މާލޭގެ ދެމަގު ފިޔަވައި އެހެން ހުރިހައި މަގެއްގައި ތާރުއަޅައި ތަރައްޤީކުރުމަށް ހަމަޖެހިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލޭގެ ދެ މަގު ފިޔަވައި އެހެން ހުރިހައި މަގެއްގައި ތާރު އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު "ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފެންބޮޑުވާ މައްސަލަ ދެނެގަތުމާއި މަގުތަކުގައި ހުރި އެހެނިހެން މައްސަލަތައްވެސް ދެނެގަތުމަށްޓަކާ އެކަމާގުޅޭ ބޭރުގެ ޚާއްސަ ކޮންސަލްޓެންޓެއް މިމަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށެވެ.
އަދި މަގުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މަގުތައް ތަރައްޤީކުރާނީ ތާރު އަޅައިގެންކަމަށާ ދެމަގު ފިޔަވައި އެހެން ހުރިހައި މަގެއް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.
ދެ މަގު ފިޔަވައި އެހެން ހުރިހާ މަގެއްގައި ތާރު އަޅަން ނިންމާފައިވާ ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވި ނަމަވެސް އެމަސައްކަތް ފަށާނެ ތާރީޚެއް ވިދާޅެއް ނުވެއެވެ. އަދި އެފަދަ ބޮޑު މަސައްކަތަކަށް ޚަރަދު ކުރަން ޖެހޭ ފައިސާ ހޯދާނެ ގޮތެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.
މާލޭގެ މަގުތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތާއި މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.
މާލޭގެ މަގުތައް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢުއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށިއެވެ. އެމަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ. އަދި ބައެއް އެހެން މަގުތަކުގައި ވަނީ އަލުން ގާއަތުރައިގެން ހަދާފައެވެ.
އަހަރެން ނިންމައިފިން މާލެ އަތޮޅު ހުރިހާ މަގަކު ތާރު އަޅަން ކަލޭ މެން ތީއެކަން ކުރާތީ ހަޅޭ ލެވި މީހުން ނުވާނެ އަޅެ ކޮއްބަލަ
ހެއްހެއް ކޮބާ މިމީހުން މިބުނި ތަރައްގީ ބެހެވިގެންދާގޮތަކީ؟؟؟ ރާއްޖެތެރެ ހަމަ ރާއްޖެތެރެއަށްމިވީ!!!!!!!!!!!
މަޖިލީސް އިންތިޚާބާ ދިމާކޮށް ޖަހާ ފޮޑި... މާ ގިނައިރުވަންދެން ވަހެއްވެސް ނުހުންނާނެ..
ޖަޒީރާ ރާއްޖެ... ހުރިހާ މަގަކަށް ދޮންވެލިލާން ފެންނަނީ...
ހަނިގޯޅިތަކުގަ ޕާކުކުރުން މަނާ ކޮއްބަލަ، ހަނިގޯޅިތަކުގަ ޕާކުކުރުމުން ހިނގާ މީހުންނަށް ޖާގައެއް ނޯވޭ.
ގަލުން ތާރަށް ދިޔުމަކީ ތަރަައްޤީގައި ފަހަތަށް ޖެހުން. ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ބަލަނީ މަގުތަކުގަައި ގައުއެތުރޭތޯ. ގިނަދުވަހު ހުރެފައި ރީތިވެސް ވާތީ. ތާރަކީ އުމުރުކުރު އިރުއިރުކޮޅާ ހަދަންޖެހޭ އެއްޗެއް. ކައިރީގައި އޮތް އިންޑިއާއިންވެސް މިހާރު ތާރު މަގުތައް ބަދަލުކުރަނީ ސިމެންތިއަށް ނޫނީ ގާއެތުރޭތޯ ބަލަނީ.
ދަރަނިވެރި ސަރުކާރުން ތިކަމެއްނުވާނެ ޕާޓީމީހުންނަށް ބައިއަޅާފަ ބާކީއޮންނާނީ ކޯއްޗެއް މަޖިލިސް އިންތިހާބަށް ޖަހާ މަޅިއެއް ކަމުގައިނޫނީ ނުބެލެވޭ .
އަދިވެސް މާލެ ނޫން ގޮތެއް ހޯދާކަށް ނުވޭތަ؟
ބުނޭ! ކަނޑުއަޑިން ގުޅާލާނަމޭ ބުނޭ! މުޅި ރާއްޖެ ހިޔާކޮށްދޭނަމޭ! ބުނޭ ބުރިޖުގެ ދަށުން ތިން ބުރިޖުއަޅާނަމޭ. ހަހަހަހަ! ކަލޭމެންނަކަށް އެއްކަމެއް ވެސް ނުވާނެ.
ތިޔަކައުންުސިލުގަ ތިބިމީހުންނަށް ކުރެވޭކަމަކީ ހަމައެކަނި އަގަފޭކުރުން. އެކަމަށް ވަރަށް މޮޅުކަން ވީޑިއޯތަކުން ފެންނަން އެހުރީ. އުސް ޢިމާރާތްތަކުގެ ފާޚާނާތަކުގެ ނަޖިސްފެނާއި ބަދިގޭ ތަށިދޮންނަފެނާއި އެއާރކަންޑިޝަންތަކުން ފައިބާފެން މަގުމަތިން ދާހާބައެއްގެ ބޮލަށް ފައިބަން ދޫކޮށްލައިގެން ވަރަށް ކަންކުރެވޭ
ބަޔަކަށް ވެގެން މިވެރިން މިތިބެނީ ކީއްވެބާ؟
މަގުތަކުގަ ސަރުކާރުން އަތުރާފަ ހުރި ގާނަގާ
ބިމުގަ ވަލުކޮނެ، ދެ ދަގަޑުހޮޅި ބިމައްޖަހާ މަތީގަ
ޙުރަހަށް އަނެއްހޮޅި އަޅާ ނުވަތަ ދަގަޑު ޗޭނުދަމާ
ގޭކައިރި މަގުމަތި އަމިއްލަ ބެކްޔާރޑެއް ގޮތަށް
މި ފުރަމާލޭގައި ބައެއްމީހުން ބޭނުންކުރަމުންދާތަން
ތިކައުންސިލްގެ މެންބަރުންނަށް ނުފެންނަނީ މަޤާމުގެ ހިޔަނި ލޮލަށްއެޅޭލެއް ބޮޑުކަމުންބާ؟