ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ފަރާތްތައް ކޯޓަށް ހާޒިރު ކުރުމަކީ އަދުލު އިންސާފަށް މަލާމާތް ކުރުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރެއްވުނު ބައެއް ފަރާތްތައް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އާއި ސަލާމަތީ ބާރުތަކުން ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކޮއްފައިވާ ފަރާތް ތަކާއި މީގެ އިތުރުން އުއްތަމަ ފަޑިޔާރު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގައި ދެއްކޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް ކަމަށާއި މިއީ އަދުލު އިންސާފަށް މަލާމާތް ކުރުން ކަމަށެވެ. އަދި ސިފައިން އާއި ފުލުހުން ރައީސް ޔާމީން ކުރާ ޣައިރު އާނޫނީ އަމުރު ތަކަށް ތަބާވުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
President Yameen & #Maldives security forces have no legal justification or rationale to bring SoE detainees, including Chief Justice Abdulla Saeed to the Criminal Court today. This is a mockery of justice. @MNDF_Official and @PoliceMv must refuse to follow unlawful orders.
— Mohamed Nasheed (@MohamedNasheed) March 21, 2018
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އިތުރު ބައެއް ބޭފުޅުން ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނިލައް ކޯޓަށް ވަނީ ހާޒިރު ކޮށްފައެވެ.
އިއްޔެ ވެސް މައުމުނާއި ފާރިސް އަދި ނަދީމް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް އެބޭފުޅުން ކޯޓަށް ގެނައިތާ ގަޑިއިރުތަކެއް ފަހުން ވަނީ ޝަރީޢަތް ކެންސަލް ކޮށްފައެވެ. ޝަރީޢަތް ކެންސަލް ކުރި ސަބަބެއް ކުރިމިނަލް ކޯޓުން ހާމައެއް ނުކުރައްވައެވެ.
މިއަދު އަނެއްކާވެސް އެބޭފުޅުން ކޯޓަށް ހާޒިރު ކުރަން ވަނީ ނިންމާފައެވެ.
އޭތް ބޮލިރަވަޔާ! ނުތެޅި މަޑުން އިނދޭ!
ނަޝޫދު ވެރިކަމުގަ ސްޕްރީމްކޯޓް ގެ އަމުރަށް ތަބާނުވި ހަދާން ނެތްދޯ. ޅަދު ހަޔާތްވެސް ކުޑަ އިންސާނެއް.
މައިބަދަޔަށް ބޭސްފަރުވާއަށޭ ކިޔާފަގޮސް ފިލާހުރީމަ އެއީ އާބިދާއަށް ކުރެވޭ މަލާމާތެއް، ކަލޭތީކާކު ...؟
ސްޕްރީމްކޯޓުގައި ތަޅުއެޅުވުމާއި ، ދަންވަރު ގޮސް ދޮރުވައްޓާލައިގެން ޤާޟީން ރަހީނުކުރުމާ ، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާ ، ކޯޓުގެ ޙުކުމަށް ފިލާއޮތުމާ މިއީ ކާކު ކާކަށް ކުރާ މަލާމާތެއްތޯ މި މޮޔަކަލޭގެ ކައިރީގައި ސުވާލުކޮށްލަން!!! ހެހެހެ ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތެއްނު؟
ތިޔަބޭފުޅާ ދިންގޮތަށް ޔާމީން އިސްތިއުފާ އެއް ނުދެއްވާނެ
ނަޝީދު ސްޕްރިން ކޯޓްގަ ތަޅުއެލުވުމަކީ ޝަރުއީ ނިޒާމަށް ގޮނޖެހުމެއް ނޫންތަ.
މީނަޔަށް ހީވަނީ ވެރިކަން ލިބެން ވަރަށް ގާތްވެއްޖެހެން
ބޮޑުގޮހޮޑާ މޮޔަފުޅުވީތޯ
ނަޝީދު މަނިކްފާނު މޮޔަފުޅުވީތޯ؟ގޮތްދެކުމާއި ކަންދެއްކުން،އަދި ބައެއްފަހަރު ބޮޑާހޭކުން އެއީވެސް ބައްބޭފުޅުންނަށް ވާގޮތް،އަމިއްލަފުޅަށް އަރުވާލެވިގެން ހުރެ .ރާއްޖޭގެ ރީދޫކުލަ ޖެހިފަ ތިބި ބައެްމީހުން ނަށް މަގުމައްޗަސް ނުކުތުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކުމަކީ،އެއީ ރަގަޅުގޮތެއްނޫން.ނިކަމެތި ކިތަށް ރައްޔިތުންނެއްތޯ،މިއަދު ޖަލުގައި އެތިބީ،ހުރިހާ މީހުންވެސް އެދުވަނީ ވެރިން ސަލާމތްކުރެވޭތޯ،ނިކަމެތިން ސަލާމަތް ކޮށްދެނީ ކޮންބައެތޯ...
ބަލި ޤަބޫލުކުރެވިއްޖެކަންނޭގެ! ކޮބައި މިހާރު އެއްކަލަ އެމްޔޫއޯ؟ މުޒާހަރާތައް ދަނީ ފުލުން! ކަމެއް ޙާޞިލުނުވެ ބަޔަކު ދަނީ ކުށްވެރިވަމުން! ދެން ބަލިނުވާކަންދެއްކުމަށް ކާލިގަނޑުޓީވީގައި 24 ގަޑިއިރު މަލާމަތްކޮށްކޮށްފަ ކިޔަނީ ރައީސްޔަމީން ، ރައީސް ޔާމީން ، ރައީސް ޔާމީން ! ދެން މީހުންކޮޅުގެ ފޯކަސް ހިފެހެއްޓުމަށް ކަމެއްކުރަންވެސް ވާނެތާ!!1