ރާއްޖޭގައި ފަރުވާ ދެމުން ދިޔަ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަނޫރާ ނަމަކަށް ކިޔާ މީހަކުގެ ޕާސްޕޯޓް ގެއްލިގެން އޭނާ ރާއްޖެއިން ފުރުވާލެވޭނެ ގޮތެއް ނެތިފައި ވަނިކޮށް އޭނާގެ ޕާސްޕޯޓް ފެނިއްޖެއެވެ.

އަނޫރާގެ ޕާސްޕޯޓް ގެއްލުމުން، ޕާސްޕޯޓް ހޯދުމަށް އޭނާ އާއި ހަވާލުވެ ހުރި ދިވެއްސަކު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަނޫރާ އާއި ހަވާލުވެ ހުރި ސައިފް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ހަސަން ސިޔާޒް ނަމަކަށް ކިޔާ މީހަކަށް އަނޫރާގެ ޕާސްޕޯޓް ފެނިގެން ޕާސްޕޯޓް މިހާރު އޭނާ އާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އަނޫރާގެ ޕާސްޕޯޓް ހަސަން ސިޔާޒް އަށް ފެނުނީ ބޭންކް އޮފް ސިލޯން ކުރިމަތިންނެވެ.

މިހާރު ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 09:20 ގައި އަނޫރާ ލަންކާ އަށް ފުރުވާލާށެވެ.

ޢުމުރުން 46 އަހަރުގެ އަނޫރާ އަކީ، މާލޭގެ ވޯރކްޝޮޕެއްގައި މަސައްކަތް ކުރުމަށް ރާއްޖެ ގެނައި މީހެކެވެ. ދާދިފަހުން އޭނާ އަށް ވަނީ ސްޓްރޯކެއް ޖެހިފައެވެ. ސްޓްރޯކެއް ޖެހުމުން އޭނާގެ އޮޕަރޭޝަނެއްވެސް ރާއްޖޭން ވަނީ ކޮށްފައެވެ. ނަމަވެސް ހަށިގަނޑުގެ ދެ ނާރެއް ބްލޮކްވެފައި ވުމުގެ ސަބަބަބުން އިތުރު އޮޕަރޭޝަނެއް ކުރުމަށް ލަންކާ އަށް ފުރުވާލުމަށް އޮތީ ހަމަޖެހިފައެވެ.

އަނޫރާގެ ޕާސްޕޯޓް ގެއްލުނީ މިއަދު ހެނދުނު އެވެ.

ކިޔުންތެރިންގެ ހިޔާލު