ސިރޫ އާޓްސްގެ ނަމުގައި ފޭސްބްކް ގައި ހިންގަމުން ގެންދިޔަ ޕޭޖް ފޭސްބްކް އިން ރިމޫވް ކޮށްލައިފިއެވެ.

ސިރޫ އާޓްސް އަކީ އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މީހުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ޕޭޖެކެވެ. އެޕޭޖް ރިމޫވް ކޮށްލި ސަބަބެއް ނޭނގެއެވެ.

ސިރޫ އާޓްސްގެ ޕޭޖް ރިމޫވް ކުރުމުން އެނަމުގައި މިހާރު ވަނީ އާ ޕޭޖެއް ހަދާފައެވެ.

ފޭސްބްކް އިން ކަނޑައަޅާފައި އޮންނަ "ހަމަތަކާއި އުސޫލުތަކަށް ނުފެތޭ" ޕޭޖްތައް އަބަދުވެސް ރިމޫވް ކުރާ ކަމަށް ފޭސްބުކް އިން ބުނެއެވެ.

ސިރޫ އާޓްސް ފޭސްބުކް ޕޭޖް ހިންގާ މުހައްމަދު ސިރުހާން މިދިޔަ ޖަނަވަރީ މަހުގެ 09 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރު ކުރިއެވެ.

ސިރުހާން ފުލުސް އޮފީހަށް ހާޒިރުކުރީ މީސް މީޑިއާގައި މީހުންނަށް އިންޒާރުދީ ނަފްރަތު އުފެދޭ ގޮތައް ލިޔަމުންދާ މައްސަލަތައް ބަލާނެ ކަމަށް ފުލުހުން ވިދާޅުވުމަށް ފަހު އެވެ. އެމައްސަލައިގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އަދި މިހާތަނަށް އުފުލާފައެއް ނުވެއެވެ.

އިސްލާމްދީނާއި ދެކޮޅު މީހުން ހިންގާ ޕޭޖްތަކުން ނަފްރަތު އުފައްދަން ފުރުސަތު ދިން ނަމަވެސް އިސްލާމްދީނާއި ދެކޮޅު މީހުންގެ ވާހަކަތައް ފަތުރާ ފޭސްބުކް ޕޭޖްތައް ފޭސްބްކް އިން ރިމޫވް ކުރުމުގައި އިންސާފުވެރި ހަމައެއް ނުގެންގުޅޭ ކަމުގެ ތުހުމަތު އަބަދުވެސް ފޭސްބްކްގެ މައްޗަށް ކުރެވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވެސް އިސްލާމްދީނަށް ފާޑުކިޔާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް އެމީހުންނާއި މެދު ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް އަޅުއްވަމުންނެއް ނުގެންދަވައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. Anonymous

    ޔަހޫދިން ކޮންޓްރޯލް ކުރާ އެއްޗެއް ފޭސްބުކް އަކީވެސް. މިގައުމުގެ ވެރިންގެ ގޮތުގައި ތިބި ޔަހޫދީންގެ ނުވަތަ އިބިލީހުގެ ބައިގަނޑު ފޭސްބުކްގައި އެދުމުން ރިމޫވްކޮށްލަ ދިނީ. ވަރަށް ސިމްޕްލް.

    117
    10
  2. ނާއިފް

    ސިރޫ އާޓް ޕޭޖް ސިރުހާން އަމިއްލައަކަށް ޑިލީޓް ކޮއްލާފަ މޮޅެތި ވާހަކަ އެބަދައްކައޭ. ސިރުހާންގެ މަގުސަދަކީ މީހުންގެ މެދުގަ ނަފްރަތު އުފައްދާ މުޖުތަމައު ފަސާދަ ކޮއްގެން މަގުބޫލުކަން ހޯދުން

    27
    146
  3. މަން

    މާތްވެގެންވާ އިސްލާމްދީނަށް މީހަކު ކިޔާ ފާޑުކިޔުމަކުން ވާނެ ގެއްލުމެއް ކޮބާ؟ ކިޔާ. ކިޔާފައި ދައްކަންވީ އުނިކަންތައް. އޭރުން އަހަރެމެން އޭގެ ރައްދު ދޭނަން. ކަނޑިން

    27
    11
    • Anonymous

      މާތްވެގެންވާ އިސްލާމްދީނަށް ފާޑު ކިޔުމުން ގެއްލުމެއް ނުވާނެ. އެކަމަކު އެއީ ފަސާދައަށް ކޮށާ މަގު. އެކަން އެގޮތަށް ވިޔަދޭ ސަރުކާރެއް މުސްލިމުންގެ މައްޗަށް ވެރިކަން ކުރުމަށް އޮތަދީގެންނުވާނެ. އެއީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއް.

      27
      1
  4. Anonymous

    އަލް ހަމްދުﷲ

    20
    70
  5. އަލީ އަލީ

    ވަރަށް ބޮޑު ކާމިޔާބީއެއް! ވަރަށް ދުވަސްވެއް މިދުވަހަކަށް އިންތިޒާރުކުރާތާ! އަދި ވަގުތުވެސް ބޮލޮކް އަރުވާލާނަނަން!

    9
    40
    • ޝ

      ސިރު އާރޓްސް އަނބުރާ އައިއްސި..ހހަހާ

  6. ހަޤީގަތް

    ސިއްރުއާޓް ޕޭޖަކީ ހިއްވަރުގަދަ މީހަކު ހިންގަމުން އަންނަ ޕޭޖެއް. ހަޤީގަތް ވާނި ހަޤީގަތަށް އެއީ އެޕޭޖުން ބުނެދޭ ވާހަކަ ތަކަކީ.. ހާސްވާނި ކަމެއްނެތް ރިމޫވް ކުރާއިރަށް އާޕޭޖެއް ހުޅުވާ.. ތިކުރާ މަސައްކަތަށް ސާބަސް...

    34
    7
  7. މިގޭ

    ބަލަ މިހާރަކު ފިޔަވަޅެއް ނާޅާނެ
    މިސަރުކާރުއައީ ބަޔަކާ ޑީލް ހަދައިގެން ކަން ނޭނގެ ކުޑަކުއްޖަކުވެސް މިްައުމަކު ނޫޅޭނެ.
    ހުރިހާ ދިވެހިން މިކަމަށް ވިސްނައި މަޖިލިސް އިންތިޚާބު އެފަރާތަށް މެޖޯރުޓީ ލިބުނަނުދިނުމަށް ބާރުއަޅުއްވުން މހިންމު.

    21
    3
  8. ދދދދދދދ

    ތީ މި ސަރުކާރުގެ ކަމެއްކަން ޔަގީން. ސިރޫ ހަމަ ނަގާއިރަށް އާ ޕޭޖެއް ހަދާތި.

    29
    3
  9. ޖަހާންގީރު

    މި ޤައުމުގައި ވެރިކަން ކުރަނީ ޔަހޫދީ ބައިގަނޑެއް

    22
    4
  10. ޒުޫނާ

    ލޮޖިކަލް މޯލްޑިވިސް ޑިލީޓް ކޮށްލައިފި ނަމަ މާ ތާހިރުވީސް. މަހުވާ ހާދަ ނަށްޓައޭ. އެގޮލާމެންނަށް ހަލާކުހުރި.

    16
  11. ޙަސަނު

    ނާއިފޫ ތިޔަ ޔަހޫދީ ކައިރީ ބުނެފަތަ ޑިލީޓް ކުރީ

    2
    4
  12. ދަރީ

    ވަރަށް އުފާވެރި. ފިތުނަ ޕޭޖް

    4
    27
  13. އިސްލާމް

    ފޭސްބްކް އިންސްޓަގްރާމް ހިނގަނީ ހަމައެކަނި ކާފަރުން އެއަށް ވަންނާތީކީނޫން. ހުރިހާ މުސްލިމުން އެކައްޗެއް ކިޔާގެން ތިޔަ ފޭސްބްކް ބޮއިކޮޓްކޮށްބަލަ ވާ އެއްޗެއް ބަލާލަން. އެހެން ކޮމްޕެޓިޓަރސްތަށް ވިންވާނެ. ވ.ވާހަކަ.