ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް މިހާރު އެ އޮންނެވީ ވާނުވާ ޖަހައި ޖަލުގައި ކަމަށާއި ނަމަވެސް އެކަމާއި އުފާނުކުރައްވާ ކަމަށް ވިދާޅުވެ ޔާމީންގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާއަށް ޖުމުހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝަމް އާދަމްގެ ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅުން ގެންގޮސް ޖަލުގައި ހައްޔަރުކުރުމުން އުފާނުކުރާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާކަން ކޮށް އިހަށްދުވަހު ނިންމެވި ބޭފުޅާ ރައީސް ޔާމީން ވެސް އެހުރީ ވާނުވާ ޖަހާފައި ޖަލުގައި. ހެކި ފޮރުވައިގެންނޭ ކިޔައިގެން ވާހަކަދައްކާ އިރު ރައީސް ޔާމީން ވެރިކަމުން ފައިބައި ވަޑައިގެންނެވިތާ މިހާރު މަސްތަކެއް ވެއްޖެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަ ގޮތުން ވާނުވާ މި ޖަހަން ޖެހެނީ ހަތަރު ސަބަބެއް މެދުވެރިވެގެން ކަމަށެވެ. އެއީ ހެކި ފޮރުވުން ކަމަށް އޮވެދާނެ ކަމަށާއި އެހެން ގޮސް ތިން ހަތަރު ކަމެއްގެ ވާހަކަ ކަމަށެވެ.
"އިހަށްދުވަހު ފެނުނީ ކުރީގެ ރައީސް މައުމޫން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލެވުނު މަންޒަރު, ރާއްޖޭގެ ސަގާފަތުން ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅަކު ވިއްޔާ ޖަލަށްލާ މަންޒަރު" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ މިގޮތަށް ކަންތައްތައް ދާނަމަ މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނެ ބޭފުޅަކު ނުވާ ހިސާބަށް ވެސް ހިނގައިދާނެ ކަމާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.
ވާނުވާ ޖެހުމަކީ ދެން ބަންދުގެ މުއްދަތު އިތުރު ކުރާނެ ދުވަހެއް ނޭނގޭ ގޮތައް ވަކި މުއްދަތެއް ނެތި ހައްޔަރު ކުރުމަށް ފަނޑިޔާރު އަމުރު ނެރުމުން ބުނެ އުޅޭ ބަހެކެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރު ކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އަމުރު ކޮށްފައެވެ.
މަޖިލީހުން ފާސްކޮށްގެން ދިވެހި ގައުމު ވިއްކާލަން ނަސީދު ވަނީ ރާވާފައި. މެޖޯރިޓީގެ ވާހަކަ ދައްކަނީ އެހެންވެ . ހެއްކަކީ 2008 ގަ ވެރިކަމަށް އައިސްފަ އޮސްޓްރޭލީޔާން ބިން ހޯދާ ރާއްޖެ އަޑިޔަށް ދަނީއޭ ކިޔާ ދިވެހިން އޮސްޓްރޭލިާ އަސް ހިޖުރަކުރުވަން ނަސީދު އުޅުއްވި .ދިވެހިން ރެފިއުޖީންނަށް ވާން ބޭނުންތަ ؟
މާ ބޮޑަށް އެނގިގެން ތިއުޅެނީ
ވެރިކަމުން ކުށްވެރިއަކަށް. ގޮނޑިން އަށްޓަށް. މިހިރީ ކިއިދާނެ ނަންނަން.
ތިޔަ މުއްދަތު ޖަހާ ފަރާތަށްވެސް އަބަދު ރިސްވަތުކައިގެން ނުތިބެވޭނެ ދޯ؟
މިރާއްޖޭ ރައްޔިތުންގެ ހަލާކު އަމިއްލައެދުންބޮޑު ސޭޓު
ގާސިމް ކާރީ ކާކުތަ ބުނީ އުފާކުރާށޭ އަނެންކާ
އޮނަރަބަލް ޤާސިމްއެވެ. މަނިކުފާންގެ ހަމްދަރުދީއަކީ ރަގަޅުފާލެޖެވެ. ރ.ޔާމިން ޖަލުގައި ބާއްވާ ކޮންމެދުވަހަކީ އަހަރަމެން 96052 މީހުންގެ ހިތަށް ވަރަށް ތަދުވާ ދުވަސްތަކެކެވެ. ވަރަށް ރަގަޅު ބަދަލް ހިފުމެއް ހިފާނެކަން ދަންނާށެވެ.ނަމަވެސް ރައީސުން ޖަލަށްލާން ބޭނުމެއްނޫނެވެ. ރ.ނަޝީދު އާއި ރ.މައުމޫނު އަޑީގައިހުރެ ރ.އމ.ސޯލިހު ލައްވާ އެޅުއްވި ކަތިފިޔަވަޅެކެވެ. ބަލަ ވިސްނާށެވެ. ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން އެސްއޯއެފް ކުންފުނީގެ ފައިސާއަކީ ތަނަކުން ވަގަށްނެގިފައިސާކަން ކަނޑަނައަޅައެވެ. އަދި އެކުންފުނީގެ މުޅި ރައުސްމާލަކީ ކަޅުފައިސާކަމުގައި ޝަރުއީ ކޯޓަކުން ނުނިންމާ ހިނދު އެފައިސާ ލިބުނު އކ ހޯލްޑްކުރާ މީހުން ހައްޔަރކޮށް އަދަބްދޭނީ ކޮން ބަހާ އެއްގެ މަށްޗަށް ވިސްނާފަތޯއެވެ.
1. ހަސަން އަފީފުގެ ހިމެނޭ ކުންފުނީ އކ ލި 10.8 މިލިއަން
އަދި ޕިރަމިޑް މައުސޫމު އކ ލި 800000 ޑޮލަރ އަށް ލައްކަ ޑޮލަރ އެއީ 3 ވަނަ ފަރާތަކަށް ރައްދުކުރަން ޖަމާކުރި ފައިސާކަން ގަބޫލް ކުރެވޭ ފަހަރުގަ އެބޭފުޅަކީ ބަރުލަމާނީ ކަމަށްވެސްވެދާނެ.
މިރާއްޖޭގެ ވެރިކަމު އަރާނެ މީހަކު ނުވިއްޔާ އަހަރެމެންނަށް މާ ރަނގަޅު! އަހަރެމެން އެދޭ ގޮތަކީވެސް އެއީ!
ޔާމީން ނުން އަދި މީހަކު މެރުމުގެ ސަބަބުންވެސް މީހަކު ޖަލުގާ ބަންދުވެ އެކަހެރިވެ ހުންނަން ޖެހުމަކީ އުފާކުރަން ޖެހޭކަމެއް ނުން. ޔާމީން އަށް ލިބޭ އަނިޔާއަކުން އުފާ ކުރެވޭނަމަ އެފަދަ މީހުންނަކީ ބަލި މީހުން. އެހެންނަމަވެސް ހަގީގަތެއް ގެ ސަބަބުން ހިތާމަ ކުރަން ޖެހުނަސް އެހަގީގަތަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރަން ނޫޅުމަކީ ވެސް މަސްއަލައެއް. ޔާމީން ނުކިއްސަރު ގޮތަށް ލާރިތަކެއް ނަގައިގެން އުޅޭކަމަކީ އެންމެންނަށް އެނގޭ ހަގީގަތެއް. އެލާރި ހޯދިގޮތަކީ ގާނޫނު ހުއްދަ ކުރާ ގޮތާ ޚިލާފަށް ވުމުން އެއީ ވާނީ ވައްކަމަކަށް. ޖާސިމް ސޭޓު ވައްކަން ކުރުމަށް ސަޕޯޓު ކުރާހެން ވަރަށް ހީވޭ. ޔާމީންއަށް ކޮށްދެވެން އޮތްކަމަކީ ދިވެހި ރައްޔަތުން ޔާމީންއަށް މައާފު ކުރުން. ވީމާ ރިފަރެންޑަމް އެއް ނަގާ ޔާމީންއަށް މައާފު ހޯދާ ދެވިދާނެ. އެކަން ކުރުން ރަނގަޅު.
ބަލަގަ ކަލޭ ތިހެން ބުނުން ފިޔަވާ ޔާމީނު އެކަންކުރިކަމުގެ ހެކި ކޮބާ؟ މަވެސް މިބުނަނީ “ކަލޭ ތިހުރީ ދައުލަތުން ބިލިޔަނެއްހާ ރުފިޔާ ކައްވާލައިގެން..އަދި އެކަމަކީ އެންމެނަށް އެނގޭ ކަމެއް”...ދެން ވީ ކަލޭ ހައްޔަރުކުރަން!! ކޮސް ނުގޮވާ!
ޔާޔާ މެން ކަހަލަ ރީނދޫ ހުންޖެހިފަ ތިބި މީހުން ދުވަހަކުވެސް އެބައިގަނޑު ކުށެއް ކުރިކަމަކަށް ނުވާނެ. އަހަރެމެންނަށް ވެސް ކިޔިދާނެ ތިމީހުން އުޅެނީ މުޅި ދަޢުލަތް ބަނޑު އަޅާލައިގެންނޭ. ކިނބޫ އިސްތިއުފާ...
ތީ ބިރުން ދެންވެސް ޔާމީނު ނުކުމެ ކަމެއްކޮއްފާނެތީ ދިފާއުގަ ދައްކާވާހަކަ
ވާނުވާ ދެން ޖަހަން ޖެހޭނީ ކަލެއަށް ! ކަލެއަށް ފެނުކައްކާ ބޮޔެކޭ ކިޔަނީ ކަމެއްވެގެން ! ބަލަ ކަލޭ ހޮސްޕތަލުގައި އޮށްވާ ހުކުމް ކުރީވެސް ތިޔަ ދައްޖާލު ޔާމީން ކަން ހަދާން ނެތުނީތަ ؟ ކަލޭވެސް ރީތި ބޮޑިއެއް ބޯނެ ! ކޮކަޑިކޭމީދާ ވާރެފެން ބުއިމާ ވާނީ ތިކަހަލަ ގޮތެއް ! ބަރުލަމާނީ ؟ !
އެއްކަލަ ބޮޑުވަގު އަލްޖިބްރާ... ޔާމީން އައި އަޅައިގަނެގެން އުޅޭ ލާދީނީ ކަލޭގެ. ދައްޖާލަކީ ނަޝީދު އާއި އޭނައަށް ތަބާވާ ތިކަލަ މީހުން.
ހާދާވާ އަސަރެއް ކޮށްފިއޭދޯ