މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތް ތަހުގީގުކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ރިޕޯޓުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޓިކެޓް ލިބިފައިވާ އެއްވެސް މީހެއްގެ ނަން ނުހިމެނޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.

އިންޑިއާއަށް ކުރެއްވި ދަތުުރު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނަޝީދު މިހެން ވިދާޅުވިއިރު އެ ރިޕޯޓްގައި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ ނަންތަކާއި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ގިނަ އެމްޑީޕީ ކެނޑިޑޭޓުންގެ މަސްލަހަތު ހިމެނޭ ކުންފުނިތައް ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތާއި ގުޅިގެން އޭސީސީން އާންމުކޮށްފައިވާ 776 ސޮފުހާގެ ރިޕޯޓްގައިވާ ގޮތުން އެމްއެމްޕީއާރުސީން 57 ރަށަކާއި ފަޅެއް ދޫކޮށްފައި ލިބުނު ފައިސާގެ ތެރެއިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު ދައުލަތަށް ލިބިފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރު (192.75 މިލިއަން ރުފިޔާ) އެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މި ސަރުކާރުގެ ބައެއް ފަރާތްތަކުގެ އެކައުންޓަށްވެސް ހިޔާނާތުގެ ފައިސާ ވަނީ ވަދެފައެވެ. އޭސީސީގެ ރިޕޯޓާއި ގުޅިފެން ރައީސް ސޯލިހު ވިދާޅުވީ، ތިން އަހަރު ވަންދެން ރިޕޯޓު އާންމުނުކޮށް ބޭއްވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ. އަދި އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭސީސީން އެރިޕޯޓު އާއްމު ކުރުމަކީ ރަނގަޅުކަމެއް ކަމަށެވެ. އަދި އެމުއާމަލާތުގައި ހިމެނޭ ވަކިވަކި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ާަައަލީ

    ކަލޭމެންނަކަށް ވެސް ނުދެއްކޭނެ އެމްޑީޕީން ޓިކެޓް ދީފައިވާ މީހެއްގެ ނަމެއް!

    8
    20
  2. ރައްޔިތުމީހާ

    ތެދެއްބުނަން ޢަމްދުން ނޭގޭ މީހަކަށް ދެން ބުނެވޭނެ އެހެން އެއްޗެއްއޮވޭބާ؟ ކިޓާމެ މާތްބަހަކުން "އިތުރުފުޅު" ކިޔަސް ދޮގު ވާނީ ހަމަ ދޮގަށް .

    23
    4
  3. ކިނބޫ

    އޭނަ އިތުރުފުޅު ހަދާނެތާ ރިޕޯޓުން އެބުނާ 19 މީހުންގެ ނަންތައް ބަލަން އިންދާވެސް އޭނަ ތި ފެންނަނީ ތީގަ ހުރި ނަންތަކެއް ނޫނޭ ބުނާއިރަށް ރީނދޫސް ގަބޫލު ކުރާނެ ވިއްޔަ.

    31
    3
  4. ބެއްޔާ

    ޢަލީ ވަހީދު ގަންނަށް އެމްޑީޕީން ފައިސާހޭދަ ކުރި ގޮތުގެ ތަފްސީލް ރިޕޯޓް އަދިވެސް އޭސީސީގަ. ތިބުނާ ފައިސާ އޭސީސީގެ މެމްބަރުންނަށް ނުލިބޭނެ ގޮތެއް ނޯންނާނެ މިހެން މިބުނީ ދައުލަތުގެ މަތީ މަގާމްގެ ގިނަ މީހުންގެ އެކައުންޓަށް ޑޮލަރު މާރުކުރަން ޑޮލަރު ޖަމާކޮށްފަހުރީ. ތިބުނާ އޭސީސީގެ މީހުންނަށް ލިބިފައިވާ ފްލެޓާއި ގަނެފައިވާ ގޯތިތަކާއި އެމީހުންގެ މާލީ ބަޔާން ފުރަތަމަ ރައްޔިތުންނަށް ދައްކަންވީ. ރައްޔިތުންގެ ފައިސާއިން ބޮޑުންނަށް. މިސަރުކާރުގަވެސް ގިނައީ ޑޮލަރު މާރުކުރާ ވިޔަފާރިކުރިމީހުން. ދެން ކޮން ތަހުގީގެއް ފުލުހުންނަށް ކުރެވޭނީ. ނަމެއްގަ ކޮށްފާނެ. ދެން ކާޑު އަގުހެޔޮކޮށް ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލާ.

    17
  5. ބަކީލް

    އަދުން ހުސައިން، މާކުން ފަލާ، އިލްޔާސް ލަބީބް، ޖީސަސްއަފީފު މިއީ ހައްތާވެސް ފައިސާކޭ މީހުން.

    21
    1
  6. ހަސަނުލް

    ކޮބާ އެ ނަމަކީ؟ އެ ކެޑިޑޭޓެއްގެ ނަން ބުނެބަ

    8
    5
  7. ޕީޖޭ

    މީނަ ހުއްޓުވަންޖެހޭ އިބޫ ވެރިކަން ކުރިޔަނުދީ ކޯލިޝަން ރޫޅާލާން މަސައްކަތްކުރަނީ މިކަލޭގެ

    3
    4
  8. އޭސީސީ ރިޕޯޓަރު

    އޭސީސީ ރިޕޯޓްއިން އެގިގެންދިޔަ ބޮޑެތި އެއްޗިއްސަށް ބަލާއިރު ރާއްޖެޓީވީ ރޯކުރެވިގެން ގޮސްފައިވަނީ ސަރުކާރާ ރާއްޖެޓީވީގެ އޯނަރާ ދެމެދު ހެދުނު ޑީލެއްގެ ދަށުން އޯނަރަށް ފައިސާއާ ފަޅުރަށް އަންނަ ގޮތައްކަން އެގިގެންދޭ. އަދި ރާއްޖެ ޓީވީގެ ކޮންޓްރޯލް އަދީބު ޖަލަށް ވަންނަންދެން އޮތީ އަދީބު އަތުގައިކަން އެގިގެންދޭ. އޮޕޮޒިޝަންގެ ރައްޔިތުންގެ ޓީވީ އަށްވާނީ
    މިވަރުން. ރާއްޖެ ޓީވީ އަދީބަށް ފަހު މިހާރުވަނީ ޗަންޕާ ޓީވީއަށްވެ ނިމިފަ.

  9. ބޮގަރޭ

    އަނދުން ހުސެއިން އެމްޑީޕީއަށް ލޯންޗްތައް ދޫކުރަނީ ހިލޭ ނޫނީ 50 ޕަސެންޓް ކުޑަކޮށްފަ. ބެލެންސް ލާރި ނުވަތަ ބޮޑުބައި މިއަންނަނީ އެމްއެމްޕީއާރުސީ ނުވަތަ ރައްޔިތުންގެ ޖީބުން. ވަރަށް ވެސް ސަޅި ޖާނާ މާލުން ޕާޓީއަށް އެހީވާ މީހުން. އަންނިއަށް އެކަން އެނގެތީ އޭރުވެސް ބޭރުކުރަން އުޅުނީ

  10. Anonymous

    އަދުން ހުސެއިން، އިލްޔާސް ލަބީބް، ޗެކްމާކް ރަޝީދު މިތިން މީހުއްނަކީ އެމް ޑީ ޕީ ޓިކެޓްގަ 19 ވަނަ ރައިތުންގެ މަޖިލިހައް ކުރިމަތި ލާފަ ތިބިފަރާތައް. އޭ ސީ ސީ ރިޕޯޓްގައި ވެސް ހިމެނޭ ފަރާތައް. މިތިން މީހުން ގެ އެކައުޓައް އެތައް ޑޮލަރެއް ވަނީ ވަދެފަ. އޭ ސީ ސީ ރިޕޯޓްން ހާމަ ވޭ. އަދި މީގެ އިތުރުން އެމް ޑީ ޕީ ޓެކެޓްގަ ވާދަ ކުރައް ވާ އެތަ ކެނިޑޭޓްން ގެ އެކައުން ޓައް އެމް އެން ޕީ އާރު ސީ ގެ ޑޮލަރުތައް ވަނީ ވަދެފަ. ނަސީދު ކޮން ދޮގެއް ހަދާކައް ތަ.

    6
    1
  11. އަލީ.

    ރިޕޯޓުގަ ކޮންމެ ވާހަކައެއް އޮތަސް އަދުލުއިންސާފު ނެތްތާކު ކުރާނީ ކޮންކަމެއް

  12. ޑިމޮކްރަސީ

    ނަޝީދު ހަދަނީ ދޮގުކަން ނުވަތަ ތެދުކަން ތަހުޤީގު ކުރަންޖެހޭ. ޢަފްރާޝީމް އަވަހާރަކޮއްލިމީހުން ފުރާގެން ހިގައްޖެކަމަށް ނަޝީދު ބުނުމުން އަފްރާޝިމް ގެ މަރުގެ މައްސަލައާ ނަޝީދުއާ އޮތްގުޅުން ބަލަންޖެހޭ. ބޮމްބޭގެ ތާޖްހޮޓަލަށް ހަމަލާދިން މީހުންގެ ތެރޭގައި ދިވެހިން ހިމެނޭކަމަށް ރައީސަކަށްހުރެބުނެފަވޭ. އެކަމު އެމައްސަލާގަ ދިވެއްސަކު ހިމެނިފަ ނެތީމަ އެ ޓެރަރިސްޓް ހަމަލާގަ ނަޝިދުގެ ރޯލް ބަލަންޖެހޭ.

    8
    2
  13. މަކަރު ވެރިޔާ

    މިއޯތީ ސަދޫމަށްވެފަ އޭސީސީގެ ވެރިން އެވަނީ ސަދޫމްގެ ގާޒީންނަންވެފަ.ގައުމުގަ ގިނަމުއަންސަސާތަން އަދި ގިނަ ރަންއިތުންވެސް ވަނީ ހަރާން ފައިސާއަށް އާއެކޭބުނެފަ،ޔާމިނު ރައީސް ރަންއިތުންގެ ލޮލުގަ އަދުންއަލުވާފަ ގައުމު ތަރަންގީ ކޮންދެނީ ގައުމުގެ ހަޒާނާ މިރައިސްގެ އެކައުންޓަން ލަންވަވާފަ.ހަރަާން ފައިސާ އިން ގިނަވިޔަފާރަވެރިން ޑޮލަރުގަންނަނަމުގަ މަކަރާހީލަންހަންދަވާފަ.ސޭޓު ރީސޯޓުތަކަން ދަންކަން ޖެހޭފައިސާ ނުދެންކިއަސް .ރަންތަކަން ދަންކަންޖެހޭ ފއިސާނުދ

    2
    1