުގެ ބަހަނާ ވާހަކަ ދައްކާނެކަމެއް ނެތް.