ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް 2.4 މިލިއަން ޑޮލަރު (36.9 މިލިއަން ދިވެހި ރުފިޔާ) ގެ ލޯނެއް ދިނީ ވިލާ ކުންފުނިން ކަމަށް އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފިއެވެ.
"ވަގުތު" އަށް މައުލޫމާތު ދިން ވިލާ ކުންފުނީގެ މައުލޫމާތު އެނގޭ މީހަކު ނަން ހާމަނުކުރަން އެދި ބުނެފައި ވަނީ ވިލާ ކުންފުނިން ވަރަށް ފަހުން އަލީ ހަމީދުގެ އާއިލާ އަށް ލޯނު ދީފައިވާ ކަމުގެ ލިޔުންތައް ވެސް މިހާރު ފުލުހުން ވަނީ ހޯދާފައެވެ.
ނަމަވެސް އަލީ ހަމީދުގެ އާއިލާ އަށް ލޯނު ދިނީ ވިލާ ކުންފުނިންކަން ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއްވައެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަލީ ހަމީދުގެ އާއިލާ އަށް ރާއްޖޭގައި ވިޔަފާރި ކުރާ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށެވެ.
މިލޯނު ދީފައި ވަނީ ވިލާ ކުންފުނިން ކަން "ވަގުތު" އަށް ކަށަވަރު ވެފައިވާއިރު ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވަނީ އިބްރާހިމް ސިޔާދު ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ވެރިކަން ވައްޓާލަން އުޅުނު މައްސަލައިގައި ކަން ކަށަވަރު ކޮށްދެއްވާފައެވެ.
އަލީ ހަމީދުގެ އާއިލާ އަށް 2.4 މިލިއަން ޑޮލަރުގެ ލޯނެއް ވިލާ އިން ދީފައި ވާއިރު އަލީ ހަމީދު ގެންގުޅުނު ދަބަހެއްގެ ތެރެއިން ފުލުހުން ވަނީ 215000 (ދެލައްކަ ފަނަރަ ހާސް) އެމެރިކާ ޑޮލަރާއި 150000 (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ ހޯދާފައެވެ.
މީމަހު މީހަކަށް ލޯނެއް ދީފާނެ ދެއްތޯ...! އޭގައި މައްސަލައެއްނެތް. ބަލަންވީ ލޯނުދިން މަގްސަދާއި، އެކަމުގައި ނުކިއްސަރު އެއްބަސްވުންތަކެއް އޮތްތޯ.
ލޯނުތީ ރަމްޒީ ސްޓަންޓެއް، ގިނަ އަދަދެއްގެ ފައިސާ އާއި ޑޮލަރު ގެންގުޅޭކަން ފަޅާއަރާ ތަހްގީގު ކުރަން ފެށުމުން އެބަޖެހޭދޯ އެފައިސާ ލިބުނީ ކިހެނެއްކަން ބުނެދޭން، ތީ އެވިސްނުމުގަ ކޮށްފައި އޮތްކަމެއް ކަމަށް ބެލެވެނީ
މަނާކަމެއްތަ؟
ލޯން ނެގުމަކީ ޢަލީ ޙަމީދުގެ އާއިލާއަށް ހަރާމްކަމެއްތަ؟
ތި ލިޔުންތައް ބަހައްޓަވާ ހެކީގެ ގޮތުގައި. ފުރަތަމަ 1 ފެބްރުއަރީގެ ހުކުމް ތަންފީޒު ކުރޭ.
ނަޝީދު ބުނެފައި އެބައޮތް ސްޕްރީމް ކޯޓްގެ ނިންމުންތަކަށް ތަބާވާން ނުޖެހޭނެކަމަށް. ދައުލަތުގެ އެންމެ މަތީ ފަރާޓަކީ ރައީސް ކަމަށް. ރޫހާނީ ލީޑަރު ދޮގެއް ނުހަދާނެ. ދެން ކޮން ހުކުމެއްގެ ވާހަކަ ތި ދައްކަނީ؟
ނަޝީދު ބުނެފައި އެބައޮތް ސްޕްރީމް ކޯޓްގެ ނިންމުންތަކަށް ތަބާވާން ނުޖެހޭނެކަމަށް. ދައުލަތުގެ އެންމެ މަތީ ފަރާޓަކީ ރައީސް ކަމަށް. ރޫހާނީ ލީޑަރު ދޮގެއް ނުހަދާނެ. ދެން ކޮން ހުކުމެއްގެ ވާހަކަ ތި ދައްކަނީ؟
ހުކުމް ތަންފިޒުކުރަން ކުޑަ ދުވަސްކޮޅެއް ބޭނުންވާނެ ކޮންމެ ބަޔަކަށްވެސް. ލިޔެކިޔުންތައް ނިންމަން. އެކަން ނުނިމި އުޅެނިކޮށް އެހުކުމް ބާތިލް ކުރީ. ދެން ތިބުނާ ހުކުމެއް ތަންފީޒުކުރާކަށް ނުޖެހޭނެ.
ތާއީދު
ހޭބަލިވީތަ ނުޖެހޭ ކުރާކަށް ފައިސާނަގާގެން ކުރާ އަމަލަކަށް
ރައްޔިތުން ބަނޑަށް ޖައްސާފަވެސް ވެރިކަން ވައްޓާލަން. ރީތި މަހުޖަނޫ
އެކަމު ޓެކްސް ދައްކަން ރުފިޔާއެއް ނުހުރެ. ބަޤާވާތްކުރަން ރުފިޔާ ހުރޭ.
ބޭންކް ތައް ހުއްޓަ ދޯ... މަވެސް ބޭނުން ލޯނެތް
ކާންދީފަ އެބަ ހުއްޓެއްނު.މާރަނގަޅު ވީހެއްނު ދިވެހި ރައްޔިތުންނައް ދައްކަން ޖެހޭ ފައިސާ ދެއްކިނަމ.
ބަލަގަ ބޭންކުން ވެސް ލޯނުދޭ ައެއީއެވަރު ކަމެއްތަ ވިލާއިން އެއްޗެއް ދީގެން ދޯތި ފޫހިރު ވަނީ
މީހަކާ ޖައްސާލިޔަސް ފުކެއް ބޮޑު ވަރު
ސްޓޭޓް ބޭންކް އޮފް އިންޑިޔާއިން ބުރުމާޔަށް 25މިލިޔަން ޑޮލަރު ގެ “ލޯނެއް”ވެސް ދިން، އެލޯނަކީ އިންޑިޔާ ސަރުކާރުން ދެއްވި ލޯނެއް މަޖިލީހުގެ މެމްބަރުން ގަންނަން!
ރައީސް ޔާމީނުވެސް ވިދާޅުވި ޚަރަދު ތައް ހަމަޖެއްސެނީ ރައްޓެހިން އެހީވެދީގެންނޭ. ވީމާ ޢަލީ ޙަމީދު ލޯނެއް ނެގީ ދޭނެ ރައްޓެއްސެއް ނެތީމަ ކަމަށް ވެދާނެ.
މަށަށް ވެސް ލޯނެއް ދީބަލަ..މަވެސް ބޭނުން... ...އެކަމަކު އަލީ ހާމިދަށް އެވަރުގެ ލޯނެއް ދިން އިރު ވިލާ ކުންފުނީގެކިތައް މުވައްޒިފުންނަށްތޯ މުސާރަނުދެވި ހުރީ... މިވަގުތަށް މުހިންމީ މުސާރަ ނުދީ އެވަރުގެ ލޯނެއް ދިނުން ތަ..އަދި އެވެސް އަލީ ހާމިދަށް....
އެމީހުންނަށް ވެސް ލޯނު ނެގިދާނެ އެއްނު، ކޮބާތަ ކަލޭމެންގެ މައްސަލަ އަކީ. 7 މިލިއަނުންވެސް ލޯނެއް ދެއްކޭ ކަމަށް ވަންޏާހަމަ ނަގަންވި.
މިހާރުން މިހާރަށް ގާސިމް ހައްޔަރުކުރުމަށް
ގޮވާލަން. ގާިސިމްމުގެ މުއްސަނދިކަން ރަރުކާރަށް
ނެގުމަށްވެސް ގޮވާލަން ގާސިމަކީ ދިވެހިރައްޔޮތުންގެ ދިރިއުޅމަށް ހުރަސް އަޅާމީހެއް.
ބަލަގަ ރައީސް މީހާ އުޅޭ ހާލުން ލަގޮނޑިއަށް ކެތް ނުވެގެން މަދަދުގާރީވާ މީހުން ތިބޭ ކަމަށް ވަންޏާ ހަމަ އެގޮތަށް، ފަނޑިޔާރުންނަށްވެސް ހަމަ އެކި ކަހަލަ ކަންކަން ދިމާވުމުން މަދަދުގާރީވާނެ މީހުން ތިބުން ހަމަ އޯކޭ ނޫންހޭ މި ބުނަނީ! މި އުޅެނީ އޮފީހެއްގެ އުޅޭމީހަކަށް ހަދިޔާއަކަށް ކްލައިންޓަކު ގަލަމެއް ދިނަސް، އެކަން ހިނގާދިޔަ ގޮތެއް ބަލާ ތަހްޤީޤް ކުރަންވެގެން އޭސީސީއޭ ކިޔާމީހުންތައް! ކޮބާ ބާ މި މީހުންތައް، މީސް މީހުންގެ އެކައުންޓަށް މިލިޔަން ޑޮލަރު ޖަމާ ކުރަމުން ދާއިރުވެސް! ހަމަ ރައްޓެހިން ތިމާ އުޅޭ ހާލުން އެހީވާން ދޭން ފައިސާ ބުނެ ފުއްދާލެވޭނެ ބާ! ސަހަރޯ އޭ ހީވޭ!
ކީވެތަ އަހަރެމެންނަށް ނުދެނީ
ލޯނު ދިނުންވެސް އެއީ ކުށެއްތަ. ލޯނަކީ އަނބުރާ ދައްކާގޮތައް ދޭ އެއްޗެއް ދޯ. މީހަކަށް ލޯނެއްދިނުން ދޯ ގޯސްމިވީ. ޖަލްސާތެރޭގަ ތިމަންނަ އެކައުންޓަށް ފައިސާ ގޯނިގޯނި ވަންވާހަކަ ފާޅުގަ ދެއްކިއިރު އެކަންބަލައިދޭނެ މުއައްސަސާއެ ރާއްޖޭގަ ނެތުން އެއީ ލަދުގަންނަންޖެހޭ ކަމެއް.
#ފްރީ ގާސިމް އިބްރާހިމް # ފްރީ އިބްރާހިމް ސިއާދް ގާސިމް ނައު
ލޯނު ދިނުމަކީ ކުށެއް ކަމުގައި ވާނަމަ އެންމެކުރީން ތަޅު އަޅުވާ ބަންދު ކުރަންވީ ބޭންކް ތައް... ލާރި އޮތީޔާ ވިލާއިންވެސް އެހެން ތަންތަނުންވެސް ލޯނު ދޭންވީ.. މަގޭއަތުގަ ހުރި އެއްޗަކުންވެސް ލޯނު ދީފަ ހުންނާނީ..
ބަޔަކު ބަޔަކަށް ލޯނެއް ދިނުމަކުން އޭގައި އޮތީ ކޮން މައްސަލައެއްބާ..ހިލޭވެސް އެއޮއްދެނީވިއްޔަ
ސްޕްރީމް ކޯޓް ޖަޖަކަށް އަމިއްލަ ކުންފުނިއަކުން ލޯނެއް ނުނެގޭނެ. އެބޭފުޅުންގެ އިނާޔަތައް މަޖްލިހުން ވާނީ ހަމަޖައްސާފައި. އެވަރުން ނުފުދެންޏާ އިސްތިއުފާދީފަ ނިކަން ގޮއްސަ އެލޯން ލިބޭތޯ ބަލާލަބަލަ. ނުދޭނެ. ތިބޭފުޅާ އެ މަގާމުގަ ހުންނާތީ އެ ލޯން ދިއްކުރަނީ
ފަނޑިޔާރުންނަށް ދައުލަތުން މުސާރަޔާ އިނާޔަތް ތަކަކާ ދިރިއުޅޭނެ ފުލެޓާ ދީފައި ވަނީ އެހްންމީހުންގެ ތައްޕާހުން ނޫޅުމަށް. އެކޯޓެއްގައި އޭނާގެ އެތައްބައިވަރު ފައިސާގެ މައްސަލަތަކެއް ހިނގަމުޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭުްންދަނިކޮށް މައްސަލައިގެ ހަސްމެއް އަތުން މާލީފައިދާއެއް ނެގުން އެއީ ރިޝްވަތު ނޫން އެހެން އެއްޗަކަށް ނުވާނެ.
އެކުންފުންޔެއްގެ ފައިސާގެ މައްސަަތައް ކޯޓުގައި ހިނގަހިނގައި ހުއްޓާ އެކޯޓުގެ ފަޑިޔާރަށް މަސްލަހަތު ހުރި ކުންފުންޏަކުން މާލީއެހީވުމަކީ ރިޝްވަތު ނޫން އެއްޗަކަށްނުވާނެ.