ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރަން ނިންމި ބައެއް ދާއިރާތައް، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ދޫކޮށްލީ، ސަރުކާރު ހިންގާ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނަ ނުދިނުމަށް ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ލ.މާވަށު ދާއިރާއަށް ޕީޕީއެމުން ނިކުންނަވާ، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ތާއީދު ހޯއްދެވުމަށް، ސައީދު ހިމެނިވަޑައިގަންނަވާ ގޮތުން އެރަށުގެ ބަަޔަކަށް ކުރި ކޮންފަރެންސް ކޯލެއްގައެވެ.
މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ރެކޯޑިންގައި ޔާމީން ވިދާޅުވީ ޖޭޕީ އާއި ޕީޕީއެމް އަދި މައުމޫންގެ ކެންޑިޑޭޓުން އެއް ދާއިރާއަކަށް ވާދަކުރުމުން އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"ޖޭޕީ އާއި އަޅުގަނޑުމެން (ޕީޕީއެމް)އިންނާ ދެބައި މީހުން އެ ދާއިރާތަކަށް ވާދަކޮށްފަ، އަދި އެތަންތަނަށް ރައީސް މައުމޫނުގެ ފަރާތްޕުޅުންވެސް މީހުން ވާދަކުރީމަ، އެ ގޮނޑި އެމްޑީޕީއަށް ނެގުމުގެ ފުރުސަތު މާބޮޑަށް ބޮޑުވެގެންދަނީ. އެހެންވީމަ ބައެއްް ދާއިރާތައް އަޅުގަނޑުމެން ދޫކޮށްލީ،" ޔާމީން ވިދާޅުވިއެވެ.
ބައެއް ދާއިރާތަކަށް ޕީޕީއެމުން ކުރިމަތި ނުލާން ނިންމައި ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ނިންމެވުމުން ޕާޓީތެރޭގައި ހިތްދަތިކަމާއި ހިތް ހަމަނުޖެހުން އުފެދިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އެ ފޯންކޯލްގައި ޔާމީން ވަނީ އެމަނިކުފާނު ވެސް މާވަށު ދާއިރާއަށް ވާދަކުރައްވަން ކުރިން ނިންމެވި ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ކުރިން އުޅުނީ މާވަށު ދާއިރާއަށް ކުރިމަތިލާން، އެހެންނަމަވެސް ދާއިރާތައް ހުސްވަމުން، ހުސްވަމުން ގޮސް މުޅިން ހުސްވީމަ ދެން އަޅުގަނޑު މާވަށަށް ކުރިމަތި ލުމުގެ ބަދަލުގައި އަޅުގަނޑު އިހުތިޔާރު ކުރީ ސައީދަށް އަޅުގަނޑު ދާއިރާ ދޫކޮށްލަން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން މާވަށު ދާއިރާއަށް ވާދަކުރައްވަން ނިންމަވާ ބައެއް ފަރާތްތަކާއި މަޝްވަރާ ވެސް ކުރެއްވެވިއެވެ.
އަދިވެސް ސައިޒު ނުވަނީތަ؟؟؟؟
ބައަކަށް ގެއްލުން ދިނުން އެއީ ޕުރޮފެޝަންްލ ކޮށް އުޅޭ ކަމެއްނޫން، ޕީޕީއެމް، ޖޭޕީ ވެސް ކެމްޕެއިން ކޮށް ގިނަ ގޮޑި ނަންގަވާ. ނޫނީ ކޯލިޝަން އެއްބަސްވުމަކަސް ވަޑައިގަންނަވާ.
ތިޔަގޮތަށް މަޖިލިސްގޮނޑި ޖޭޕީއަށް ކާމިޔާބު ކޮށްދިނީމަވެސް އެމީހުންވެސް ރައީސް ޔާމީންގެ ކަރުފިއްތާލާ ދުވަހަކު ވިދާޅުވާނެ ތިމެންނައަށް ނުވާކަމަކީ އަދިވެސް މީހުން ދަސްނުވަނީއޭ، އަނެއްކޮޅުން އީސީގަ މިހާރުތިބި މެމްބަރުން ތިއްބާ އެމްޑީޕީއަށް މަޖުލިސްގެ އަޢުލަމިއްޔަތު ނުލިބިއެއް ނުދާނެ، މިހާރުއްސުރެންވާނީ އީސީ ޝަރީފުމެން ގަނެފަ އެމީޙުންގެ ބަރަށް ބިލިޔަންސް ޑޮލަރުތައް އަޅާފަ
ވޯޓަކީ އެއްވެސް އެއްޗެއްނޫންކަން މިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން އެނގިގެންދެއެވެ. މިފަހަރުވެސް އެމްޑީޕީ އަށް މަޖްލިހުގެ މެޖޯރިޓީ ލިބިއްޖެކަމަށް އިއުލާން ކޮށްފަ ވޯޓް ކަރުދާސްތަައް އަންދާލީމާ އެނިމުނީ. އީސީ އިން ކަންކުރާނީވެސް އެހެން. ބަލަންތިބޭ...!!!
ރައީސް ޔާމީން އަކީ އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ޙިމާޔަތް ކުރެއްވުމަށްޓަކައި ދޫދެއްވަންވެސް ކެރިވަޑައިގަންނަވާ އަމިއްލަ އެދުމަށްވުރެ ރައްޔިތުންގެ މަންފާއަށް އިސްކަން ދެއްވާ ބޭފުޅެއްކަން ހާމަވެއްޖެއެވެ. ރައީސް ތިޔަ ނިންމެވި އުނދަގޫ ނިންމެވުމަށް އަޅުގަނޑުމެން އިޙްތިރާމް ކުރަމެވެ.
ކަލޭ ހުރިހާގޮޑި އުކާލިއަސް ކަލޭ ބޭނުންވާގޮތަށް އެއްކަމެއްވެސް ދެން ނުހިންގޭނެ !
ޔާމީންވިދާޅުވި ގޮތް ރަނގަޅެއްނޫން. އެ ގޮނޑިތައް ޖޭޕީއަށް ކަށަވަރުކޮށްދިނުމަށް ދޫކޮށްލިކަމަށް ވިދާޅުވި ނަމަ ރަނގަޅުވީސް .ވިދާޅު ނުވާންވާވާހަކަ ވިދާޅުވުމަކީ ރަނގަޅުގޮތެއްނޫން.
ރަޢީސް ޔާމީން އެ ދެންނެވީ ކަން ހިނގާނެގޮތް. ސަބަބަކީ އެމްޑީޕީ ފިޔަވާ ދެން ހުރި ބޮޑެތި ޕާރޓީތަކުގެ ފިކުރަކީ ވަރަށް އެއްގޮތް ފިކުރުތަކެއް. އެއީ މާތްވެގެންވާ އިސްލާމްދީން ނެގެހެއްޓުމާއިއެކު ވަޠަނިއްތުކަމާއި މިނިވަންކަމާއި މުސްތަގިއްލުކަން ދެމެހެއްޓުން. ވީމާ މި ޕާރޓީތައް ބައި ބައިވެ އެއް ދާއިރާތަކަކަށް ވާދަކުރަންވީމަ އެއް ފިކުރެއްގެ ވޯޓްތައް ދާނީ ބައި ބަޔަށް ބެހިގެން ނަތީޖާއަކަށް ވާނީ އެމްޑީޕީ މެޖޯރިޓީ ނެގުން. ވީމާ ގައުމަށާއި ދީނަށާއި މިގައުމުގެ އިސްތިގުލާލް ޙިމާޔަތްކުރުމަށްޓަކައި ރަޢީސް ޔާމީން ތިޔަ ނިންމެވި އުނދަގޫ ނިންމުމަށް ޝުކުރާއި މަރުޙަބާ ދަންނަވަން. ޕާރޓީ މެމްބަރުންނަށް ކެތްތެރިކަން ދެއްވާށި އާމީން
ޙިތައް އަރަނީ ތިގޮތަށް ގާސިމްވެސް ހަދަން ޖެހޭނެ ނޫންތޭ؟؟ ޕީ ޕީ އެމުން ކަށަވަރުވާނެހެން ހީވާ ގޮނޑި ވެސް ޖޭ ޕީ އާށް ދޫކުރަނީތޯ؟؟ ދެން ޕި ޕީ އެމަށް އޮންނާނީ ކޮން ފައިދާއެއްތޯ؟؟ ބަޔަކު ތިބެންޖެހޭނެތާ އަޅުގަބޑުމެންގެ ޕާޓިގަވެސް.. މިސާލަކަށް ހިތަދޫ ދާއިރާ. ފުވައްމުލަކު މަސީހު ކުރިމަތިލީ ދާއިރާ، މަޑަވެލީ ދާއިރާ .. އެހެންވީމާ ޔަގީން ވާ ތަންތަނަށް ލާން ޖެހޭނެ ނޫންތޯ؟ހަމަ އެކަނި ޖޭ ޕީ އަށް ހުރިހާ މޮޅެއް ވާކަށް އަޅުގަނޑު ނޭދެން.
ކަލޯބުނަން ތިޔައުޅޭ ސިޔާސީ ލީޑަރުންގެ ތެރޭގައި ޔާމީން ސައިޒުކޮށްލެވޭ ވަރުގެ ލީޑަރަކު ނެތް! ވަރަށްސާފު! އެއީ ގަޓު ރައީސް . އަހުމަދުބެ
މޑޕ އަށް މަޖިލިސް ލިބުމަކީ ގައުމަށް ބޮޑު
މުސީބާތެއް ކުރިމަތިވާނެ ކަމެކެވެ ރައްޔިތުން
މިކަމަށް ސަމާލްވާން ޖެހެއެވެ.
ކީކޭ ދެންބުނާނީ ގާޟިމް ރަގަލަވެޟް މޮޔަ ވެޖެ