ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ވަރަށް ސާބިތު ކަންމަތީގައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ވަނީ އަމުރުކޮށްފައެވެ. ދައުލަތުގެ ވަކީލު އާއިޝަތު މުހައްމަދު ވިދާޅުވެފައި ވަނީ މަނީ ލޯންޑަރިންގެ މައްސަލައިގައި ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށާއި، ދައުލަތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދުނީ އެހެންވެ ކަމަށެވެ.

މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން" ޔުނިޓުގައި ޔާމީން ހުންނެވި އިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ސާބިތުކާއެކުގައި ކަމަށާއި، ހުރިހާ ސަޕޯޓަރުން ވެސް ހިތްވަރު އާކުރައްވާ އަޒުމު ވަރުގަދަކޮށް ސަފުތައް ބަދަހިކޮށްގެން ތިބުމަށް ޔާމީން އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އުންމީދަކީ ވީހާވެސް އަވަހަށް ސަޕޯޓަރުންނާ ބައްދަލުވުން ކަމަށެވެ.

ރައީސް ޔާމީން ހައްޔަރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ އިރު، އެ އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓުގައި މިއަދު ވަނީ އެދިފައެވެ. އަދި ގާނޫނާ ހިލާފަށް ރައީސް ޔާމީން ހައްޔަރުކުރި ކަމަށް ބުނެ، ޕްރޮގްރެސިވް ކޯލިޝަންއިން މާދަމާ ރޭ ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަމީރު

    އައިޝަތު މުޙައްމަދު ހައްދަވަނީ ދޮގުކަމަށް ވެއްޖެނަމަ އައިސަތު މުހައްމަދު ހަދާންބަހައްޓާތި ހަދާނުން ކުޑަވަގުތުކޮޅަކަށް ނައްތައިނުލާތި

    21
    1
  2. ނުރަބޯ

    އައްސަރިބަހުން ސާބަސް ދަންނަވަން. ތިޔައީ ބަޠޮލެއް. ސަޕޯޓަރުން ތިބީ އިންޝާﷲ ހިތްވަރާ ހިތްމަތާ ޢަޒުމުގައި. ލަސްތަކެއްނުވެ ރީނދޫ ލާދީނީ އަނިޔާވެރި ބައިގަނޑުގެ ކިބައިން މަނިކުފާނު ސަލާމަތްވާނެ.

    38
    4
    • މަ

      މަނިކްފާން ގަޔަށް ސީލާ

      1
      7
  3. Anonymous

    ޟ

  4. Anonymous

    ލާރިބޭނުންކުރިކަމަށް އަމިއްލަ ޢިއުތިރާފުވެސް ވެއްޖެ ދެންކީކޭބުނާނީ

    10
    30
  5. މަސްވެރިޔާ

    މިއީ 19 ދިވެހިން ޝަހީދުކޮށްލުމުގެ އަޑީގައިހުރިކަމަށް އެންމެދަނެ ހުކުމް ކުރި ރ.އިބޫގެ ބަފާބެއަށް މައުމޫންގެ ރައީސްކަމުގައި ކޯޓުން ކުރެއްވި ހުކުގެ ބަދަލް. ދެދަބިދަރިން ވެރިކަމުގެބާރަށްލާއިގެން ހިންގާ ޖަރީމޢެއް.
    ރ. ނަޝީދު 2008 ގައި ވިދާޅުވިގޮތަށް ރ. މައުމޫނުވަނީ ކޮއްކޮގެ ވެރިކަމުގައި ކޯޓުން ބަންދުޖަހައިގެން ޖަލަށްލާފަ. އަޑީގަ ތިބީ ފިއުލްކުރަން ދުށުމަނުން. ރ. މައުމޫނު ހިމެނޭ ސަރުކާރަކުން ކޮއްކޮ އެލީ ޖަލަށް. އަޑީގަ ތިބީ ދުޝްމަނުން. ރ.ޔާމިނަކީ ޖެހިލުން ނުވާ ކެރޭ ގަޓް ހުރި ވެރިޔެއް، އިންޑިއާ ހަމަ ބޭނުންގޮތަކަށް ބެރު ނުޖެއްސެވި. ޔޫކޭ ބުނިގޮތަށް އެއްވެސް ދުލެއް ނުދެއްވާ އިސްކުރެއްވީ ޤައުމު. 5އަހަރު ޢައްދާރުން ކުރި އުދަގޫތަކުން ކާމިޔާބު ހޯއްދެވި. ޖީޑީޕީ 5300 ޑޮލަރ 9700 ޑޮލަރ އަށް ބަދަލް ކުރެއްވި. އިދެ ޖެހި ފަނާވެފައިވާ އިގްތުސާދު ކޮޅަށްޖަހާ ރީޖަންގެ ޤައުމުތަކަށް ނަމޫނާ ދެއްކެވި. ރ.އިބޫއެވެ. ތިބާ ޖަލުގެ ގޮޅީގައި އަޅެފަހެ އޮންނަން ނުޖެހޭނެތޯއެވެ. ތިހާ ސާފިއްޔާ އަދީބުގެ ވޯޓުގައި ހުރީހަމަ ތެދަށްތޯ ރައްޔިތުންނަށް ވިދާޅުވެ ދެއްވަ ބަލާށެވެ. ބިޑަކާއި ނުލާ ޕޮރޮޕޯސަލް ހުށަހަޅައިގެން ޕޮރޮޖެކްޓް އެވޯޑް ކުރަނީ ހަމަ ސާފް ކަމުން ހެއްޔެވެ. ތައުލީމޭ ކިޔާފަ އަރިސް ބޭފުޅުންނަށް ކޮލެޖް ހިންގަން ފައިސާދޭނެ ނިޒާމް ޤާއިމްކުރީ ރައްޔިތުންނަކީ ގަބުންކަމަށް ބަލާފަތޯއެވެ.

  6. ހިއްވަރު

    މަނިކުފާނުއެނބުރި ވަޑައިގަތުމަށް ރައްޔިތުން އުއްމީދުކުރެއެވެ ވތަށް އަވަހަށް މޑޕގެ ދަންތުރައިން މަނިކުފާނު ސަލާމަތްވާނެއެވެ އިންސާ ﷲ

  7. ޔަގީން

    އިންޝާﷲ... ދިވެހިރާއްޖޭގެ ތަރައްގީގެ ބާނީ މި ލޮބުވެތި ދިވެހި ފަސްގަނޑުގައި ހިދުމަތް ކުރަން 2023ވަނަ އަހަރު ހުންނާނެ...
    އަޅުގަނޑުމެން ދުވަހަކުވެސް ރައީސް ޔާމީން އާ އެންމެ ސިކުންތު ކޮޅިކަށް ވެސް ދުރަކަށް ނުދާނަން....
    އިންޝާﷲ.... ރައީސް ޔާމީން ގެ ސަޕޯޓަރުން މިތިބީ ރައީސް ޔާމީން އާއެކު....
    96000 މީހުންގެ ލެޔާކުޅެން ނަހަދާތި... އަޅުގަނޑުމެން މިތިބީ ކިޔާނެ އެއްޗެއް ނޭގިގެންނެއް ނޫން.... އަޅުގަނޑުމެން މަގު މައްޗަށް ނެރެން ނަހަދާތި.....

  8. ކޭ ބީ

    ސާބިތުކަންމަތީ ހުންނެވުމަށް ގުރައިދޫ އިން ގޮޅިއަކަށް.

  9. ސީނުކަރަ

    ހިތްވަރާ ޢަޒުމަކަޢް ނައައްނާނެ ބަދަލެއް
    ހިތްމަތާޖޯޝްހުރެ އަންނާނަމޭ ތިޔަހިދުމަތައް
    ތިޔަފަސްއަޅާ ފޮރުވާލި ދަނޑުތައް އާރާސްތުކުރުމައް
    ނަންހިގާދިވެހީންގެ ލޭ މުޅިމިބިމުގާ
    ނަންހަނދާނައް ގެނުވާލަދިން އަލިރަސްގެފާނާ އެ ތަކުރުފާނު

  10. ސީނުކަރަ

    ހިތްވަރާ ޢަޒުމަކަޢް ނައައްނާނެ ބަދަލެއް
    ހިތްމަތާޖޯޝްހުރެ އަންނާނަމޭ ތިޔަހިދުމަތައް
    ތިޔަފަސްއަޅާ ފޮރުވާލި ދަނޑުތައް އާރާސްތުކުރުމައް
    ނަންހިގާދިވެހީންގެ ލޭ މުޅިމިބިމުގާ
    ނަންހަނދާނައް ގެނުވާލަދިން އަލިރަސްގެފާނާ އެ ތަކުރުފާނުފަދައިން

  11. ސީނުކަރަ

    ޖެހިގެންދިޔަސް ބިކަހާލުގާ
    ނުފިލާނެ މިހިތެއް ތިޔަސްގަޑުން
    އޮހިގެން މިލޭ ހަމަދާންއެދޭ ފަސްގަޑޭ ތިޔައީމަގޭ
    ދިރިދުނިޔެއިން އަލިކަންލިބުނު އުފަންތިޔަފަސްގަޑައް
    ނިމިގެން މަދާން ހިންހެޔޮއެދޭ ތިޔަފަސްގަނޑޭ