ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެ ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މާލެ، މ.އޮމެގާ، ޝަމާ މުޙައްމަދު (26އ) އާއި މާލެ، މއ.ކެލާގެއާގެ، ޢަބްދުﷲ މަހާތީރު (35އ) އަދި ލ.ގަން، ތުނޑި.ފެއަރީޕެލަސް، ޒައިދު ޙުސައިން (39އ) އެވެ.

މި ތިން މީހުންގެ ތެރެއިން ޝަމާ މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 14 ވަނަ ދުވަހުގެ 10:45 ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ޢަބްދުﷲ މަހާތީރު ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 14 ވަނަ ދުވަހުގެ 10:45 ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އަދި ޒައިދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން އޭޕްރީލް 15 ވަނަ ދުވަހުގެ 11:30 ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މި ތިން މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    އާބާދީގެ ބޮޑު ބައެއް މީރާ އަށާއި ބޭންކް އަށް ދަރާފައެވެ. މައްސަލަ ތައް ކޯޓައް ދަނީއެވެ.

    19
    1
  2. ޢަލީ

    އިނގިރޭސިވިލާތުގައި ސަމާ އަދީ މަހާތީރު ވީ ދެންހުރިމީހަާ ހުރިތަނެއް އަޅިގަނޑަކައްނޭގެ. މޮހޯ މެން އެންމެން އުޅެނީ އެކީ އެއްތަނއެއްގައި

    33
    2
  3. އެލެކްސް

    އާބާދީ ބޮޑުބައެށް މީރާގެ ބަލާވެރިކަމާހުރެ އަބަދު ކޯޓުތަކައް ދަމަނީ ސައިކަލް ކާރު އަހަރީފީ ނަގާ ޕާކު ކުރާނެތަނެއްނުދެއްކޭ އަހަރު ވީމާމީރާއިން އިސްޓިކާގެ ފައިސާނުލިބިގެން ކޯޓައްމައްސަލަ ވައްދާނެ ވަކިހިސާބުން ތަންފީޒުގެ ބަލާވެރިކަން 1 ދުވަހުވެސް ކޯޓައްނުގޮއްސިނަމަ ޕޮލިސް މެދުވެރިކޮއް އެމީހާއޮރިޔާންކުރާނެ ކުދިވިޔަފާރި ވެރިން ހަލާކު ކުރިމީހަކީ ރައީސްޔާމީންވެރިކަމުގާ މިހާރު ވެރިކަމުގަހުރި މީހާވައުދުވި މީރާއިންކުރާ ޖަރީމާހުއްޓުވާނެކަމައް މިހާރު ރައީސްއެކަމާ އަޅާވެސްނުލާ މރ. ޒީރޯ ޓޮ ލޮ ރެ ން ސޯ

    2
    1