ރާއްޖޭގެ ޝަރުޢީ ކޯޓަކުން ރައީސް ޔާމީން ހައްޔަރުކުރުމަށް ޢަމަރުއް ކޮށްފަ އޮއްވާ، ފުލުހުންނަށް ރައީސް ޔާމީން މިނިވަން ނުކުރެވޭނެ ކަމަށް، ޕީ.އެން.ސީ ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެޓީވީ ގެ ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެ ޢަމުރު އެހެން އޮއްވަަކާ ފުލުހުންނަކަށް ދުލެއް ނުކޮށްލެވޭނެ. ކޯޓުގެ ޢަމުރެއް އޮއްވަކާއެއް. އެކަމަކު ތިބޭފުޅުންވެސް ބައްލަވަންޖެހޭނެ މީ ކިހާވަރެއްގެ ހަޤީޤަތެއް އޮތް ކަމެއް ފުލުހުންނަށް ހުށަހެޅިގެންތޯ، މީހަކު ބަންދުގަ ބަހައްޓައިގެން މި އުޅެވެނީ." ޢަބްދުއްރަހީމް ވިދާޅުވިއެވެ.
އިތިރަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަހީމް ވިދާޅުވީ، މި މައްސަލައާއި ގުޅޭ ތުޙުމަތުތައް އެންމެ ބޮޑަށް އަމާޒުވަނީ ޕީ.ޖީ އަށް ކަމަށާއ،ި މީ ސިޔާސީ ކުލަ ޖެހިގެން ހިންގުނު ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ނެރެފައިވާ ޢަމުރެއް ކަމަށެވެ.
ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.
ވަގަކަށް ހާސް ދުވަސް، ވެރިއަކަށް އެއްދުވަހޭ ބުނާ އަޑު މަމެން ރައްޔިތުން އަޑު އަހަނމު!
ވަގުންނާ އެނޫންމީހުންނާ ކަލެއަށް އެބަ އެނގޭތަ ދަތްރޮނޑާ.....!!!
އަދުރޭއެވެ. އަދި ލައްކަ ގިނަ ކަންތައް ތައް ހިނގާނެތަން ތަމެންނަށް ފެންނާނެ. އިރެއްގައި ތަމެން ތިބީ ވަރަށް ހިނިތުންވެފަ ދޮތަ! އެކަމަކު މިއަދު ތަމެން ތިތިބީ ވާރެއާ ތެމި ފޯވެ ގުޑުވާ ނުލެވޭ ވަރެއްނެތް މާކަނަ އެއް އިންގޮތައް ދޮތަ! އަދުރޭއެވެ. ވިސްނާލާށެވެ. އަބަދަކު ދުނިޔެ އެއް އެއްގޮތަކަށް ދަތުރެއް ނުކުރާނެއެވެ. ދެންވެސް އިބްރަތް ލިބިގަނެ ﷲގެ ޙަޟުރަތައް ކުއްތަންވެ ތަޢުބާ ވާށެވެ.
ޔާމީނު ސަލާމަތް ކުރަން ކަލޭމެނަށް ކުރެވޭނެ ކަމަކީ އަނެއްކާވެސް ބަޣާވާތް ކުރުން ! އެނޫންގޮތެއް ނޯންނާނެ ! އެކަމަކު ހަދާންކުރާތި ! ދެން ބަޣާވާތް ކޮށްފިއްޔާ ކަލޭމެންގެ ހަން އިދިކޮޅަށް ދަމާނަން !
ޢެކޮއި ދަތްދޫނީ.... ވާނުވާ ބަލާފަ އަދި ތަންކޮޅެއް ބޮޑަށް އަނގަ ހުޅުވަން ފެނޭ
ރަބގަޅޭ. އަދުރޭގެ ބަސް