ރާއްޖޭގައި މި އޮތީ ރިޔާސީ ނިޒާމެއް ކަމަށާއި ރިޔާސީ ނިޒާމެއްގައި މަގުމަތިން ސަރުކާރު ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕއެމް އިން ބުނެފިއެވެ.

ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މި މަހު 21 ވަނަ ދުވަހު ހަމަވާއިރު ކުއްލި ނުރައްކަލުގެ ހާލަތަށް ފަހުވެސް އިދިކޮޅު ފަރާތްތަކަށް މަގުމައްޗަށް ނިކުމެ ސަރުކާރު ބަދަލު ކުރެއްވިދާނެ ތޯ "ވަގުތު" އިން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި މަގުމައްޗަށް ނިކުމެގެން ސަރުކާރު ބަދަލު ނުކުރެވޭނެ ކަމަށާއި އެ ފުރުސަތު ނޯނާނެ ކަމަށެވެ.

"ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެއް. ރިޔާސީ ނިޒާމުގައި މަގުމައްޗަށް ނިކުމެ ސަރުކާރު ބަދަލެއް ނުކުރެވޭނެ, ރައީސް ނަޝީދު އަކީ އަމިއްލަޔަށް އިސްތިއުފާ ދެއްވި ބޭފުޅެއް, ޖެހިގެން އައި ދުވަހު މަގުމައްޗަށް ނިކުމެ ވިދާޅުވީ އިސްތިއުފާ ދެއްވީ މަޖުބޫރު ކޮއްގެން ކަމަށް" ހަލީލު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ރާއްޖޭގައި މިއޮތީ ރާއްޖޭގެ ގާނޫނު އަސާސީ އޮތް ގޮތުން މަގުމައްޗަށް ނިކުމެ ސަރުކާރު ބަދަލު ކުރެވޭނެ ނިޒާމެއް ނޫން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް މުޒަަހަރާ ކުރިޔަސް މަގުމަތިން ސަރުކާރު ނުވެއްޓޭނެ ކަމަށާއި ސަރުކާރު އޮތީ އެއަށްވުރެން މާވަރުގަދަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ފަރާތްތަކުން މި މަހު 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެ ރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަޤީޤަތް

    އިންތި ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ގާނޫނާ ޚިލާފަށް އިތުރަށް ކަންކަން ކުރެއްވޭނެ ޖާގައެއް އަދި ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގެންނެވޭނެ ފުރުސަތެއް ވެސް މިހާރަކު ނެތެވެ. ރައްޔިތުންނާއި ބައިނަލްއަގުވާމީ ޕްރެޝަރާ އެކު ރައީސް ޔާމީން ހުންނެވީ "ހަތަރު ފަރާތުން ބެދި ފަހު ގޮޅީގައި" ކަމަށް ވިދާޅުވި އެވެ.

  2. އައިއޯ

    ތިއެއް އިގޭނެ އަހަރެމެންގެ (އެސްއޯ) ވިއްސަކަ ކުދިން ނިކުމެލަނިކޮށް... ބޭކާރު އަނގަނުތަޅާ...

  3. ޖޭމްސް

    ހަހަހަ ... ޕީޕީ އޯކޭދޯ މަގުމަތިން ބަދަލު ކުރިޔަސް .. ކަލޭމެން އިންސާފުގެ ދަރުބާރަށް ހާޒިރުކުރެވި ހައްގު އަދަބު ދިނުން ކައިރިވެއްޖެ .. އިންސާ ﷲ

  4. އާދަމް

    ރިޔާސީ ނިޒާމެއްގަ މަގުމަތިން ވެރިކަން ބަދަލް ކުރީވެސް ހަމަ ޕީޕީއެމް މީހުން އެހެން ބަޔަކު ތިކަން ކުރާކަށް ނުވެސް އުޅެ، މިހާރު މިއުޅެނީ ގާނޫނުގަ އޮތް ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެއްކަމުގެ ވޯޓު ނަގައިގެން އެކަން ކުރަން، ސާފް ވެއްޖެތޯ؟

  5. ވގ

    އެކަންކުރެވޭނީ ނިހާންމެނައްއެކަނި

  6. ދެރަކަލޯ

    7 ފެބުވަރީގަ ވެރިކަން ބަދަލު ކުރީ ކޮންނިޒާމެއްގެ ތެރެއިން އަސުރުމާނިޒާމުގެތެރެއިންތޯ

  7. ކ

    ދެން ކިހިނެކޯ ސަރުކާރު ބަދަލު ކުރެވޭނީ