މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ އާންމުވެފައިވާ ފ. ފީއަލީ ގޮނޑުދޮށް ސާފުކޮށް، 15 ޓަނުގެ ކުނި ނަގައިފިއެވެ.

އެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

ފީއަލީގައި ޑެންގޫގެ ކަންތައް ވަނީ ބޮޑު ސިއްހީ މައްސަލައަކަށްވެފައެވެ. މީގެ ހަފްތާއެއް ކުރިންވެސް ފީއަލީގެ ފަސް ކުއްޖަކަށް ޑެންގީ ޖެހިގެން ދެ ކުދިން މާލެ ގެނެސްފައިވާ އިރު، މިދިޔަ މަހު ކުރީކޮޅުގައިވެސް އެރަށުގައި ޑެންގީގެ ނުރައްކާ ބޮޑުވިއެވެ. އެ ފަހަރު ޖުމްލަ 13 ކުއްޖަކު ޑެންގީއަށް ޕްޒިޓިވްވި އެވެ. ބައެއް ކުދިން އެމެޖެންސީގައި މާލެ ގެނެސް ފަރުވާ ދޭން ވެސް ޖެހުނު އިރު އެ ރަށު ސްކޫލްގެ ކިޔެވުން ވެސް މެދުކަނޑާލަން ޖެހުނެވެ.

އެމްޓީސީސީން ކުރި މަސައްކަތުގައި އެއްކުރި ހަ ލޮރީގެ ކުނި، މިހާރު ވަނީ ވެމްކޯއާ ހަވާލުކޮށް، ނައްތާލުމަށް ތިލަަފުއްޓަށް ގެންގޮސްފައެވެ. އެ ކުނިތަކުގެ ތެރޭގައި މަދިިރި އާލާވާގޮތަށް ހުރި ކުންޏާއި އެހެނިހެން ކުނި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހާދަ މުޑުދާރު ރަށެކޭތީ. މިހުރިހާދުވަހު ސާފުނުކުރާތީތާ 15 ޓަނު ކުނި ތިތާހުންނާނީ. ކީއްކުރާ ކައުންސިލެއް އޮންނަ ރަށެއްތީ؟