ވޭނަކީ ހަޔާތުގެ އިޝްގަށް ހެއްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު މިކަމަށް ގޮވާލެއްވީ މިއަދު ދެއްވި އޯޑިއޯ މެސެޖެއްގައެވެ.
މި އޯޑިއޯ މެސެޖް ގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ކިތަންމެ އާއިލާއެއްގެ ހިތާމަ އާއި އަސަރު، ދަތިތަކާއި އުނދަގޫތައް ހިފެހެއްޓުމެއް ނެތި، ސޯޝަލް މީޑިއާގައި "އޮހެރެމުން" އަންނަ ކަމަށެވެ.
"އަނިޔާގެ ވޭނާއި އެކު ތިޔަބޭފުޅުންގެ ހާލުގެ ދޫތަށް އަޑު ނީވެނީ ކާކަށް ތޯ؟ ހިތަށް ކުރާ އަސަރާއި އަޅާ ވޭން އިންތިހާއަށް ބޮޑު" ނަޝީދު ވިދާޅުވިއެވެ.
"އެހެން ނަމަވެސް ދަންނަވަންތޯ، ތިޔަ އަނިޔާ ތިބޭފުޅުންގެ ހަޔާތުގެ އިޝްގަށް ހައްދަވާ. އެ ލޯބީގަ ރާއްޖެ ސަލާމަތް ކޮށްދެއްވާ" ނަޝީދު ވިދާޅުވިއެވެ.
Thibeyfulhunge hithaama Ishqah hahdhavaa. Eloabeega Raajje Salaamaiykurahvaa!https://t.co/3anPq6fakm
— Mohamed Nasheed (@MohamedNasheed) March 18, 2018
ކުރީގެ ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތުން ހިމާޔާތް ހޯދަވައިގެން ހުންނެއްވި ބޭފުޅެކެވެ.
ނަޝީދު މި ވަގުތު ހުންނެއްވީ އަވަށްޓެރި ސްރީލަންކާގައެވެ.
ކަމަކުނުދާނެ ތިހެން ހެއްދެވީމަ. ތިބޭފުޅާ އަރާމުގަ ޔޫކޭ ނުވަތަ ލަންކާގަ... އަހަރުމެން މިޖެހެނީ އިޝްގައް ވޭން ހަދަން.... ތިބޭފުޅާވެސް އާދޭ މިކޮޅަށް އަޅުގަނޑުމެނާ ބައިވެރިވާން.
ޢިޝްގީ ބަތްފެން ކައިގެން ބޮއިގެން ދޯ ތިއުޅެނީ މޮޔަފުޅުވެގެން ބުރާންތި
އިޝްގު ހޯދަން ވެގެން ގޮހެންނު ތިތާ ތިއޮތީ....
ކޮން ފިލްމެއްގެ ޑައިލޮގު ކިޔައިގެން މިއުޅެނީ
ކަލޯގެ ތި އިޝްގް ޖަޒުބާތު ލައިލާ އަށް ކިޔައިދީ އަހަރުމެންނަކަށް ތިޔެއް ކަމަކު ނުދޭ
މީހުން ޤާނޫނާ ކިލާފު ކުރުވާފަ އެމީހުން ބަންދުވެ ގާނޫނީ ހުކުމް ހިނގަންފެށިމާ އެއީ އަނިޔާ ކަމަށް ބުނެ ޤާނޫނު މުގުރާފަ އެކަން މިދައްކަނީ އެއީ އަނިޔާއޭ ކިޔަިގެން މީނާއަށް ވެރިކަން ހޯދަން.. ހުންނަ ހަޔާތް ކުޑަކަން ނިކަން ދެކިބލަ... ލަދު ކުޑަ ކަމާއި ލާދީނީ ކަން އިންތިހާ އަށް އަރައިފާ ނުބައި ލުއްޗާ... މިވާހަކަ އެންމެން އާއްމު ކުރަން ޖެހޭ މީނާގެ މަކަރު
ގަމާރާ. މިރާއްޖެ ސަލާމާތްކުރާންޖެހިފައިވަނީ ކެނެރީގޭ ނަޝީދޭ ކިޔާ މުސީބާތަކުން.
ޖަލުހުކުމުގެ ދުވަސްތަށް އިޝްގީ ދުވަސް ތަކަކަށް ހައްދަވައިގެން އެދުވަސްތަށް ޖަލުގާ ހޭދަކުރުމަށް ވަދައިގަންނަވަން ވިނުންތޯ
ވޭނާހިތާމަ އުފަލކައްހަދާފަ ،ކަލެޔައް ވެރިކަން ހޯދާ ދެން ވީ
ރާއްޖެ ސަލާމަތްކުރަންވީ އިސްލާމްދީނުންތޯ؟
ވޭނާހިތާމަ އުފަލކައްހަދާފަ ،ކަލެޔައް ވެރިކަން ހޯދާ ދެން ވީ
ނަޝީދަށް އުފާވެރި ދުވަހެއް މިއީ. ބައެއްގެ ހިތާމައޭ ބުންޔަސް އުފަލުގެ ދުވަހެއް މިއީ ނަޝީދަށް. ނަޝީދު ބޭނުންވާ ކަންކަން ހާސިލްވާނެ ގިނަ މީހުން ހައްޔަރުކުރި ވަރަކަށް.
ވޭނަކީ ހަޔާތުގެ އިޝްގަކަށް ނޫން ހަދަންވީ. ތިޔަ ބުނާ ގޮތަށް ލިބޭ ވޭނުން އިބްރަތް ލިބިގަންނަންވީ ބަޔަކު ތިމަންނަމެންގެ ބޭނުން އެބަ ނާޖާއިޒް ގޮތުގައި ހިފާކަން. ދެންވެސް އެކަހަލަ ކަންކަމުގަ ބައިވެރިނުވެ ކުރެވޭ ކުއްތަކަށް ތައުބާ ވާންވީ. ބަޔަކު ދައްކާހާ މަންޒަރަކަށް ހެއްލި ކަންކަމުގެ ފުރިހަމަ ހަގީގަތް ނުހޯދާ ރަގަޅަށް ނުބަލައި ޖަޒްބާތުގަ ޖެހިގެން ނުކުރެވޭނެ ރަގަޅު ކަމެއް. ދިރިއުޅުމުގައި ގިނައިން ކުރެވުނީ އަޅުކަންތޯ ނޫނި ދުނިޔަވީ ކަންކަންތޯ އަމިއްލައަށް މިނެ ކިރާލަންވީ. މާދަމާވެސް މަރުވީމަ އެހެން އެއްވެސް އިޝްގެއްގެ ބޭނުމެއްނުކުރެވޭނެ ހެއްދެވި ފަރާތާމެދު ބޭއްވި އިޝްގެއް ފިޔަވައި.
ތިބާވަތުގެ މީހުން ގެ އަވާގަޖެހިގެން އަޅާވޭނަކީ ދުނިޔެމަތީގައި ނަރަކައިގެ ވޭން! ﷲ އިންސާނާއަށް ކުރިމަތި ކުރުވާ ވޭނަކީ އިމްތިޙާނެއް! އެކަން އަންނަގޮތެއް ވަގުތެއް ނީންގޭނެ! ކެތްތެރިވަން އޮންނަނީ! ނަޝީދު ގެނެސްދެއްވީ ދެންވެސް ގެނެސްދެއްވަން އުޅޭ އިޝްޤަކީ ވޭނީ ޙަޔާތެއް! މީ ހަމަ 100ޕަސެންޓް ޔަޤިންކަމެއް! ތިޔަ އިޝްޤުގައި ޔޫރަޕު ހިތައް އެރިހާ ދީނަކަށް އުޅޭ ދޮންކުދިންނާއެކު ސޫލާ ސިރާޖު ބޯލާގެން ޢުމުރު ހުސްކޮށްލަބަލަ
އެމްޑީޕީގެ ނިކަމެތި މެމްބަރުން މިޖެހެނީ އިޝްގަށް ވޭން ހަދަން. ލައިލާ މިޖެހެނީ އިޝްގަށް ވޭން ހަދަން. އެކަމަކު ނަޝީދު އުޅެނީ އިޝްގަށް އަރާމާ މާރިއާ ހަދައިގެން
އެހެންމީހުން ވީީ ތިކިޔާ އަނިޔާގަ އިޝްގަގަޖެހި ހަފުސްވެގެންވެސް މީނަޔަށް ވެރިކަން ހޯދަދޭން. މީނަހުންނަން ވީީ ވިލާތުގަ އިޝްގީީ ޝަރުބަތު ބޮއިގެން އަރާމުގަ. ލީޑަރުންނަކީީ އަނިޔާގަވެސް ކުރީސަފައް ނުކުމެ ނަމޫނާ ދައްކާމީހުންނޭ. ތިކަހަލަ ފިޑިންނަށް ވެވޭނީ ޖުނުބްވެރިންނަށް.
ކޮން ހިތާމަ އިޝްގަށް ހަދަންތޭ މިއުޅެނީ ކުލަ ހަދަންތޭ ކުލަ އެއްކޮށްގެން އޭން ބުނެބަލަ ބޮޑު އެއް ހިތާމަ އިޝްގް އޮންނާނީ އިނގޭތޭ. ހިތާމަ އިޝްގް އޮޅާލަބަލަ ރަންރީނދޫ ޓްވިޓަރޭ މެން އޮޅާލާ އޮޅާލާ އޮޅާލާ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ކޮންމެރެއަކު ރަނގަޅަށް އިސްގުގައި ޖެހިގެންދޯ ކުލަބު ތެރޭގައި އޮންނަނީ
އަސްލު ގިނަމީހުންނަކަށް ނޭނގޭ މިވާނުވާއެއް.. ވޭން އިޝްޤަކަށް ހެދުމަކީ ނަޞާރާއިންގެޢަޤީދާއެއް.. "ގްލޮރިފައި ދަ ޕެއިން"...