ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ރާއްޖޭގެ ގަައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިރޭ ނެެރުނު އެލާޓްގައި ބުނެފައި ވަނީ، ނ އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.
މެޓް އޮފީހުން އެލާޓްގެ މުއްދަތު ހަމަވާނީ މާދަމާ ހެނދުނު 9:15ގައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމަށް ފަހު އިއްޔެ އާއި މިރޭ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭ ވެހެމުންނެވެ.
އަދި ރާއްޖެއަށް ވާރޭ ނުވެހޭތީ އިއްޔެ މެންދުރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފައެވެ. އިސްތިސްގާ ނަމާދަށް ފަހު ގިނަ ރަށްރަށަށް ވާރޭ ވެހެން ފެށުމުން ވަރަށް ގިނަ މީހުން ގެންދަނީ މީސް މީޑިއާގައި އެކަން ފާހަގަކޮށް ﷲ އަށް ޝުކުރު ދަންނަވަމުންނެވެ.
ކޮން ލަފައެއް ކުރާކަށް.. ވެހެން ފެށީމަދޯ އިނގެނީ ލަފާކޮށް އެލާޓް ނެރެން.. އަހަރުމެނަށްވެސް އިނގޭ ވެހެން ފެށީމަ އެވެހެނީކަން.. ބޯހަލާކު..
މީސް މީޑިޔާގަ ޝުކުރު އަދާ ނުކޮށް ނަމާދެއް ކޮށްލާފަ ﷲ އަށް ޝުކުރު ދެންނެވިއްޔާ މާރަނގަޅުވާނެ.