އިނގުރައިދޫ ދާއިރާގެ މެމްބަރު، އިބްރާޙިމް ފަލާޙާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ، ސަފާރީއަކާއި ގުޅޭ މައްސަލައެއްކަމަށް ބުނާ މައްސަލައަކީ، ކުރިއަށް އޮތް އިންތިޚާބާއި ދިމާކޮށް، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް، ފަލާޙު ވިދާޅުވެއްޖެއެވެ.

"އަސުރުމާ" ނަމަކަށް ކިޔާ ސަފާރީއަކީ، ރ. އިންނަމާދޫ، ގްރީންޕީސް، ހުސައިން އާތިފު އާއި ވަކިގޮތަކަށް މަޝްވަރާ ކުރެވިގެން ބަނދެފައިވާ ސަފާރީއެއް ކަމަށާއި، ސަފާރީން ލިބޭ ފައިދާގެ ވިހި އިންސައްތަ އާތިފަށް ދޭގޮތަށް އެއްބަސްވެފައިވީ ނަމަވެސް އެ ފައިސާ ދީފައިނުވާ ކަމަށާއި، އެ ސަފާރީ ވިއްކާލުމަށްފަހުވެސް އެއްވެސް ފައިސާ އެއް ދީފައިނުވާކަން އެ ދަޢުވާގައި ވަނީ ބުނެފައެވެ.

ނަމަވެސް، މި ކަމާއި ގުޅޭގޮތުން، ރާއްޖޭން ބޭރުގައި ހުންނަވައި "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ފަލާޙު ވިދާޅުވީ، އެ ދަޢުވާއަކީ ސިޔާސީ ދަޢުވާއެއް ކަމަށާއި، އެ ދަޢުވާގައި ހަޤީޤަތަކާއި އެއްގޮތަށް އެއްވެސް ވާހަކައެއް ނުހިމެނޭ ކަމަށެވެ.

އެ ދަޢުވާގައި އެ ބުނާ ސަފާރީއާއި ގުޅޭ އިތުރު މަޢުލޫމާތުވެސް ފަލާޙުވަނީ "ވަގުތު" އާ ޙިއްޞާކޮށްފައެވެ.

"އެ ވިދާޅުވާ ސަފާރީއެއް އަޅުގަނޑު ބަނީ، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އަށް މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން. ބޭންކު ލޯނާއި ހަމައަށް ގެންދިއުމަށް، ސަފާރީގެ މަސައްކަތް ކުރަން، އަޅުގަނޑުގެ ރައްޓެހިންގެ ވިޔަފާރި ތަކުން މުދަލާއި ތަކެތި ދަރައްޏަށް ނަގައިގެން އެ މަސައްކަތް ކުރީ. އަދި މަދުވާ ފައިސާ ހަމަކުރީ އަޅުގަނޑު އަތުގަ އެވަގުތު ހުރި ފައިސާ ލައިގެން. ބޭންކުން، އަށް މިލިއަން ރުފިޔާގެ ލޯނު ނެގީ، އަޅުގަނޑުގެ އަމިއްލަ ގެދޮރާއި، އެ ސަފާރީ މޯގޭޖްކޮށްގެން. އެހެންވީމަ، މީގަ އެ ވިދާޅުވާ މީހާގެ އެއްވެސް ޙިއްޞާއެއް ނޯންނާނެ." ފަލާޙު ވިދާޅުވިއެވެ.

އިތުރަށް ފަލާޙު ވިދާޅުވީ، އެ ސަފާރީއަކީ ދިހަ އަހަރުވަންދެން ދުއްވި ސަފާރީއެއް ކަމަށާއި، އެ ސަފާރީ ވިއްކާލިތާވެސް މިހާރު އެއް އަހަރު ވެފައިވާ ކަމަށެވެ. އެހެންކަމުން، މިހާ ގިނަ ދުވަސް ފަހުން އެ ސަފާރީއާއި ގުޅޭ މައްސަލައެއް އުޅޭކަމަށް ބުނެ، ކޯޓަށް ދިއުމަކީ، ހަމަ ބުއްދިން ވިސްނާ އެއްވެސް މީހަކު ޤަބޫލުކުރާނެ ވާހަކަތަކެއް ނޫން ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.

https://twitter.com/IbrahimFalahR/status/1105375734976020481

މި ކަމާއި ގުޅޭގޮތުން ފަލާޙުވަނީ މިއަދު ޓުވީޓެއްވެސް ކުރައްވާފައެވެ. އެގޮތުން، ބޯ ހަމަނުޖެހޭ މީހުން ލައްވާ ވިޔާނުދާ ކަންތައް ނުކުރުމަށް، މި އިންތިޚާބުގައި ފަލާޙާއި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ގޮވާލާކަމަށް އެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑާއި ބެހޭ މައްސަލައެއް ހުށަހަޅާފައިވަނީ، އިންނަމާދޫގައި އުޅޭ، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި މީހެއް ލައްވާ، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރަން ކޮށްފައިވާ ދަޢުވާއެއް. އެއީ ބުޙުތާނު ދޮގު ދަޢުވާއެއް. އަޅުގަނޑަށް އިނގުރައިދޫ ދާއިރާގަ އޮންނަ ތަޢީދު މާ ބޮޑީ." ފަލާޙުގެ އެހެން ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

އިނގުރައިދޫ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކަކުން މަޢުލޫމާތު ދޭ ގޮތުގައި ފަލާޙުއަކީ ޢުމުރުން 16 އަހަރުން ފެށިގެން އަމިއްލަ މަސައްކަތްކޮށްގެން ޢާމްދަނީ ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވާ ހީވާގި ބޭފުޅެކެވެ. މިފަދަ ވާހަކަތައް މިދުވަސްވަރާއި ދިމާކޮށް ފެތުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފަލާޙަށް، އިނގުރައިދޫ ދާއިރާގައި އޮންނަ ތަޢީދު ކުޑަކުރުން ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުވާނެ ކަމަށް، ދާއިރާގެ ވަރަށް ގިނަ ރައްޔިތުން ގެންދަނީ ވިދާޅުވަމުންނެވެ.

ކުރިއަށް އޮތް އިންތިޚާބުގައި އިނގުރައިދޫ ދާއިރާއަށް ފަލާޙު ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ީިރ.އިންނަމާދޫ ބޮލުގިޓާ

    ޢެމުޕީ ތިވިދާޅުވީ ވަރައްރަންގަޅު ވާހަކަ އެއް.ތި ވާނީ ހަމަ ވަރައް ބޯހަމަނުޖެހޭ މީހަކައް. ޥެދާނެ ފަހަރެއްގަ ރާބޮއެގެން ހަމައިން ނެއްޓިފަ ހުރި ގަޑިއެއް ކަމައް

    11
  2. ޕޮފުބާ

    އެއްވެސް އެއްޗެއްނެތިގެން އެބުނާ ބޯގަމާރު އެއުޅެނީ

  3. ކަފި ހުރަސް

    މޮޔަ ނުގޮވަ ބަލަ ! ތީ ހުދު ކަފަ ކޮޅެއް ?

    1
    4
  4. ތިމަންނަ

    ކުރިމަތިލާފަ ތިބި ގިނަ މީހުނަކީ ލިބޭ ލާރިގަޑު ފެނިފާ އެއަށް ބޫތު ކައިގެން އުޅޭމީހުން.. ދާއިރާގެ މީހަކު ލޮލުކޮޅަށް ފެނުނަސް ދެ ކަކޫ ޖަހާފަވެސް އެމީހަކާ ދިމާލަށް ދާނެ . ގޮޑި ލިބުމުން ދާއިރާގެ މީހުނަކީ ދުވަހަކު ދުއްބަޔަކަށް ވެސް ނަހަދާނެ