މިއަދު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނައިފަރު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި މިހާރު ވެސް އެދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގޮނޑި ދިފާޢު ކުރައްވައިފިއެވެ.

މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު ޝިޔާމް އުޅުއްވަނީ އެދާއިރާ އިން ދެވަނަ އަށް ދިޔަ ކެންޑިޑޭޓަށް ވުރެ 200 ވަރަކަށް ވޯޓް ކުރީގައެވެ.

ޝިޔާމް އާއި އެންމެ ކައިރިން ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ކާރިމް އެވެ.

ޝިޔާމާއި ކާރިމްގެ އިތުރުން ވެސް އިތުރު ދެބޭފުޅަކު އެދާއިރާ އަށް ވާދަކުރެއްވެވިއެވެ.

ފާއިތުވި ފަސް އަހަރު ޝިޔާމް ފާހަގަ ކުރެވުނީ ޕީޕީއެމްގެ އެންމެ ސީނިއާ އެއް މެންބަރުގެ ގޮތުގައެވެ. ޕީޕީއެމްގެ ވެރިކަމުގައި ޝިޔާމްގެ ބާރު އެޅުއްވުމާއި އެކު ނައިފަރު ދާއިރާގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުމީހާ

    އަސްލު އެމްޕީ❤