15 އަހަރުގެ ސިޔާސީ ތަޖުރިބާ އާއިއެކު ގައުމު އިސްލާހު ކުރަން ރައްޔިތުން އޭނާ ހޮއްވަވަންވީ ސަބަބު ގައުމަށްޓަކައި "ކަަސްތޮޅުން ނެއްޓެން" މި ސްލޯގަންގެ ދަށުން ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާހަދަ ކުރައްވާ ހުސެއިން އަސްލަމް ހާމަ ކުރައްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ ރައްޔިތުން މިފަހަރު އޭނާ މަޖިލީހުގެ ގޮނޑީގައި ބަންދައިދީފި ނަމަ މަހުޖަނުންގެ ކިބައިން މަޖިލީހާއި ގައުމު އަދި ޖުޑީޝަރީ އިސްލާހު ކުރެއްވުމަށް ސަރުކާރުގެ ތެރެއިން މައްސަކަތް ކޮށްދެއްވާނެ ކަމަަށެވެ.

"ކަސްތޮޅުން ނެއްޓެން އަތޮޅުތަށް ބާރުވެރިކުރުވަން, ކަސްތޮޅު އެޅުވިފައިވާ މަޖިލިސް އިރާދަ ކުރެއްވިޔާ އަޅުގަނޑު ހޮއްވަވައިދީފި ނަމަ މިނިވަން ކުރުމަށް މަސައްކަތް ކޮށްދޭނަން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމު ވިދާޅުވީ ބޭރުގެ އިސްތިއުމާރީ ނުޒޫން ގައުމު މިންޖުވާން އެބަޖެހޭ ކަމަށާއި މި ކަން ވެސް ކުރެވެން އަންނަނީ މަޖިލިސް އިސްލާހު ކޮށްގެން ކަމަށެވެ.

"މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދޭން, ބަރުލަމާނީ ނިޒާމުގެ އަވައިން ގައުމު މިންޖުކޮށް އެއް ވެސް މީހެއްގެ މުށު ތެރެއަށް ނުގޮސް މިނިވަން ކަމަށާއި އެކު ސަރުކާރުގެ ތެރެއިން މި ކަންކަން ކޮށް ދިނުމަށް އަޅުގަނޑު ހޮއްވަވައިދީ" އަސްލަމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓް ނަންބަރު ތިނަކަށް ރައްޔިތުން ވޯޓް ދޭންވީ ސަބަބު ބަޔާން ކޮށްދެއްވަމުން އަސްލަމް ވިދާޅުވީ "އަމާނަތް ތެރިކަމާއި އެކު މިނިވަނެއްގެ ގޮތުގައި ހުރެ ރައްޔިތުންނަަށް ކަންކަން ކޮށްދެވޭނެ ކެންޑިޑޭޓް" އަކީ އޭނާ ކަމަށް ގަބޫލު ކުރާކަމަށެވެ.

"އަޅުގަނޑު ހޮއްވަވައިދެއްވައިފިޔާ މަޖިލިސް ތެރެއިން މެންބަރުން އެއްތަނުން އަނެއް ތަނަށް ބަދަލުވާ މި ބަދަލުވުން ހުއްޓުވާނެ އިސްލާހެއް އަޅުގަނޑު މަޖިލީހަށް ހުށައަޅާނަން" އަސްލަމް ވިދާޅުވިއެވެ.