ސަމްސަންގް އިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސްގެ ފޯނުތައް ތަޢާރަފް ކުރަން ދިރާގުން މިރޭ ބާއްވަން އުޅުނު އިވެންޓް ޝަހިންދާ އިސްމާއިލްގެ އިންޒާރަކާއި ގުޅިގެން ފަސްކޮށްފިއެވެ.
ބުރިޖު ޕްލެޓް ފޯމްގައި ދިރާގުން ބާއްވަން އުޅުނު އިވެންޓް ބާއްވަން ދިރާގުން އާއްމުންނާއި، ނޫސްވެރިންނަށް ދައުވަތު ފޮނުވުމަށް ފަހު މިރޭ އިރު އޮއްސުނު އިރު ކެންސަލް ކުރީ އެތަނުގައި މުޒާހަރާ ކުރުމަށް ޝަހިންދާ ގޮވާލުމުންނެވެ.
ރައީސް ޞާލިހްގެ ސަރުކާރުން އުފައްދާފައިވާ ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަންގެ މެންބަރު ކަން ކުރައްވާ ޝަހިންދާ ކޮށްފައިވާ ޓްވީޓެއްގައި ދިރާގުގެ އިވެންޓާއި ގުޅިގެން ނިއުޕޯޓް ކައިރީގައި މުޒާހަރަ ކުރުމަށް ވަނީ ގޮވާލާފައެވެ. ޝަހިންދާ ވިދާޅުވީ ނިއުޕޯޓްގެ ވެރިޔާ ޒާހިދު ރަމީޒަކީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ މީހެއް ކަމަށާއި އަދި ބްލޮގާ ޔާމީން ރަޝީދަށް ޒާހިދު މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށެވެ.
Protest against @Dhiraagu holding an event at Newport.
Newport is owned by @xahidrameez who was accused of embezzling state funds, sending death threats to @yaamyn.
Location: Bridge viewing platform
— Shahindha Ismail 🎈(she/her) (@HindhaIsmail) March 4, 2019
ދިރާގުގެ އިވެންްޓް ކެންސަލް ކުރީ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށް ބުނާ ޚަބަރު ދިރާގުން ދޮގު ކުރެއެވެ. ދިރާގުން ބުނީ އިވެންޓް ކެންސަލް ކުރީ ދިރާގަށް ތައްޔާރު ނުވެވުމުން ކަމަށެވެ.
ނަމަވެސް އިވެންޓް ކެންސަލް ކުރިއިރު އިވެންޓްގެ ހުރިހާ ތައްޔާރީތަކެއް އޮތީ ނިމިފައިކަން "ވަގުތު" އަށް ވަނީ ކަށަވަރު ވެފައެވެ. އިވެންޓް ކެންސަލް ކުރި އިރު އިވެންޓް ބާއްވަން ނިންމާފައި އޮތް އެސަރަހައްދުގައި މިރޭގެ އިވެންޓަށް ހާއްސަކޮށް ސްޓޭޖެއް ތައްޔާރުކޮށް ސައުންޑާއި ލައިޓް ވެސް ވަނީ ޓެސްޓް ކޮށްފައެވެ.
މިހާރު ދިރާގުން ނިންމާފައި ވަނީ ފޯން ލޯންޗް ކުރުމުގެ އިވެންޓް މާދަމާ ރޭ ދިރާގު ހެޑް އޮފީހުގައި ބާއްވާށެވެ.
ޝަހިންދާގެ އިންޒާރާއި ގުޅިގެން ދިރާގުގެ އިވެންޓް ކެންސަލް ކުރިއިރު ޒާހިދަކީ ނިއު ޕޯޓްގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅެއް ނޫނެވެ. އޭނާ ވަނީ މީގެ ދެތިން މަހެއްހާ ދުވަސް ކުރިން ނިއު ޕޯޓުން އިސްތިއުފާ ދީފައެވެ.
ދިރާގުގެ އިވެންޓް ކެންސަލް ކުރުމާއި ގުޅިގެން "ވަގުތު" އިން ޒާހިދަށް ގުޅުމުން ވިދާޅުވީ ޓްވިޓާގައި ދެކެވޭ ވާހަކަތަކަށް މިދުވަސްކޮޅު ސަމާލުކަމެއް ނުދެއްވޭ ކަމަށާއި އޭނާ މިދުވަސްކޮޅު އުޅުއްވަނީ މަޖިލިސް ކެމްޕޭންގައި ވަރަށް ބުރަކޮށް ކަމަށެވެ.
ޝަހިންދާގެ އިންޒާރާއި ގުޅިގެން ދިރާގުގެ އިވެންޓެއް ކެންސަލް ކުރިއިރު މިއީ ސަރުކާރުން ޒިންމާއެއް ހަވާލު ކޮށްފައިވާ ބޭފުޅަކު ސަރުކާރު ކުންފުންޏަކަށް މިފަދަ އިންޒާރެއް ދެއްވި ފުރަަތަމަ ފަހަރެވެ. އަދި މިފަދަ އިންޒާރަކާއި ގުޅިގެން ބޮޑު އިވެންޓެއް ކެންސަލް ކުރި ވެސް ފުރަތަމަ ފަހަރެވެ.
ސަހިންދާއަކީ ލާދީނީ ޖާހިލެއް ކުރިސްޓިއަން ދީން ފަތުރާ މިޝަނަރީގެ އެގެންޓެއް މި ވެރިކަމުގަ އޭނަ ކުރާ އެއްވެސް ކަމެއް ގޯސް ނުވާނެ އެކަހަލަ މީހުން ކޮމިޝަންތަކަށް ލާފަ ތިބެންޖެހޭނީ އިންޒާރު ދިނަސް އެމީހުންނަކަށް ކަމެއް ނުވާނެ
ދިރާގަށް ތައްޔާރު ނުވެވުނީޔޯ؟ މިވަރު ބޮޑު އިވެންޓެއް ބާއްވަން އެންމެނަށް ދައުވަތު ދިންއިރު ތައްޔާރުނުވެވުން އެއީ ދިރާގު ލަދުގަންނަންޖެހޭކަމެއް. ނެތްފެންވަރުން ދެންވެސް ނޫސްވެރިންނާ ބޮޑުންނަށް ދައުވަތުނުދޭނީ. ލަދުން ބޯހަލާކު.
ޝަހިންދާ މެންނަކީ ކުފޫ ހަމަވާ ބައެއްނޭ. ހަމަ ތަނަކުން ކާޅެއް ގޮވާލާ އިހަށް ހުއްޓާލާކަށް ނުޖެހޭނެ. މި ކުޑަކުޑަ ދިވެހި ރާއްޖެ އިން މި ޔަހޫދީ ޕާޓީ ނިޡާމް އުވާލަން އަޅުގަޑުމެންގެ އައްޒަތްތެހި ރައީސަށް ގޮވާލަން. މުޅި މި ޤަވްމު ހަލާކުވެގެން މި ދިޔައީ މި ޕާޓީ ސިސްޓަމެއް އަައި ފަހުން ވވވވވވވވ ވަރަށް ހިތާމަ ކުރާކަމެއް މިއީ
ފެން ދިރާގުން ތީނަޔައް ފޯނެއްދީ ރުއްސާލާ.... އޭރުން އޯކޭވާނެ.
ދިރާގުން އިވެންޓްތަށް ބާއްވަން ދަްުވަތުދޭނީ %110 ތައްޔާރުވެނިމި އަދި ބޮޑެތި އިވެންޓްތަކުގެ ހުރިހާ ކަމެއް ނިމި އެ އިވެންޓެއްގެ ހުރިހާ ކަމެއް އިސްވެރިންނަށް ޕްރެސެންޓްކޮށް ސިޢި ގެ ފަހުބަސް ބުނުމުން.
ދިރާގުން މިފަހަރު ތިހެދީ ދޮގެއް.
މައްސަލަޔަކީ ފޯނު ނެރުމެއްނޫން. ޔާމީންގެނައި ތަރައްގީ ހިތްހަމަ ޖެހިލައިގެން ތިބެ ބަޔަކަށް ފެނިދަނެތީ ބްރިޖް ސަރަހައްދުގައި ބާއްވާތީ ލާދީނީ އަންހެނާޔަށް އަސަރުކުރީ
ތިޔަ ލާދީނީ އަވަހަށް އެމަޤާމުން ދުރުކުރުމަށް ކިނބޫ ސޯލިަށް ގޮވާލަން. އެނގޭ އެކަމެއް ނުކުރާނެކަންވެސް. ކިނބޫވެސް ލާދީނީ.
އެމްއެމްޕީއާރުސީ އިން ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލައިގައި ޝާމިލްވަނީ އެއްމެމީހެއް ކަމަށް އަހަރުމެންނަށް ގަބޫލުކުރެވެނީ އެއީ ރައީސް ޔާމީން އެކަނި. އެހެންނޫންނަމަ އެންމެންގެ ތެރެއިން ހޮވާލާފައި ރައީސް ޔާމީނެއް ޖަލަކަށް ނުލީހެއްނު؟
ތިދައިތަ ކައިރީ ބުނެބަލަ ފެންވަރާ ގައިން ތާހިރުވާށޭ ފުރަތަމަ
ޝަހިންދާއަށް ދިރާގުން ފޯނެން ނުދިނީމަ ޓުވިޓަރގައި މުޒާހަރާ ޖައްސައިފިއެވެ.
ކީކޭ އަޅެފަހެ ބުނާނީ ޝާހިން ދާ ކިޔުނު އައުރާބީ އަންހެނަކާއި ހެދި ، މިލިޔަން ޓޮލަރު ކުންފުނި ބިރު ގަތީމާ ލަދުގނޭ ، މީގެއިން ވެސް މި އެނގެނީ ދިރާގުގައި ހަމަ ބަޔަކު ނެތް ކަން ، ރަނޑާލި ކަނޑަށް މެކުނު ފުންމާލުން ގޯސް ހީ ހީ ހަލާކު