ހއ. ފިއްލަދޫ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފިއެވެ.

ފިއްލަދޫގައި އާއި މާލޭގައިވެސް މި ވޯޓުލުން މިއަދު ކުރިޔަށްދާއިރު، މިއީ 19 ވަނަ މަޖިލީހުގެ އިންތިޚާބަށްފަހު ރާއްޖޭގައި ކުރިޔަށްދާ ފުރަތަމަ ބައި-އިލެކްޝަނެވެ. ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައިވަނީ އެ ރަށު ކައުންސިލަރުންތަކެއް އިސްތިއުފާ ދިނުމުންނެވެ.

ފިއްލަދޫ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ކުރިޔަށްދަނީ - ފޮޓޯ: އީސީ

މިއަދު ކުރިޔަށްދާ ބައި-އިލެކަޝަންގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވައެވެ. ފިއްލަދޫ ކައުންސިލަށް ކުރިމަތިލުމަށް ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ފުރުސަތު އިއްޔެ އާއި ހަމައަށް އޮތީ ހުޅުވާލާފައެވެ.

ފިއްލަދޫ ކައުންސިލުން އިސްތިއުފާ ދީފައިވަނީ، ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޖައުފަރު އާއި ކައުންސިލް މެންބަރު މުހައްމަދު ނާފިއު އެވެ. އެ ކައުންސިލަރުން މަޤާމުން އިސްތިއުފާ ދިން ސަބަބެއް އެނގިފައެއް ނުވެއެވެ.