ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިސްލާމް ދީނާ ހިލާފު ވާހަތައް ދައްކާ ސަބަބު ވަރަށް ސާފު ކަމަށާއި، އެއީ ދިވެހީން އިސްލާމް ދީނާ ދުރުކުރުމަށް ހިންގާ ޖަރީމާގެ އެކި އެޕިސޯޑުތައް ރާއްޖޭގައި ތަންފީޒު ވޭތޯ ހިންގާ ކަމެއް ކަމަށް، ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދުު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މުޙައްމަދު ނަޝީދު، އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް، އެކި ތަންތަނުގައި ވާހަކަ ދެއްކުމުގެ ސިއްރަކީ ކޮބައިކަން، މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށް، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް މުޙައްމަދު (އިއްބެ) ވިދާޅުވެފައިވާތީ، އެކަމަށް ރިއާޔަތް ކޮށެވެ.
E Magsadhu Varah Saafu, Eiee Dhivehin Islam Dheenaa Dhurah Gendhiyumah Hulhangun Hingaa Jareemaa ge Eki Episode thah Raajjeygai Thanfeezu Veytho Gasthuga Kuraa Kameh. Mihaaru 15 Aharuvee Thiya Meehaa Thiya Sakaraatheh Jahaathaa. https://t.co/SQwxRiM9mQ
— Ahmed Nihan (@ahmed_nihan) March 20, 2019
ނިހާން ވިދާޅުވީ ނަޝީދު "އެ ސަކަރާތެއް" ޖަހާތާ 15 އަހަރުވީ ކަމަށާއި، އެ ވާހަކަތަކަކީ ހުޅަނގުން ހިންގާ ޖަރީމާތަކެއް ކަމަށެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ އިންބެ، ނަޝީދަށް ފާޑު ވިދާޅުވެފައި ވަނީ، ތޮއްޑޫގައި ބޭއްވި އެމްޑީޕީ ގެ ކެމްޕޭން ޖަލްސާއެއްގައި ބަނގުރާ ވިއްކުމާއި ގުޅޭގޮތުން ނަޝީދު ވާހަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ނަޝީދު ވިދާޅުވީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެކަށްޗަކީ ބަނގުރާ ކަމަށާއި އެހެންކަމުން ބަނގުރަލުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް ފައިދާ ބޮޑު ކަމެއް ކަމަށެވެ.
"ބައެއް ހަޤީގަތްތަކެއް ހުރޭ ދުނިޔޭގައި، އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް. ދެން އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރެޓް. އަޅުގަނޑުމެނަށް އެނގޭ މިއެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން، މުއްސަނދިވާކަން" ނަޝީދު ވިދާޅުވިއެވެ.
އެޖެންޑާ 19 އަކީ ރާއްޖޭގަ އިސްލާމްދީންނޫން ދީނެއް ގެނައުމާ ލާދީނީ ކަންކަން އާންމުކުރުމުގެ އެޖެންޑާއެއް.
ބޯކަނޑަނެ ޖެހޭ އެއްޗެއް މިއީ
އެޖެންޑާ19އަށް ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ..
ނަސީދު ވަނީ އެގްރީމެންޓެއްގާ ސޮއިކުރައްވާފަ .މިރާއްޖޭގެ ޑިމޮކްރަސީގެ ނަމުގާ ކްރިސްޓިއަންދީނާ ބުދު ދީންގެނެސް ދޭނެ ކަމަށް އަދި އޭނާ ކްރިސްޓިއަންކަން އިއުލާންކުރާނެކަމަށް.