ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ސަރުކާރުން ތައްޔާރު ކުރި ލިސްޓަކަށް ފްލެޓް ދޭނެކަން މިރޭ އެމްޑީޕީން އިއުލާން ކޮށްފިއެވެ.
މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާއެއްގައި އިއުލާން ކޮށްފައި ވަނީ ނަޝީދުގެ ސަރުކާރުން ހިންގި "ވެށިފަހި" މަޝްރޫޢުގެ ދަށުން ތައްޔާރު ކުރި ލިސްޓްގައި ހިމެނޭ ހުރިހާ އެންމެންނަށް ވެސް ފްލެޓް ދޭނެ ކަމަށެވެ.
އެލިސްޓަށް ބަލާއިރު 8864 އާއިލާއަށް ފްލެޓް ލިބޭކަމަށް މިރޭގެ ޖަލްސާގައި ވަނީ އިއުލާން ކޮށްފައެވެ.
މީގެ އަށެއްކަ އަހަރު ކުރިން ތައްޔާރު ކޮށްފައި އޮތް ކަމަށް ބުނާ ލިސްޓަކަށް ފްލެޓް ދޭނެކަން މިރޭ އެމްޑީޕީން އިއުލާން ކުރިއިރު އެލިސްޓްގައި ހިމެނިފައިވާ ގިނަ މީހުންގެ ހާލަތު މިހާރު ބަދަލުވެފައި ވާނެ ކަމަށް ގަބޫލު ކުރެވެއެވެ.
މާލޭ ދާއިރާތަކުގެ ކެމްޕޭންގައި، އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ގެންދަވަނީ ވެށިފަހި މަޝްރޫއުން ފްލެޓް ނުލިބި ތިބި މީހުންނާ ބައްދަލު ކުރައްވަމުންނެވެ. އެ ބައްދަލުވުމުގައި، މި ސަރުކާރުގެ ވިސްނުމަކީ ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ ގިނަ ބަޔަކަށް ފްލެޓް ދިނުން ކަމަށް ކެންޑިޑޭޓުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިރޭގެ ޖަލްސާ އަކީ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރަން ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީން ކުރިން ބުނި ނަމަވެސް ޖަލްސާއަށް ހާޒިރުވި އެއްވެސް މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކޮށްފައެއް ނުވެއެވެ.
ވެށިފަހި ފްލެޓް ލިސްޓްގައި އޮތް މީހުންނަށް ފްލެޓް ލިބޭނެކަން އެމްޑީޕީން އިއުލާން ކުރި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ތިއީ ކޮރަޕްޝަން ނޫން އެހެން ކޯއްޗެއްތޯ. ތިއީ ހުދުމުހުތާރުވުން ނޫން ދެން ކޯޢްޗެއްތޯ
ވަރަށް ކަމުނުދާ ސަރުކާރެއް!! މުޅިން ފީކަޅާ! މިމީހުން ހޮވުނީތީ ޙަގީގަތުގަވެސަ މިހާތު ދެރަވޭ! އެމްޑީޕީ އޮތްތަނެއް ރަގަނޅެއްނުވާނެ! އެވިސްނުން ގައުމުގެ ހަމަޖެހުމަކަށް ކަމަކުނުދޭ! މަޖްލިސް އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓުން ނޫން މީހުން ހޮވަންޖެހޭ! ދެން ޙައްލެއް ގެނެވޭނީ އެމަގުން މަސައްކަތްކޮށްގެން! ރައިސް ޔާމީންގެ ގެންނަމުން އައި ހަލުވި ބޮޑެތި ތަރައްގީތައް ހަމަ މިސްވޭ އެބަ!
މިހުރީ ހަމަ ކޮސްވެފަ؟ ކޮންފަދަ ނުލަފާ ނަޝީދެއްތަ އެއީ؟ އޭނަ ބުންޏަސް ތެދެއްކަން މިއަދު ޔަގީންވެއްޖެ. " ތިމަން މަނިކުފާނު ކޮށްފަ ނުކުރާނެ ކަމެއް ނޭނގޭނެ "
ކޮބާ މަގޭ ފުލެޓް.
ބަލަނަޝީދު ވަޅުލި އޮއްތަކުން ފުލެޓެއް ނުފަޅައޭ ބޭނުންބަޔަކައްބަހަން
ކަލޭ ޕާޓީ ކުދިންކޮޅަށޭ ގިނައިން ފުލެޓް ދީފަހުރީ ކުދިންކޮޅު ރުޅިއަށްނާނި ކަލޭދެކެޔޯ
މިކަހަލަ މުސީބާއްތަކުން ސަލާމަތްވާން ގުނޫތުކިޔަނީ މިށައިތާނުގެ ކިބައިން މިގައުމާއި މިރާއްޖެ ސަލާމައް ކުރައްވާފާނދޭ އާމީން
ދިވެހި ރައްޔިތުންންކީ އައްނިކަހަލަ ގަމާރުންނެއްނޫނޭ،، ދިވެހި ރައްޔިތުންނަކި ހެޔޮވިސްނޭ ބައެކޭމިހާރު' އިންޝާ ﷲ ' އެމްޑީޕީ އަށް މަޖިލީސްނުލިބޭނެ ލިބިއްޖެންޔާ މިގައުމުގައޮތް 800 އަހަރުވީ އިސްލާމްދީން ނެތިހިގައިދާނޭ ދިވެހި ރައްޔިތުންނޭ މިބައިގަނޑަށް ވޯޑުނުދޭތި ، ބުނީ އެމްޑީޕީއިން މަޖިލީހަށް ކުރިމަތި ލައިފަތިބި ކުދިންކޮޅަށް ވޯޓުނުދޭށޭ.
ކިހާ ބޮޑު މުސީބާތެއް. މިކަލޭގެ ހައްޔަރުކުރާކަށް ނުވޭތަ.
ފިތުނަ ކުރުން
މީނާ ހައްޔަރުކުރާކަށް ނުވޭތަ. އަޅު ތަހުގީގީ އިދާރާތަކާއި މިނިވަން އިދާރާތަކުގެ ވެރިންގެ ކަންފަތަށް މިހުންނަނީ ރީ އަޅާފައިބާ. ހަމަ ސީދާ ކޮރަޕްޝަން. މީނަތަ ވެރިކަން މިކުރަނީ. އަތް ނުބާނާ ތަނެއް ނެތޭ. ހޮސްޕިޓަލުގައި މީހަކު ނަހަލާލަށް ވިހެއްޔާ މީނާ ހުންނާނެ ޒިނޭކުރަން ހިތްވަރުދީ އިތުރު ދަރިއަކު ނަހަލާލަށް ވިހަން ބާރު އަޅައި ނުވިހާ އޮޕަރޭޝަންކުރަން އަމުރުކުރަން ޑަކްޓަރުންނަށް.
ނުކިޔާ ރަނަކައް ނުދޭ ވަލީއަކައް މީހެއްގެރޯހަލާލެއް މަހާރަދުންނާ ދެވިގޮތައް ނުލާފޯމަކައް ސަރުތުފުރިހަމަނުވާމީހަކައް މީހަކުއަޅާދިންފުލެޱުތަކެއް ހިބަކޮއްދީފިންދޯ ވަރައްމޮޅު ލަދުކޮބާ؟
ޥަރައް ތާހިރު ވެއްޖެ އެއްނު
އެމީހުންގެ އަމިއްލަ މުދާވިއްޔަ އެބަހަނީ ހިތުހުރި ގޮތަކަށް. ދޮގު ޕާޓީ. ފޭރޭ ޕާޓީ. ނަޝީދަކީ ސެކިއުލަރ ބޮޑުކަލޭގެ. އެކަލޭގެ ބޭނުންވާނެ މަޖްލިސް. ގައުމުގައި އެނުބައި ޝައިޠާނީ ވިސްނުން އާލާކޮށް މިގައުމުގެ މީހުން މަގުުރެއްދޭނެހާ ގޮތެއް މަޖްލިސްތެރެއިން ހަދަން އެބަޖެހޭ.
ދައުލަތުގެ މުދަލަކީ ރައްޔަތުންގެ މުދާ. ނަޝީފުގެވެސް އިބޫގެވެސް އީވާގެވެސް އަދި އެމްޑީޕީގެ މުދަލެއްނޫން. ހަމަހަދާހާލިސްޓަކަށްފްލެޓެއްވެސްނުދެވޭނެ. ދޭންޖެހޭނީ ފްލެޓްލިބެންޖެހޭ ފަރާތްތަކަށް.
އާނ ދެން އހެންތާ ވާނީވސް. ވެރިކަން ކުރަނީ ނަސީދު.. ދެން އިބުރޭ ހުރޭ ގުންބޯ ހެދިފަ ހައްހައްހާ
މައަބަދުވެސް ބުނަމެއްނު މިއީ ދިމާ އިދިކޮޅައް ފަހަތައް ދަތުރު ކުރާ ސަރުކާރެކޭ... ތަރައްގީވެސް ފަހަތައް
މިއީ ގައުމަށް ޖެހިފަހުރި ބަލާވެރިކަމެއް މިކަލޭގެ ކިބައިން ސަލާމަތްވާނީ ރ ޔާމީން ކަހަލަ ވަރުގަދަ ލީޑަރަކު ލިބިގެން!
ތިލިސްޓްގައިވާ ފްލެޓްތަކަކީ ނަޝީދުގެ ޚަރަދުގައި ހަދާފައިފައިވާ ފްލެޓްތަކެއްތޯ ތިފުލެޓްތަކަކީ
ސަރުކާރުން ރަށްޔިތުން ހިއްސާވާފައިސާއިން ހަދާފައިވާ ފްލެޓްތަކެއްނަމަ ޕާޓީއެއްގެ ރައީސް
ވެރިކަމުގައިހުންނެވިއިރު ހަދާފައިވާލިސްޓަކަށް ފްލެޓްދޭން ނިންމެވުންއެއީ މަޖިލިސްއިންތިޚާބު
މިހާކައިރިވެ މަޖިލީހުގެ މެޖޯރިޓީދެއްވުމަށް ތަކުރާރުކޮށް ޕާޓީއެއްގެ ރައީސްގޮވާލައްވާއިރު(ނަޝީދު)
އިންތިޚާބަށްނުފޫޒްފޯރުވުން ނުވަތަ ކޮރަޕްޝަަނުގެ ޢަމަލެއްކަމަށް ބެލެވިދާނެ ފުރުސަތުވަރަށްބޮޑު
ވީމާ. ކަމާބެހޭފަރާތުން މިކަންބައްލަވަންޖެހިލައްވާކަމުގައިދެކެން
ރައްޔިތުން ހަމަ ހެވިފަތިބެނީތަ؟?
ނަސީދުގެ ކަންތައް ހާދަ ބޮޑޭދޯ ދެން. ނަސީދުބުނެގެން ކިރު ތައްޓާއި ދޮންކެޔޮ ދޭން ވެސް އެޑިއުކޭސަން މިނިސްޓްރީއިން އެއުޅެނީ. އިތުރު ކަމެއް ވާވަރެއް ނޫން
ތިޔަބުނާ ލިސްޓެއް އާއްމުކޮށްބަލަ . ގާތް މީހުންނަށް ފުލެޓްބަހާ ވަރާ ކޮރަޕްޝަން ހުރިވަރު ނިކަން ރަނގަޅަށް އެނގޭނެ