އިންޑިއާއަށް ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެކަމަނާ ހާޒިރު ކުރާނެ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މާރިޔާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން މާރިޔާ މަޖިލީހަށް ހާޒިރު ކުރަނީ މެންބަރުން ސުވާލު ކުރުމަށެވެ. މާރިޔާ އާއި ސުވާލު ކުރުމަށް މަޖިލިހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.

މާދަމާގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް، މަޖިލިހުގެ އިދާރާ އިން ވަނީ މާރިޔާ އަށް ނޯޓިސް ފޮނުވައިފަ އެވެ.

އިިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް މިނިސްޓަރ މާާރިޔާ އިންޑިއާގެ މީޑިއާގައި ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަނާ އަށް ވަނީ އަމާޒުވެފައެވެ. އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރަށް ފާޑުކިޔުން އަމާޒުވުމުން މަޢާފަށް އެދުމުގެ ބަދަލުގައި ޑިފެންސް މިނިސްޓްރީން ވަނީ މިނިސްޓަރުގެ ދިފާޢުގައި ދޮގު ހަދާފައެވެ. ޑިފެންސް މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ.

މިނިސްޓްރީން އެހެން ވިދާޅުވި ނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުވެ ވީޑިއޯ ވެސް އިންޑިއާގެ މީޑިއާ އިން އާއްމު ކޮށްފައިވެއެވެ. މިނިސްޓަރު ނުދައްކަވާ ވާހަކަފުޅެއް މީޑިއާގައި ރިޕޯޓް ކޮށްފައެއް ނުވެއެވެ.

މާރިޔާ އަކީ އާސަރުކާރު އުފެދުނު ފަހުން މަޖިލީހަށް ހާޒިރު ކުރާ ފުރަތަމަ ވަޒީރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝަހީދު

    އިންޑިޔާ ކަނޑުގައި މި ކުޑަކުޑަ ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަތާ އެތައް ޒަމާނެއް ވޭތުވެދިޔައީ ދިވެހި ރަސްރަސްކަލުންނާއި އަބްޠާލުންގެ ލެއިން މިފަސްގަނޑު ޙިމާޔަތް ކުރެއްވުމަށް އެތަކެއް ޖިހާދުތަކެއް ކޮށްގެންކަން މާރިޔާ ދީދީއަށް ނޭނގުނަސް، އޭރުވެސް ރާއްޖެއާ ދިމާލަށް ކޮންމެ ނުރައްކަލެއް ކުރިމަތިވީ އިންޑިޔާގެ ދައުރެއް އޮވެގެންކަމާއި އަދި އޭރުވެސް އަދި މިހާރުވެސް ދިވެހިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއި މަދަދު ދެއްވާ ފަރާތަކީ ކީރިތި ﷲ ކަމަށް އެންމެހާ މުސްލިމު ދިވެހި ރައްޔިތުން ޤަބޫލު ކުރާނެއެވެ. އިންޑިޔާ ކިތަންމެ ބޭނުންވިޔަސް މިޤައުމު ނުހިފޭނެއެވެ. إن شآء الله

    27
  2. އަހުމަދު

    ވާރާއިން ، ޕިޗޯރީން .، ކަންނަން ނޫޜޫ، ހޮޅިން ، މިއީ ހައްތަހާވެސް އިންޑިޔާ ގެ އެކި ކަންކޮޅުތައް މިމީހުން ދިވެހިންނަށް ޖެއްސިހާލު ކާބަފައިންވީ ގުރުބާން ދިވެހިން އަޅުވެތި ކުރި ކުރުން އަދު ހަނދާން ކުރާން ޖެހޭ.... އިންޑިޔާގެ ނުފޫޒާ އަބަދުގެ އަބަދަށް ދިވެހި ރާއްޖެ ސަލާމަތް ކުރައްވާ ފާނދޭ..... އަމީން

  3. ޖަހުލުއަބޫ ރިޔާމާ

    ތިހެން ބުނި އަބޫޖަހުލުމެންވެސް ބަދުރު ހަނގުރާމައަށް ނިކުތްއިރު. ނަސްރު ލިބެނީ ތިމާގެ ލަސްކަރު ބޮޑުވެގެން ނުވަތަ ހަތިޔާރުގިނަ ވެގެންކަމަށް ދެކުން އެއީ އަބޫޖަހުލުމެންގެ ޢަޤީދާ!