އަލިރަސްގެފާނުގެ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ހޯމް އެފެއާރޒް ، ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ޝަހީދުންގެ އެންމެ ޢިއްޒަތްތެރި، ހަމްޒާ ރަޟިއަﷲ ޢަންހު އާއި އަދި މިރޭ މި ފާހަގަކުރެވޭ އަލިރަސްގެފާނުގެ ހިތްވަރުން އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންޖެހޭ. އެބޭފުޅުންފަދަ ވަރުގަދަ ޢަޒުމަކާއި ކެރުންތެރިކަން ހުރި ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އެބޭފުޅުންފަދަ ޢިލްމީ ޤާބިލް ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އެބޭފުޅުންގެ މަތިވެރި އަޚްލާޤީ ސިފަތަކުން އަޅުގަނޑުމެން ސިފަ ލިބިގަންނަންޖެހޭ.” އިމްރާން ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ދީނާއި ޤައުމަށް ޚިދުމަތް ކުރެވޭނީ އެބަޔަކަށް ލިބިފައިވާ ރިވެތި ސިފަތަކުގެ ބޭނުންކޮށްގެން ކަމަށާއި، ޒުވާން ޖީލަކީ މި ޤައުމުގެ ހައްޤުގައި ޤުރުބާންވާނެ ޖީލަކަށް ވާންޖެހޭ ކަމަށެވެ.
“ދީނާއި ޤައުމަށް ޚިދުމަތް ކުރެވޭނީ އެބައެއްގެ ގައިގައި ހުރި އަޚުލާޤާއި ސިފަތަކެއްގެ ނަތީޖާއެއްގެ ގޮތުން. އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑުމެންގެ ޒުވާން ޖީލު ބިނާވެގެންދާނީ އަޅުގަނޑުމެންގެ އިސްލާމް ދީނާއި މި ޤައުމިއްޔަތު ދިފާޢު ކުރެވޭނެ ބާރާއި ޚިކުމަތް ލިބިގެންވާ ބައެއްގެ ގޮތުގައި ކަން.” އިމްރާން ވިދާޅުވިއެވެ.
ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން މި ޤައުމު ސަލާމަތްކުރުމަށް އަލިރަސްގެފާނު ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.
މައްކާއަށްވުރެ ޖަލުގަހޭދަކުރީމަ އުފާވާވާހަކަދެއްކީމަަ ކަލޭގެދިޔުޅިހަމަނުވާކަންއެބައިނގޭ..މަދީނާއިންތިކިޔެވީކޯޗެއް..
އަހަރެންނަކީ ތިބުނާހާ ހިތްވަރު ގަދަމީހެއްނޫން އިމްރާން، އެދުވަހު ފަރަންޖީންނާއި ދިވެހިން ހަނގުރާމަ ކުރަމުން ދިއައީ ގުޅަކުޅޭފަސްގަނޑުގައި، އަހަރެން އުޅުނީ ފިލަން... ފިލަން އުޅުމުގެ ތެރޭން މާލޭގެ ފުއްޓަރުފަރާތުން ފަރަންޖީން އަހަރެން ފަހަތުން ފަހަމުން އައިސް އަހަރެން ޝަހީދުކުރީ، ވިސްނާލިޔަސް އެގެންވާނު އަހަރެންގެ ގަބުރު (ކަލޭމެން ޒިއާރަތަކަށް ހަދައިގެން ތިއުޅޭތަން) މާލޭގެ އެހިސާބުގައި އޮންނަށްޖެހޭ ސަބަބާއި ބެހޭގޮތުން ވިސްނާލިއަސް
ކެކެކެކެ. ތަންކޮޅެއް ވާނުވާ އެނގިގެން މޮޅު ކޮމެންޓް ކުރަން އުޅެބަލަ. މާ ލޮޖިކަލް މީހަކަށް ވެގެން ތި ވިސްނަނީ އިނގިލި ކުރިއާ ހަމައަށް. ޒިޔާރަތް އެހުންނަނީ އޭރުގެ ފުއްޓަރު ފަރާތުގައި. ދެން ގުޅަކުޅޭ ފަސްގަނޑަކީ މާލެގެ އަނެއް ފަރާތުގައި ހުންނަތަނެއް. ތި ވިއްކާ ވާނުވާ ނެންގޭ ކުޑަކުދިންނަށް.
މުނާފިޤު ބުރައްމާނި އިމުރާނޫ ކަލެޔައްކަށް ނުކެރޭނެ ހުސެން އާދާމްގެ ވާހަކަ ދައްކާލާކަށް
ޤައުމުގައި މުންކަރާތްތައް ޢާންމުވެ އެތައްބަޔަކު ފާޅުގައި އިސްލާމް ދީންނުން ބޭރުވާ ޒާތުގެ ވާހަކަތަކާއި ދީން ޤަބޫލުނުކުރާކަމަށް ގޮވަމުންދާއިރު އެފަދަ ބައެއްގެ މައްޗަށް އެޅި ޤާނޫނީ ފިޔަވަޅެއްނެތް އިރު ކިހިނެއްތޯ އަލިރަސްގެފާނުގެތްވަރުން ހިތްވަރު ލިބިގަންނަންނާނީ ތި ބޭފުޅުން. ދީނާއި ޤައުމަށްޓަކައި ޝަހީދުވި ބޭފުޅެއް. މިއަދު ތި އުޅުއްވަނީ ވަޒީފާއަށްޓަކައި. ކަނޑައެޅިގެން ކުފުރުގެ ވާހަކަތައް ގޮވަމުން ދިޔައިރުވެސް ހަނު ހުންނަވާ ތާޢީދުކުރެއްވެވީ.
ހުކުރުވަގުތު އަދާލަތު އޮފީހަށް ވައްދާ ޅަ އަންހެން ކުދިންގެ ކިބައިން ހިތްވަރު ނުލިބޭތަ ކަލެއަށް
އަލިރަސްގެ ފާނަކީ ޤަވްމަށް ޤައްދާރުވި ބޭކަލެއް ނޫން އެކަމަކު އިމްރާން އަކީ ކޮންކްހަލަ އަލިރަސްގެ ފާނެއްތޯ. ދީނެއް މިހާރުނެތް ތިބޭފުޅާގެ ޢަމަލްތައް ބަހައްޓަވާގޮތުން ފާޅުގަ ސަރުކާރުން ކޮންމެކަމެއްކުރިއަސް އެއްޗެއްބުނަންފަސްޖެހޭ މިއީތޯ އަލިރަސްގެފާނުގެ ހިތްވަރަކީ ނޫން.