ސަރުކާރު ކޯލިޝަން ދޫކޮށްލުމަށްފަހު އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވާ ޓްވީޓްކޮށްފިއެވެ.
އަލީ ވަހީދަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ. މަޖިލިސް އިންތިހާބުގައި ޖޭޕީން އިދިކޮޅު ކޯލިޝަންއާ ގުޅިގެން ވާދަކުރުމަށް ނިންމާފައިވާކަން ރޭ އިއުލާނުކޮށްފައެވެ.
އެކަމާއި ނުރުހުންވެ އަލީ ވަހީދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އިސްލާހީ މަސައްކަތުގައި ގުރުބާންވި މީހުން ދޫކޮށް، ޕީޕީއެމް/ޕީއެންސީ ފިކުރަށް ނުދާނެ ކަމަށާއި އަދި ސަރުކާރު ދިފާއުކުރާނެ ކަމަށެވެ.
އަލީ ވަހީދުއަށް، ރައީސް މައުމޫން ޝުކުރު އަދާކުރެއްވީ ކުރެއްވި އެ ޓްވީޓާއި ގުޅިގެންނެވެ.
"ޝުކުރިއްޔާ.. ވަރަށް ބޮޑަށް އުފާ ކުރަން". މައުމޫން ކުރެއްވި ޓްވީޓްގައި ވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނާއި ޖޭޕީ ގުޅިގެން މަޖިލިސް އިންތިޚާބަށް ނިކުތުމާއި ދެކޮޅަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ސީނިއާ މެންބަރުން ގެންދަވަނީ އަޑުއުފުއްލަވަމުންނެވެ.
މީމިގައުމު ހަލާކުކުރި 30 އަހަރުގެ ބޮޑު ދިކުޓޭޓަރު.
ޑީއާރުޕީން ވަކިވެ އެމްޑީޕީއައްގޮސް މައުމުމޫގެ އަބުރު ކަތިލާ އެހާހުތުރު ބަހަކުން ހަޅޭއްލެވީމާތޯ ތިތައުރީފް ކުރެއްވަނީ؟