އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާފައިވާ ކުރީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ސިހުރު ހަދަމުން ގެންދާކަމަށް އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު މުސްތަފާ ތުހުމަތުކޮށްފިއެވެ.
މެސެޖެއްގެ ސްކްރީން ޝޮޓަކާއި އެކު މުސްތަފާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ "ބާޣީ ރިޔާޒް ގޮތްހުސްވުމުން ސިހުރު ހަދަނީ" ކަމަށެވެ.
މުސްތަފާގެ ޓްވީޓްގައި ހިމަނާފައިވާ ސްކްރީން ޝޮޓްގައި ވަނީ ތިން ތަނެއްގައި ސިހުރު ހަދާނެ ކަމަށް ބުނެފައެވެ.
"ފުރަތަމަ ކަންތައް އެއާޕޯޓް ކައިރިއަށް ކޮށްފި" ކަމަށް ވެސް ސްކްރީން ޝޮޓްގައި ބުނެފައި އޮވެއެވެ. ދެވަނަ ކަންތައް ކުރަނީ ބޮޑު މިސްކިތް ކައިރިއަށް ކަމަށާއި ތިން ވަނަ ކަންތައް ކުރާނީ ދުވަސް އައިސް ޖެހުމުން ކަމަށް ސްކްރީން ޝޮޓްގައި ބުނެފައި އޮވެއެވެ.
Baagee Riyaz goiy Husvegen Sihuru hadhanee.. pic.twitter.com/nv0yMk0Keo
— Mohamed Musthafa (@Thimarafushi) March 6, 2019
މިއަހަރުގެ އިންތިޚާބުގައި ވެސް އެންމެ ވާދަވެރި އެއް ދާއިރާއަކަށް ވާނީ ބެލެވޭ ގޮތުގައި ތިމަރަފުށީ ދާއިރާއެވެ. މުސްތަފާ ގެންދަނީ ރިޔާޒަށް އަމާޒުކޮށް ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ތަކުރާރުކޮށް ދެމުންނެވެ.
ރޭ އޮތް އެމްޑީޕީގެ ޖަލްސާއެއްގައި ވެސް މުސްތަފާ ވިދާޅުވީ ބާޣީ ބަލިކޮށް މިފަހަރު ޥެސް ތިމަރަފުށީ ދާއިރާ ކާމިޔާބު ކުރާނަން ކަމަށެވެ. އެޖަލްސާގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ވެސް ތިއްބެވިއެވެ.
އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އަބްދުﷲ ރިޔާޒް ސިހުރު ހަދާކަމަށް ތުހުމަތުކޮށްފައި ވާއިރު އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އަބްދުﷲ ރިޔާޒް މަސައްކަތް ކުރާ މައްސަލައެއް އޭސީސީއަށް ވެސް އަމިއްލަ ފަރާތަކުން މީގެ ކުރިން ހުށަހަޅާފައިވެއެވެ.
ސިހުރު ޕާޓީ މީހުންނަށް ހީވާނެ ހުރިހާ މީހުންވެސް ސިހުރު ހަދާނެއޭ.
އަބްދުﷲ ރިޔާޒް ތިހިމަރަ ދާއިރާ ރާޒް!
ހަދަންވީ ހަމަ ގެރީގެ އެހީ އަންނި ހޯދިޔަސް އޯކޭދޯ އަދި ކިރިސްޓިޔަން އަދި ޔަހޫދީންގެ ނިވަލުގަ އުޅޭން ވެސް އެމްޑީޕީ މީހުނަށް އޯކޭ ރިޔާޒު އައް ފެންނަ ކަމެއް ކުރިޔަސް އޯކޭ
މިމުސްތަފާއަކީވެސް ޖާބިރުގޮތަށް ހޭދެބައި ވާ މީހެއް ކިޔާފާނެ ކޮންމެފަދަ އެއްޗެއް ވެސް މަށަށްވހީވަނީ މިކަލޭގެ މިފަހަރު ނުހޮވޭނެތީ ކުރިއްސުރެ ސިހުރޭ ވަހުތާނޭ ކިޔަނީހެން އަޚްލާގީ ގޮތުންބވަރަށް ދަށް ފެންވަރުގެ މީހެއް ތިޔައީ
އެކަންކުރާ މީހާ ތިހެންތިކިޔަނީ
ސިހުރު ހެދުމަކީ ބައެއް މީހުނަށް އެއްވެސް މައްސަލައެއް ނޫން ! މީގެކުރިން މީހަކު ލަންކާ މީހަކު ލައްވާވެސް ސިހުރު ހެދިއެއްނު ؟ ވީކަމެއް އޮތްތަ ؟ މަތީގަޑިން ޖެހީމާ ސިހުރެއް ނޫން ކުޅިޖަހާ ކުޅިހަމަކުރިއަސް އެކަމެއް ވާންވިގޮތަކަށް ވެ ނިމޭނެ !
ތިޔަ ބާގީ ރިޔާޒަކީ އަބަދުވެސް ސިހުރު ހަދާ މީހެއް، އަދި ހުރޭ ބަލަން ކުދިބަޔަކު ލައްވާ އޭނާ މުސްތަފާ ބެއަށް ހަމަލާވެސް ދޭނެ. ތިޔަ ރިޔާޒުގެ މިހާރުގެ އަމާޒަކީ ޤާސިމު އަތުން ޖޭޕީ ހޯދުން. މަޑުމަޑުން ޤާސިމުގެ ވިޔަފާރި ތެރެއަށް ވަނުމަށްވެސް އޭނާ އެބަ މަސައްކަތް ކުރޭ. ޤާސިމް އަތުން ޕާޓީ ނުލިބިއްޖެ ނަމަ ދެން އޮތީ ބާޣީ ރިޔާޒް، ބާޣީ ނާޒިމު ބާޣީ ބޮނޑިބަތް ޖަމީލު ބާޣީ އެފްއޭ ފަޔާޒް މިގުރޫޕު ވެގެން މައުމޫނު ދުވަސްވަރު ހެދި ކަހަލަ ނިއު މޯލްޑިވްސް އެއް ހެދުން. ސަމާލު ވާނެ ބަޔަކު ސަމާލު ވާންވީ.
މާރިޔާގެ އިތުބާރުނެތް ވޯޓުން ދިފާއުކޮށްދޭންހުރި ރިޔާޒު. ރިޔާޒަށް ބަހުގެ ހަމަލާދޭ މުސްތަފާ. މުސްތަފާގެ ޕާޓީއަށް ބައިއަތުހިފި ޖޭޕީ ގާސިމު. ގާސިމު ޖަލަށްލީ ޔާމީނު. ޔާމީނަށް ހަމްދަރުދީވާ ގާސިމު. ގާސިމު ތާއިދުކުރާ އިބޫ. އިބޫ ކެހިދިން ގާސިމު. މި ގާސިމު އުރާލައިގެން ގެނެސް ތަހުތުގައި ވަޑުވައިދޭނީ ކާކު؟
އަނެއްކަާ ރިޔާސީ އިންތިހާބު ބާއްވަނީތަ؟
ތީކީ އާވާހަކަޔެއް ނޫން.