ރާއްޖެއަށް ހަމަޖެހުމެއް ގެނެވެން އޮތީ އިންތިޚާބުގައި ސަރުކާރަށް ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ނައިބު ރައީސް ފައިސަލް ނަސީމް ރައްދުދެއްވައިފިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ކެމްޕެއިން ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ރާއްޖެ އަށް ހަމަޖެހުން ގާއިމު ކުރަން ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރަށް އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށެވެ.

"ރައްޔިތުން ތިބީކީ އިދިކޮޅު ފަރާތްތަކަށް ސުޕަ މެޖޯރިޓީ ދޭ ގޮތަކަށް ނޫން، ރައްޔިތުންނަކީ ވިސްނުން ތޫނު، ކުރިއަރައިގެން ދާން ބޭނުންވާ ބައެއް " އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި، މަޖިލިހަށް މެމްބަރުން އިންތިޚާބު ކުރަނީ އެ މެމްބަރެއްގެ އަމިއްލަ އެޖެންޑާ ކުރިއަށް ނެރެ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންތައްތަކެއް ހާސިލް ކުރާކަށް ނޫނެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުން އަނިޔާވެރިކަން އިސް ކުރިއިރު، ހުރިހާ މުއައްސަސާއެއް އޮތީ "މުށުތެރޭގައި" ކަމަށެވެ. އަދި ރައްޔިތުންނަކީ ފަހަތަށް ފިޔަވަޅު އަޅާނެ ބައެއް ނޫން ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

" އާރާއި ބާރު ދުނިޔޭގެ ވެރިއަކަށް ނުލިބޭ ވަރަށް ލިބުނު. ރައްޔިތުން އެ ފަހަރު ސުޕަ މެޖޯރިޓީއެއް ސަރުކާރަށް ދިން އެކަމަކު އޭގެ ބޭނުން ނަހަނަ ގޮތުގައި ހިފީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ހާލަތު ދަށު ދަރަޖައެއްގައި އޮތީ ރާއްޖެ އަށް ލިބުނު މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުން ކުރީމަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކޯ

    ރަށްޔަތުން ތިބީ ސަރުކާރު ކޯޅޭޝަނަށް އައުލަބިއްޔަތު ދޭގޮތަކަށްވެސް ނޫން

    59
    1
  2. ޒަންޖަބީލު

    ފައިސަލު ސައިޒު ނިއޮޅެ ތެކޭނީ ބަނޑި ހަންގަޑާއު

    51
    3
  3. ޝާތިރު

    ފައިސަލް އަށް ވެދުން ސަލާމް

    ޕުރައިމަރީގައި އަލީހުސައިން އަށް ހަދާލި ގޮތް މަޖިލީހަށް ފަހަރުގައި ނެހެދިދާނެއެވެ
    މަނިކްފާނުވެސް ދަރުސް ތަކަށް ގޮސް އަޑުއަހަން އިންނަތަން ކުރިން ދެކުނީމެވެ، އަދި އެކަމުގެ އަސަރު ފިލާދާނެކަމަށް އުއްމީދު ނުކުރަމެވެ.

    51
    1
  4. ހުސޭނުބޭ

    އޭތް މައިތިރިވޭ! ތިހެން އުޅެނިކޮށް ސައްޕުޖަހާފާނެ!

    52
    2
  5. ކުރަނޑިބެ

    ފައިސަލް ކަލޭ ތިޔައީ އަވާމެންދުރެއް ކަލޭ ރަނގަޅުވާނީ ތިވާހަކަ ނުދެއްކުން ވިސްނާލަބަލަ ވަމުންދާގޮތް އަވާމެންދުރަކީ ކޮންއެއްޗެއްކަން ކަލެއަށް ނޭނގޭތީ ހައިރާންވެއްޖެ.

    50
    1
  6. މޫސާ މަނިކު

    ޕީޕީއެމް މެންބަރުން ކިތަންމެ ނުރުހުނަސް ވަގެއް ވާނީ ވަގަކަށް. ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެ.

    3
    62
    • Anonymous

      ކަލޭމެން ރީނދޫ ތައް ކިތަންމެ ކަޑަ ވިޔަސް މމޕރސ އިން ގެއްލުނު 60 މިލިޔަން ޑޮލަރާ ޖީއެމްއާރަށް އެއާޕޯޓް ވިއްކާލައިގެން ދައުލަތަށް ނުވަދެ ގެއްލުނު 60 މިލިޔަން ޑޮލަރު ހަމަ އެއްވަރު. ދެން ވަގަށް ގޮވަން ކަލޭމެން މާ ތާހިރެއް ނޫން. އަހަރެމެން ވާ ގައުމު ތަރައްޤީ ވެސް ކުރިން. ކަލޭމެން ތަރައްޤީ ވެސް ނުކޮށް ދެން ހުރި އެއްޗެއްގަ ވިއްޔާ ހުޅުޖެހީ.

      44
      1
    • Anonymous

      ކިތަންމެ ވަރަކަށް ވަގަށް ގޮވިއަސް ހެކިނެތިގެން ޝަރީއަތެއް ނުހިންގުން. މީހުންގެ އަބުރަށް ކިތަންމެ ވަރަކަށް އަރައިގަތަސް ރައީސް ޔާމީން ވަރުގެ ވެރިއަކު މިގައުމު ނުދެކޭ. އެއީ ތަރައްގީގެ ބާނީ. އިންސާފުގެ ބާނީ.

      45
  7. އިއްބެ

    ރައްޔިތުން ވިސްނުން ތޫނުނަމަ، ތިޔަ ލާދީނީ، އަދި ހަމައެކަނި ލިޔުމުން ވަޢުދުފުއްދާ މީހުން ދޫކޮށް، މެޖޯރިޓީ ދޭނީ މިހާރުގެ އޮޕޮޒިޝަން އަށް. އިން ޝާ ﷲ، މީ ޝައްކެއް ހުރި ކަމެއް ނޫން.

    61
  8. ގައުމިއްޔަތު

    ﷲގެ ރަޙްމަތްފުޅުން މިލާދީނީ ބައިގަނޑަށް މެޖޯރިޓީއެއް ނުލިބޭނެ.

    62
    1
  9. ނެތިން ވޯޓުދޭކަށް

    އޭ މަނިކުފާނު. މަނިކުފާނު މިހާރު ނިސްބަތްވާ ޕާޓީއަކީ އިދިކޮޅު ޕާޓީއެއް. އެޕާޓީއަށްވެސް ވޯޓުނުދޭންތަ ތިބުނަނީ. ރައްޔިތުން ވޯޓު ދޭނެގޮތް އިގޭނީ ފައިސަލާ މައުމޫނާ އައްނިއަކަށް ނޫން. ރައްޔިތުންގެ ނިންމުން ރައްޔިތުން ބުނާނެ. އެގަބޫލުކުރޭ. ރައްޔިތުންނަކީ ހަމައެކަނި މަނިކުފާނުމެންނަ ސަރުކާރު ދަމަހައްޓަދޭ މީހުންއެކަންޏެނޫން. ކިތައްމެ ހަޅޭލެވިޔަސް އަހަރެމެންގެ ދުއާ އަކީ ގޮނޑި ވިއްކި 12މީހުންނަ ކަޅުފޮށީގަ ފައިސާ ގެންގޮސްދިން މައުމޫނުގެ ދަރިނުހޮވުން. އޭނަ މަޖުލިހުން ބޭރުކުރަންޖެހޭ. އަންނަ މަޖުލިހަށް އިބުރަތަކަށް.

    42
    2
  10. އަބުދުﷲ

    ފިނިހަކި ކުކުޅައްވުރެއް ބިސްތޮށިވެގެން
    ހުންގާނު ދޫޏަންވުރެން ފައިދިގުވެގެއްމިއުޅެނީ
    ނިމުންއޮތްގޮތްއެގިގެންބާ ފުންމަނީ

    45
    1
  11. ޢާޠިފް

    މީނައަށްވެސް އެގޭނެ ރިޔާސީ އިންތިޚާބުގައި މޮޅުވީ ރައީސް ޔާމީންކަމާއި ޔާމީން ބަލިކުރީ ވޯޓުން ވައްކަންކޮށްގެންކަން. އެހެންވެ އެ އަގަހަލުވަނީ!

    39
    1
  12. އެދުވަސް

    ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކުރާ މީހުންގެ ނުބައިކަމާއެވެ

  13. ޝަމްސާ

    ﷲ އިރާދަ ކުރެއް މި ފައިސަލް ގެ ހަޤީގަތް ރައްޔިތުންނައް މާލަސް ތަކެއް ނުވެ އެގިގެން ދާނެ ޤާސިމް އައް ވެސް މީނާ އާ އާއިލާ ގެ ހަޤީގަތް އެގިގެން ދާނެ ވަރަށް ސަލާމް