މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ކ.ގުރައިދޫގެ މެދު އިންތިހާބު އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބު ކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަން ކަމަށްވާ "ފިކުރެއްގެ ދިރުން" އިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މުދަލާއި ހިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރު ހުށަހަޅުއްވުމުގެ ކުރިން އާދަމް ޝަރީފް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީއިން ކާމިޔާބު ކޮށްފައިވާތީ އެ ޕާޓީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އިންތިހާބުގައި ވަރަށް ވާދަވެރިކޮށް މަސައްކަތް ކުރެއްވި އަދި ޕީޕީއެމްއަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"މި އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުކޮށްދެއްވުމަށްޓަކައި ފިކުރެއްގެ ދިރުމެއްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީ އެ ބޭފުޅުންނަށް ވެސް ޝުކުރު ދަންނަވަން." އާދަމް ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް ލިބިވަޑައިގެންނެވީ 1،346 ވޯޓެވެ. ޝާޒްއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަލީ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ނަގާފައިވާއިރު، މަޖިލިހުގެ ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ނެގީ ޕީޕީއެމުންނެވެ. މިދިޔަ 14 އަހަރު ގޮނޑި ފުރުއްވީ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ. މެންބަރު ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިއާގައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ކ.އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަގޭޚިޔާލުމީ

    ފިކުރެއްގެ ދިރުމާއެކު ސިއްރުން ކޯލިޝަން ހަދައިގެން ކުރި މަސައްކަތުންވެސް ޕީޕީއެމް އަށް ގޮނޑި ގެއްލުނީ. ޕީޕީއެމް ގެ މިހާރުގެ ސައިޒަކީ ހަމަ ޕީއޭ ގެ ސައިޒް

    11
    23
  2. ގަލަން

    ހިއެއް ނުވޭ ފިކުރެއްގެ ދިރުމުން އެހީވީހެނެއް އެހެންނަމަ ޕީޕީ ކާމިޔާބު ކުރާނެ ސަރީފު އިތުރު ފުޅުނުހަދާ

    15
    7
  3. ޙޮބޭ

    ފަކުރެއްގެ ދިރުން އެހީވީމަ ތިހެންތިވީ އަންނި އާއި ވަގަކީ މިއަދު ދިވެހި ރައްޔިތުން ބަލައިގަންބައެއްނޫން. ދަތްދޮޅިބެ!

    12
    18
  4. ޏބބޖބ

    އިދިކޮޅު ހުރިހާ މީހުން އުޅެގެންވެސް ގޮނޑި ނުލިބުނު ވާހަކަ އަދި ވަކިން ޚާއްސަކޮށް އައްނިގެ ސަޕޯޓެއް ނެތްކަން ދެއްކި ވާހަކައެއް.

    10
    2
  5. ވަނަވަރު

    ތިއަބުނާ ފަކުރާއެކީ ވެސް ވީކަމެއް ހަރާން ދެންގޮސް އަމިއްލަޔަށް ދަތްދޮޅި ދުއްވާލަ އޭރަށް އިންތިހާބު ލިބިދާނެ ދެން ލަލަލާ

    9
    9
  6. އަލީ

    އިލެކްޝަން ފޮރޯޑް ބަލާނެ ކޮމިޝަނެއް ރާއްޖޭގެ ނޯވޭތަ؟ ފައިސާ ބަހަތޯ ބަލާނެ ބައެއްވެސް ނޫޅޭތަ؟ މީވާ ގައުމެއް.

    13
    5
  7. ލަކީ

    ޙޭޙޭ ޢާދަން ޝަޜިފު މިފަހަރު ކަމިޔާބު ލިބުނީ ޕީޕީއެެމް އަށް ދޯ އެހެން ވީމަ ހުސެއިން ރިޒާ ނޫުުުުުުުުުުުުުުުުުން ތޯ ހުވާ ކުރައް ވާނީ

    3
    4
  8. އިއްބެ

    ޕީޕީއެމް ކެނޑިޑޭޓަށް ވޯޓުދިން 47 ވޯޓުކަރުދާސް ބާޠިލްވޯޓުގެގޮތުގައި ގުނި! ފެނަކަިއން 3 ރަށުގައި މަސައްކަތެއްނެތް 29 ވަޒީފާ އުފެއްދި! 3 ރަށުގައި ކުރިޔަށްއނުދާނޭ ދަޅަ 6 ޕޮރޮޖެކްޓް ޖެއްސި! އަލަށް ވޯޓުލާ 23 މީހަކަށް ބޮލަކަށް 6000 ރުފިޔާ ފައިސާބެހި! އެމްއެންޕީއަށް ވޯޓުދިން 122 ގެތެރެއިން 49 އެއީ ޕީޕީއެމް ވޯޓު! މުޅި ދައުލަތް އެއްކޮށް ދައުލަތުގެ މުދާ ބޭނުންކޮށް ޞާލިޙާއެކު 3 ރަށުގައި ކެމްޕެއިންކުރި! ޕީޕީއެމްގެ ލީޑަރު ހުރީ ޖަލުގައި! އެމް އެންޕީ ޖެމްޕެއިންކުރީ އެމްޑީޕީއަށް! މިވަރުން ދިޔާމަ މިޔަށްވެސް ކިޔަންވީ ކާމިޔާބުތަ؟

    12
    3
    • ޢަލީ އާދަމް

      ބަލަ އިދިކޮޅު އެންމެން ޖަލަށްލައިފަ ތިއްބާ އިބޫވެސް 2018 ނެގީ. ދެން ތިކިޔަނީ ޔާމީނު ޖަލުގަ އޮތީމަޔޭ. ހިސާބަށްވުރެ ....

      1
      4
      • Anonymous

        އިބޫއަކީ އޭރުވެސް މިހާރުވެސް ވޯޓް އޮޅުވާލާ ބޮޑު ވޯޓް ވަގެއް. އެއަކު ނެތް ދެބަސްވެވޭނެ ޖާގައެއް. ތަފާތަކީ ޕޕމ އުން ގައުމުގަ ހުޅުނުޖަހާ ކާޅަށް ނުގޮވާކަން. ކަރުދާސް އަންދާފަ ބަހައްޓާ އަދިވެސް

        2
        1
  9. ކުމާރު

    މި އީ ވަރަށް ދެރަކޮށް ކުރިކަމެއް. ޕޕމ އަންނިގެ ގުިރޯނުގައި ޖެހުމަކީ އެޕާރޓީ ހަލާކުކޮށްލުމަށް އިބުރާހިމާ އަންނިގެ ރޭވުމުގެ ތެރެއިން ކުރާކަމެއް. ސަމާޅުވެލައްވާ. އާދަމް ޝަރީފު ވިސްނަވާ. މިހާރު ޖޕ ގެ ތާއީދުވެސް އެދަނީ މަޑުމަޑުން ދަށްވަމުން.

    6
    1
  10. ފިކުރު

    އެހެންވީމާ ތީގެން ހާމަވި ކަމަކީ ޕީޕީއމް އާ ފިކުރެއްގެ ދިރުމުގެ އައްނި އާ އެކުވިޔަސް އިބޫ ކާމިޔާބު ކުރާނެކަން. ވ ސަލާމް

    5
    7
  11. ާަަްެޮާަަަަަަިަެއދ

    ޢަަައްނި 2023