ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެ އިން ދެ އަންހެނަކާއި ދިހަ ފިރިހެނުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލެގެ ގެއެއް ބަލައިފާސްކޮށް 13 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 37 އަހަރުގެ މީހަކާއި 34 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މި 09 މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ބަންގްލަދޭޝް މީހަކާއި 33 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގައި ގަލޮޅުގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އެގެ ބަލައިފާސްކޮށްފައިވާއިރު، އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އިން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.
އެހެންވީމާ މި ފަސްއަހަރު ޖަލުތައް ފުރޭނެތާ! އަޅުގަޑަށް ފެންނަނީ ތިޔަ މަސްތުވާތަކެތި ތިއެތި އެތެރެ ކުރާ ފަރާތްކަށް ހެއު އަގުގައި ވިއްކަން
މިހާރު ތިޔަ ހުރިހައި މީހުން ދޫކޮއްލާ، ހަހާ، ނޯޗޮއިސް،
އަޖައިބެއް؟ ތީ ނަމެއްވެސް ނުކިޔާ ގެއެއްތަ؟ ކޯޓްއަމުރުގައިވެސް ގޭގެނަންވެސް ނެތީ ދެއްތޯ؟ ކީއްވެބާ ފިރިހެން އަންހެން ވަކިން އުމުރު ލިޔެފަ އެއޮތީ ؟ އެއީ ތޯ ހަމައެކަނި ޔަގީންވާ ވަރަކީ؟ ހެޔޮނުވާ ތިމީހުން ހިމާޔަތްކޮށްފަ ހޯދިތަކެތި ރިޓޭން ކުރޭ އޭރަށް ތިކަން ހުއްޓުވުނީ ....ބޯހަލާކު ! މިއޮތީ ވާ ގައުމެއް ... އަނެއްކާތީވެސް ރައީސް ޔާމިން އެތެރެކުރި ސާމާނުތަ؟
ގަލޮޅު ކޮނަގެއެއްބާ؟ ހާދަދެރަ ޙަބަރެކޭ.... މިހާރުވެސް އެހާ އަގުބޮޑު.... 30000 ޕްލަސްގައުޅެނީ، ދެންނެތްދޯ އަގުތައްތިރިވާކަށްވެސް. ބަސްޓްވާވަރަކަށް އަގުތައް އަރާނީމައްޗަށް. މީހަމަރާވާގެން މިސަރުކާރު ކުރާކަމަކާ ހާދަވައްތަރޭ..... ޑޭމްޔޫ ސޯލިޙް......ޑޭމްޔޫޫޫޫޫޫޫޫޫޫޫޫު ޫ ޫ ޫ ޫ ޫޫޫ
ދެން ދޫކޮއްލާ
މާފަންނު ލޮނުމިދިލިގެ ބަލާ ފާސް ކުރުމާއި އެ ގެ އަބަދުވެސް ޙާއްސަ ކަމެއްދީގެން މޮނިޓަރ ކުރެވޭނެ ގޮތެއް ހައްދަވައި ދެއްވުން އެދި ހޯމް މިނިސްޓަރ ގެ އަރިހުންނާ ޕޮލިސް ވެރިންގެ ކިބައި އާ ދޭހާއި އެކު ދަންނަވަން
ރޯދައަށް ތައްޔާރުވާ މުސްލިމުންދޯ ހައްތާވެސް
ލޮނުމިދިލިގެ ބަލާދީ ޕްލީސް
މަސްތުވާތަކެތި ހާދަގިނަވެގެން މިހާރު މިއުޅެނީ