އެއްވެސް ގޮތަކަށް ފަހަތަށް ޖެހިވަޑައިނުގެން ތެދުވެރިކަމާއިއެކު އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގައި ޘާބިތުވެ އެކަތިގަނޑެއްގެ ގޮތުގައި ބައިބައި ނުވެ ތިއްބެވުމަށް ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި މައްޗަން ގޯޅި މެދުދާއިރާއަށް ވާދަކޮށް ހަނިގޮތަކަށް ބަލިވި މުހައްމަދު އިބްރާހިމް (އިއްބެ) އިލްތިމާސް ކުރައްވައިފިއެވެ.

2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަޕޯޓަރުންގެ ފަރާތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވައި އިއްބެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މައްޗަން ގޯޅި މެދުދާއިރާއަށް ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތީން ކުރިމަތިލީ ވަރަށް ވެސް މުހިއްމު މަޤްޞަދުތަކެއް ޙާޞިލުކުރުމަށް ކަމަށެވެ.

"ބޮޑެތި ގޮންޖެހުންތަކާ އެކީ އެންމެ ފުރަތަމަ ދުވަހު ފޯމް ލުމުގައިވެސް ހީނުކުރާފަދަ ހުސްރަސްތައް ކުރިމަތިވި ނަމަވެސް ހިތްވަރުގަދަ އިޚްލާޞްތެރި އެހީތެރިންތަކެއްގެ އެހީގައި ރާސްތާގެ ފަހު ހަރުފަތާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނު. އެކަމަށްޓަކައި ޙަމްދުކޮށް ޝުކުރުވެރިވަން" އިއްބެގެ ބަޔާނުގައި ވެއެވެ.

މިހުރިހާ ކަމަކަށް ފަހު ވެސް ނަތީޖާ އަމާޒާ ހިސާބަށް ނުފޯރީ އެކިއެކި ބޮޑެތި ސަބަބުތަކާ ހުރެ ކަމަށާއި އެ ހުރިހާ ކަމަކީ މާތް ﷲ ގެ ޙިކުމަތްތެރި އިރާދަފުޅާ އެއްގޮތް ވާގޮތުގެ މަތިން ވެނިމިދިޔަ ކަންކަމަށް އިއްބެ ވިދާޅުވިއެވެ.

އެއީ އަޅުގަނޑުމެން މުސްލިމުން އީމާންވާ ޢަޤީދާއެވެ. އޭގައިވަނީ ހުސް ހެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ:

وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّـهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ ﴿البقرة: ٢١٦﴾

"...އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ". ﴿البقرة: ٢١٦﴾

އަޅުގަނޑުމެނަށް އޮތީ މާތް ﷲ އަށް އިތުބާރުކޮށް ވަކީލުކުރުމާއި ޤަޞާދަރަށް ކިޔަމަންވުމާއި އަދި އައު ހިތްވަރަކާ އެކީގައި ދެން އެހެން ފުރުޞަތެއް ލިބިއްޖެ ނަމަ ކުރިއަށް ދިޔުމެވެ. އިއްބެ ފާހަކަ ކުރެއްވިއެވެ.

މީގެ އިތުރުން އެއްވެސް ގޮތަކަށް ފަހަތަށް ޖެހިވަޑައިނުގެން ތެދުވެރިކަމާއިއެކު އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކުރުމުގައި ޘާބިތުވެ އެކަތިގަނޑެއްގެ ގޮތުގައި ބައިބައި ނުވެ ތިއްބެވުމަށާއި ދުޢާކުރުން ގިނަކޮށް ހެޔޮ ޢަމަލުތައް އިތުރުކޮށް މާތް ﷲ އަށް ކުރާ ވަކީލު ގަދަފަދަކުރުމަށް އިއްބެ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

"ހިތުގެ ހެޔޮދުޢާއަކީ، އިންތިޚާބުގައި އަޅުގަނޑަށް ވޯޓު ދެއްވި އެންމެހާ ބޭފުޅުންނާއި، މާއްދީ ގޮތުންނާއި މަޢުނަވީ ގޮތުން ވަރަށްބޮޑަށް އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނާއި، ޢާއިލާއާއި އެއްބަނޑު ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ދުރާއި ގާތުން ހެޔޮ އެދިވަޑައިގެން ދުޢާކޮށްދެއްވި އެންމެހާ ސަޕޯޓަރުން މިދުނިޔެއާއި އާޚިރަތުގައި ގިނަގުނަވެގެންވާ ހެޔޮ ޖަޒާ އިމެއް ނެތި މިންވަރު ކޮށްދެއްވައި އެހުރިހާ ބޭފުޅުންގެ ޢާއިލާތަކަށް ހެޔޮ މެދުވެރިކޮށްދެއްވައި މާތް ﷲ ޙަޞްރަތުން އެންމެހާ ފަރާތްތަކުގެ ބާކީ ދިރިއުޅުމުގައި ބަރަކާތާއި ޘާބިތުކަން ދެއްވުން" އިއްބެގެ ބަޔާން ގައި ވެއެވެ.

އިއްބެ އިންތިޚާބުގައި ވަރަށް ކުޑަ ތަފާތަކުން ބަލިވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޤސމ

    ދަފްތަރުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި އެތަކެއް ސަތޭކަ މީހުން އެދާއިރާއަށް ލައިގެންވެސް ލާދީނީ މޮޔަ ސޮރަށް ކުރި ލިބިފައިވާކަމަށް އޮތީ އެންމެ 22 ވޯޓުގެ ތަފާތުން. އިލެކްޝަނުން އަންނި ހޮވާދިނުމަށްޓަކައި ރޭވިރޭވުން އަދި ކުރި މަސައްކަތަކީ ބޮޑު ޖަރީމާއެއް އަދި ދިވެހިރާއްޖެއަށްވި ޚިޔާނާތެއް. މި މީހުންގެ މައްސަލަ އަދި ބަލާ ފިޔަވަޅު އަޅަންޖެހޭ!

    2
    1
  2. ނާނި

    ރަނގަޅުމީހާަ އައް ރަނގަޅު ފާހަގަ ޖަހާފަ އެއޮތީ

    2
    3
  3. ފސދފސަފ

    ދިވެހިންގެ ގިނަ މީހުން ތިބީ ޑިމޮކްރަސީގެ ދީން މަތީގައި، އެކަން ވޯޓުން އެބަފެނޭ...

    2
    1
  4. Anonymous

    ރަނގަޅުމީހާއަށް ރަނގަޅުފާހަގަ

    1
    2
  5. އހ

    ޤާސިމް ބިލިއަނުން ފައިސާ އޮއްސާދިނީމަވެސް ވީ ބަލި... ރިސްވަތަކަށް ނުވާނެ މިމީހުން ކިތަންމެ ބާވަރެއްކެއަސް.. ހެޔޮއެދޭ ފަރާތަކުންދިން 3 މިލިއަން ޑޮލަރު.. އެނިމުނީ..

  6. ޢައްމާބަޢުދު

    އިއްބެ އަކީ ރަގަޅު މީހެއް.

  7. އަލުންގުނާ

    ތިދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ. މިހާރު ހުރިހާ ފޮއްޓަކުންވެސް ވޯޓުގަ މައްސަލަހުރިކަން ސާބިތުވަމުންދަނީ.

  8. ދުރުމި

    ޕީޕީއެމް އައް ޖޮއިންކުރައްވާ..ގައުމުގެ ހައްގުގަ ކުރިއައް ވަޑައިގަންނަވާ..ޕީޕީއެމް ސަފު ވަރުގަދަ ކުރައްވާ.. ގައްސާން ލީޑަރަކައް ނަންގަވާ..

  9. ބިރު

    މީނަ ފޮނުވަންވީނު ނިއުޒީލެންޑްގެ ބޮޑުވަޒީރު އިސްލާން ކުރަން. ނިކަން މޮޅުވާނެ އެކަމަށް

  10. ނަޝީދާއި އިދިކޮޅު

    ހަމަ ހަޤީޤަތުގައި ވެސް މިފަހަރުގެ މަޖިލިސް އިންތިޚާބުގަ ވާދަކުރި އެންމެ ހިތްވަރުގަދަ އެކަކީ އިއްބެ. އިސްތިއުފާ ދިން ނަޝީދު، އިއްބެ އަށް ކުރި ދުއްތުރާ އާއި އުނދަގޫ ތަކަށް ކެއްކޮށް ސާބިގުކަމާއި އެކު ކުރިމަތިލާ ވާދަކުރީތީ ފަޚުރުވެރިވަން. އަދި ވޯޓުން އިއްބެ ބަލިވި ކަމުގައި ވީނަމަވެސް އަހަރެން ޤަބޫލުކުރަނީ ތިޔަ ނަތީޖާ އަކީ އިއްބެ އަށް ލިބުނު ކާމިޔާބެއް ކަމަށް. އަސްލު ދާއިރާގެ މީހުން ވޯޓް ލީ ނަމަ ތި ގޮނޑިއަކީ އިއްބެގެ ގޮނޑިއެއްކަން އަޤީން. އިއްބެއަށް އަބަދުވެސް ކާމިޔާބީއަށް އެދެން.

  11. Mary

    ދީނީ ކާޑު ކުޅެން ހަދައިގެން އަތަށް ގޮވީ ދޯ

  12. ސަމާ.

    މަރުހަބާ އިއްބެ. އެއްމެންގެ ލޯބި ހޯދިމީހާއަށް ވުރެ ކުޑަ ތަންކޮޅެއްފަހަތުގައި އޮތީ. ހަމަ ބުނެވޭނީ ބަރާބަރޭ،އަދިވެސް ހިތްވަރު ކުރާތި.އެއްމެ ފަހު ދުވަހު ރޭ،ފަތިހުއެމްޑީޕީގެ ޑޮލަރު ބޮނޑި މޮހުނަސް މާކުރިއެއް ތިދާއިރާއަކުން ނުލިބުނު.

  13. ސަސަމާ

    މިމީހުންނަށް ވެރިކަންވެސް. މިމީހުން ނަށް ފަނޑިޔާރުގެ ވެސް. މިމީހުންނަށް މަޖްލީސް ވެސް އިބްރާހީމް މުޙައްމަދު ޞާލިޙު ދެން އެމްޑީޕީގެ މަޖްލީސް އަކަށް ބިލް ނުވެއްދިޔަސް ދެން ހުރި ހާކަމެއް ރަނަގަޅުވާނެ. ކީއްކުރާ ފަނަޑިޔާރުގެއް. ކީއްކުރާ މަޖްލީހެއް. ދެން ހަމަ އެމްޑީޕީގެ މަޖްލީހާ ވަޒީރުިންގެ މަޖްލީހާ އެއްކޮށްގެން ވެރިކަން ކުރީމަ ނިމިނީއެއްނު. ދެން ކީއްކުރާ އިދިކޮޅެއްތަ؟ އެމްޑީޕީ ޖަހާހާ ބެރަކަށް ރައްޔިތުން ނަށޓަވަ ނައްޓަވައި ތިބީމަ ނިމުނީއެއްނު.