ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާއަށް ވާދަކުރައްވަމުންދާ އަދި މިހާރުވެސް އެދާއިރާ ތަމްޞީލުކުރައްވާ މެމްބަރު އަހްމަދު ޝިޔާމް އިއްޔެ ނައިފަރަށް ވަޑައިގަތުމުން ނައިފަރު ރައްޔިތުން ޖަޒްބާތުން ފުރިގެންވާ ޝަޕްރައިޒް މަރުހާބާއެއް ކިޔައިފިއެވެ.
އިއްޔެ ހަވީރު ޝިޔާމް ނައިފަރަށް ވަޑައިގަތުމާއެކު ޕީޕީއެމްއާއި ޕީއެންސީގެ ކުލަތަކުން ޒީނަތްތެރިވެގެންތިބި ރައްޔިތުން ވަނީ ބޮޑުބެރާ ފޯރިގަދަ ލަވަތަކާއި ޖޯޝުންފުރިގެންވާ އިބާރާތްތަކުން މަރުޙަބާކިޔާ ރަށުވަންތަ ކުލުނާއި ލޯބީގެ ޖަޒްބާތުގައި ޝިޔާމް ރޮއްވާލާފައެވެ. ޝިޔާމްއަށް މަރުހަބާ ދެންނެވުމަށް ނުކުތް ރައްޔިތުންގެ ސަފު ރަށުގެ ބޮޑުމަގުން ދަމާލާފައިވާއިރު މަރުހަބާ ދެންނެވުމަށް ނުކުމެތިބި ރައްޔިތުންނާއި ސަލާމްކޮށް ހާލުއަހުވާލު އޮޅުންފިލުވުމުގައި ޝިޔާމް ވަނީ ގިނަވަގުތު ތަކެއް ހޭދަކުރައްވާފައެވެ.
އެއަށްފަހު މަރުހަބާ ދެންނެވި ރައްޔިތުންނާއެކު ޕީޕީއެމް ޕީއެންސީ ޖަގަހައަށް ވަޑައިގެން ރައްޔިތުންނާއި މުޚާތްބްކުރައްވާ ޝިޔާމްވަނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ސާބިތުކަމާއެކު ހުންނަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނައިފަރާމެދު ބޮޑު ތަޞައްވަރެއް އެބައޮތްކަމަށް ވިދާއަޅުވެ ޝިޔާމް ވިދާއަޅުވީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމުގައި ދެމިހުރުމަކީ އޭނަގެ އަޒުމް ކަމަށާއި ރައްޔިތުންނާއި ގުޅިގެން ތަރައްޤީގެ އައު އުސްމިންތަކަށް އައުހަރުފަތްތަކަށް ނައިފަރު ގެންދިއުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ޖޯޝް އޭނާގެ ކިބާގައި އެބަހުރިކަމަށެވެ.
ފަސް އަހަރުގެ ދައުރުގައި ޝިޔާމް ވަނީ ނައިފަރުގެ ތަރައްޤީގެ މުހިންމު ހަރުފަތްތަކެއް ކަޑައްތުކޮށްދީފައެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޝިޔާމްގެ ކެމްޕޭން މެނޭޖަރ ފަރުޙަތު ވިދާއަޅުވީ މިއަދު މިފެނުނީ ދާއިރާގެ އެކިފިކުރުގެ ރައްޔިތުންގެ ލޯބި ޝިޔާމަށް އުތުރިއަރަމުންދާ މަންޒަރު ކަމަށާއި، ރަށުވަންތަ ކުލުނާއި ލޯބި ރަށުވަންތަ ލީޑަރަށް، ރަށުތަރައްޤީގެ ހީރޯއަށް ބަންޑުންކޮށްލި މަންޒަރު ކަމަށެވެ.
"ރައްޔިތުން ސާބިތުކޮށްދިނީ ދާއިރާގެ ތަރައްޤީގައި ޝިޔާމްގެ ހިއްސާ ބޮޑުމިންވަރު. ދާއިރާގެ ރައްޔިތުން ޝިޔާމް ބަލައިގަންނަނީ އެރައްޔިތުންގެ ދެގޮތެއްނުވާ އެކުވެރިއެއް ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި. މިއީ މިފަހުން މިރަށުން މިޒައާމަތުގެ ވެރިޔާއަށްވެސް ނުދޭވަރުގެލޯތްބެއް. ނުކިޔާވަރުގެ މަރުޙަބާއެއް. މިކަންކަމުން ޝިޔާމްގެ ހިތްވަރު އައުވެ ޖޯޝް ގެނެސްދީފި. ޝިޔާމްގެ ފަހަތުގައި ވަނީ އެކިފިކުރުތަކުން އަތުގުޅާލެވިފައިވާ ބަދަހި ޝަފުތަކެއް." ފަރުޙަތު ވިދާޅުވިއެވެ.
ފަސް އަހަރުގެ ދައުރުގައި ޝިޔާމް ފާހަގަކުރެވުނީ ދާއިރާއަށް ގިނަގިނައިން ޒިޔާރަތްކުރާ ރައްޔިތުންނާއި އޯގާތެރި ލޯބިން ފުރިގެންވާ ގުޅުމެއް ބާއްވަމުން ގެންދެވި އެމްޕީއެއްގެ ގޮތުގައެވެ. މިއީ ޝިޔާމް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށްފަހު ނައިފަރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރުކަމަށް ވުމުން ޒުވާނުން އިސްނެގުމާއި އެކިފިކުރުގެ ރައްޔިތުން ބައިވެރިވެ ޝިޔާމްއަށް ބޮޑު ޝަޕްރައިޒެއް ދޭން ބޭނުންވީކަމަށް މިކަން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ބައެއް ފަރާތްތަކުން ވަގުތައް މައުލޫމާތު ދިނެވެ.
ނައިފަރު މިއަދު މިދެކޭ ތަރައްޤީގެ ބައްޕަ
މަޑިވަރު އެއަރޕޯޓުގެ ބާނީ
ޝުކުރިއްޔާ ކެނޑިޑޭޓް.. ތީ ވަރުގަދަ ފަހުލަވާނެއްކަން ސާބިތުކޮށްދީފި.. ހޮވަންވީ، ވޯޓުދޭންވީ މިފަދަ އިހިލާސްތެރި ރައްޔިތުންނަށް ޔަގީން ކެނޑިޑޭޓުންނަށް.. ފިސާރި ހިންގާލަންވާނެ.. ?