މިއަދު ކުރިޔަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ ގަޑި އިތުރުކޮށްފިއެވެ.

އީސީން ވޯޓުލުމުގެ ގަޑި އިތުރު ކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:00 އާއި ހަމައަށެވެ.

މިކަން ހާމަކޮށް ދާދި ދެންމެއަކު އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓުލުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެގައި ދެ ގަޑިއިރު އިތުރު ކުރަން އެ ކޮމިޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކޮމިޝަނުނން ވޯޓުލުމުގެ ގަޑި އިތުރުކޮށްފައި މިވަނީ، ވޯޓުލުމުގެ ގަޑި އިތުރު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އީސީގެ ނައިބު ރައީސް، އަހުމަދު އަކްރަމް ވިދާޅުވިތާ މާގިނައިރެއް ނުވަނީހެވެ. އަކްރަމް ފަހުން ވިދާޅުވީ، ވޯޓުލުމުގެ ގަޑި އިތުރުކުރުމަށް އީސީން ނިންމާފައި ވަނީ ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކަމަށެވެ.

ވޯޓުލުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިޔަށް ގެންދިއުމަށް މީގެ ކުރިން ހަމަޖެހިފައި އޮތީ ހެންދުނު 8:00 އިން ފަށައިގެން ހަވީރު 4:00 އާއި ހަމައަށެވެ.

މިފަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް މަދުކަން ފާހަގަކުރެވިފައިވާއިރު، މިއަދު މެންދުރާއި ހަމައަށް ލައްކައެއްހާ މީހުން ވޯޓުލާފައި ވެއެވެ. ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 60 އިންސައްތަ މީހުން މިއަދު މެންދުރުފަހު 1:30 އާއި ހަމައަށް ވޯޓުލާފައި ނުވާކަން ވަނީ އެނގިފައެވެ މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގުލިބިފައިވާ 264،442 މީހުން ތިބިއިރު އިންތިހާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެވެ އެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓް ލުން ކުރިއަށް ދާއިރު އަދި ހުރިހާ ސަރަހައްދެއްގައި ވެސް ވޯޓް ލުން ކުރިއަށް ދަނީ މައްސަލަތަކެއް ދިމާނުވެ ވަރަށް އަމާން ކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. އިއިއިޓް

  ވޯޓް ލުން އިރުއޮއްސި 6 ޖެހުމާއި ހަމައަށް އިތުރު ކުރީ އެއީ ހޫނު ގަދަ މޫސުމެކޭ ކިޔައިގެން އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން ބާކީ ވޯޓް ނުލާ ހުރި ހުރިހާ ވޯޓްސް ތަކުގައި އެމެން އެޖެންޑާ ނަވާރައިގެ ކެންޑިޑޭޓުންނަށް ފާހަގަ ޖަހާ ވޯޓް ފޮއްޓަށް ވައްޓާލަން ތައްޔާރު ވަމުންދާން ކުރި ކަމެއް ކަމަށް ވެސް މިކަން ވުމަކީ އެއީ ކައިރީގައިވާ ކަމެކޭ އައި ވޮނާ ޔޫ ޓު ލުކް ލުކް ލުކް އޮން ދެއަރ އެކްޝަންސް އެކްޝަންސް ސޯ އައި ޑޫ ޑޫ ރިމައިންޑް ޔޫ އިޓް އިޓް..

 2. އިބްރާ

  އިތުރުކުރިޔަސް ވޯޓްލާން ބޭނުންނުވާމީހަކު ނުލާނެ. ތިޔައީ އޮޅުވާލުމަށް ކޮށްގެން އުޅޭކަމަކާއި ވައްތަރީ

  26
  2
 3. ކޮތަރު އިމްރާނު

  ސަރުކާރުން މަޖުބޫރުކުރުވީ. ޤައުމީ ލަފާދޭ ކޮމިޓީ މެދުވެރިކޮށް. ކޮމިޝަންގެ އެއްވެސް މެމްބަރަކު ބޭނުމެއްނުވި. މީ ވަރަށް އެތެރެއިން ލިބުނު ޚަބަރެއް.

  24
 4. ލިލީ

  ދެން މާދަން ބަންދު ދުވަހެއް ގޮތުގަ ހަމަޖައްސާލަބަލަ. ޔާމީން ސަރުކާރުގަ ހާދަ ބަންދު ދުވަސް ދޭލެއް ގިނައޭ.

  16
  1
 5. ޥިންދު

  މަަކަރު ހަދަން އުޅުނަސް އެކަމެއް ނުވާނެ

 6. ޙައި

  މާދަން ބަންދު ސަރުކާރު

 7. ކުރަނގި

  ދެން އަވަހަށް ވޯޓުކަރުދާސްތަށް ބަންދުދުވަހު އަންދާލާ ކަލޯމެންގެ ވެރިކަން ހިތުހުރި ގޮތެއް ހަދާލާ.......

 8. އަހްމަދު

  ތިޔަ އަކްރަމާ ޝަރީފް އާ ދުވަހަކުވެސް ތެދަކަށް ވާހަކައެއް ނުދައްކާނެ .އޮޅުވާލުމާ ދޮގުހެދުމަކީ އެމީހުންގެ ކަށީގާ ހިފާފާހުރިކަމެއް. ކެންސަރަށްވުރެ ނުބާވާނެ. ކެންސަރުޖެހިފައިވާތަން ކަނޑާނެގީމާ ރަނގަޅުވޭ. މިމީހުންގެ ގުނަވަންތައް ބުރިބުރިކުރިއަސް ރަނގަޅެއްނުވާނެ. ދުލުން ބުނެފާ ބޭރުކޮށްލިބަސް ހިނދުކޮޅެއްގެތެރޭގައި އެބަދަލުކޮށްލަނީ ދިގުހެދުމަށް ކިހާފަރިތަވީމާ.

 9. ޓަވަރު

  ގޭސް ގަނޑެއް އަނބުރަންވެގެން ކުރިކަމެއް!

 10. އުނގުޅާ

  ހިންނަވަރު އިބްރާހިމް އާއި ފުވައްމުލަކު ފައިސަލް މެން ކުރާ ވެރިކަމަކީ އެއީ އަނެއްހެން ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް ޓަކައި އެމެން ކުރާ ވެރިކަމަކަށް ވުރެން ބޮޑަށް ވައްތަރީ އެއީ ހޮލިޑޭ ހަދަން ސަރުކާރުގެ ރައީސް އޮފީސް ތެރެއަށް ބޭނިގަނެގެން އުޅޭ ބަޔެއް ކަމަށޭ އެމެން އެބަލަނީ މުސާރަ ބަނޑު އަޅާލަން ސަރުކާރުގެ ބަޖެޓް އިން ލިބޭނަމަ ނިމުނީ ކަމަށޭ ކޮން ކަމެއްތޭދޯ ސަރުކާރު ކާމާލު ބަތް ތައްޓަށް ހުށިޔާރު ކާލާ ކާލާ ކާލާ އޯއް އޯއް ފެން ނުބޮނީސް ބަނޑު ބޮޑުވެގެން ވައިލެވެން ފަށައިފޫއޭ ކުދިންނޭ ބަނޑު އުނގުޅާ ދީބަލަ އުނގުޅާ އުނގުޅާ ބަނޑު އަޅާލެވުނީ މާ ގަދަ އަށް ވިއްޔާ ދޯ..