މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހިންގަވަން ގަސްދުކުރައްވާ މަޝްރޫޢުތަކުގެ ތެރެއަށް ބޭންކަކާއި ރިހެބިލިޓޭޝަން ސެންޓަރެއް އިތުރުކުރައްވައިފިއެވެ.
ޖާބިރު މީގެ ކުރިން ވަނީ ޔުނިވަސިޓީއެއް އޭނާގެ ނަމުގައި ކާށިދޫގައި ބިނާ ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ޖާބިރު މިއަދު ވިދާޅުވީ އޭނާ ބޭންކެއް އުފައްދަވާ ރައްޔިތުންނަށް ލޯނު ދޫކުރައްވަން ފައްޓަވާނެ ކަމަށެވެ.
"ސަރުކާރުން ނުވަތަ ބީއެމްއެލް އިން ދޫކުރާ ލޯނުތަކާއި އެއްވެސް ގުޅުމެއް ނެތް އަޅުގަނޑުގެ އަމިއްލަ ލޯނު އަޅުގަނޑު ދޫކުރަނީ. ސަރުކާރުން ހުއްދަ ދެއްވުމުން "ޖާބިރު ލޯން" ގެ ނަމުގައި އަޅުގަނޑު ލޯނު ދޫކުރަން ފަށާނަން." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރިހެބިލިޓޭޝަން ޚިދުމަތް ބޭނުންވާ ސިޔާސީ ބޭފުޅުން މިހާރު ވެސް ސިޔާސީ ދާއިރާގައި އެބަތިއްބެވި ކަމަށާއި އެބޭފުޅުން ރިހެބިލިޓޭޓް ކުރުމަށްޓަކައި ރިހެބިލިޓޭޝަން ސެންޓަރެއް ވެސް އޭނާ ގާއިމް ކުރައްވާނެ ކަމަށެވެ.
ޖާބިރު ގެންދަވަނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށާއި، ގާސިމް އިބްރާހިމަށާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުން ސިޔާސީ ދާއިރާ ދޫކޮށްލެއްވުމަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ.
ޖާބިރު ވަނީ ކާށިދޫ ދާއިރާގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގަވާނެ ކަން ވެސް މީގެ ކުރިން އިއުލާން ކުރައްވާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ވައުދަކީ ކޭބަލް ކާރުގައި ކާށިދޫ ދާއިރާގެ މީހުންނަށް ދަތުރު ކުރެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ޖާބިރު ވެވަޑައިގެންފައިވާ ވައުދެވެ.
ބޭންކްއޮފް މަލިކް .
ވާހަކަމީހާގެ މާގިނަވެއްޖިއްޔާ އަމަލެއްނުހިގާނެ
ޢޭނަ އަތުގަ މާލާރި ގިނަވީމާ ދުނިޔޭން މޮޔަވީ
މިހާރު މަޝަކީ ވަކި ދައުލަތެއް. މަގޭ ދައުލަތުގެ ނަމަކީ “ދިޔާޖާބިރު”.
ހެޔޮނުވާނެ ގަނޫނަކުންވިއަސް މަސްމާރުކޭޓުގަ ކުނިމަސް ވިއްކަންތިބޭ ދަމާކަނޑާ މީހުންބޭރުކޮށް ރައްޔިތުންނަށް ތާޒާކޮށް މަސްލިބޭނެގޮތް ހަދާދީ މާރުކޭޓުގަ ކަޑުމަހުގެ ބާވަތްތަށް ވިއްކޭނި މަސްވެރިކަންކުރުމަށް ރަޖިސްޓްރީކޮށްފަ އޮންނަ މަހަށްދާ ދޯނޖެއްގެ ބަޔަކަށް ކަށާ އެނޫން ބަޔަކު މަސްވިއްކާނަމަ ފިޔަވަޅު އެޅުމަށްގޮވައިލަން ކުރިޔަށްއޮތީ ރަނމަޟާންމަސް މީ މާލޭގަދިރި އުޅޭ ހުރިހާރައްޔިތުންގެ އާދޭހެއް މިކަމެއް ނެއް ހައްލުކުރެވިފަކަ ބިގޭ ކަމެއްކުރަނޏާ މިިކަްކޮށްބަލަ
ޖޭބީ
ޖާބިރު ބާރަށް ކުރިއަށްދޭ އަދި ތިޔަ ވައުދުތައް އަވަހަށް ފުއްދަވާ، ޖާބިރު އޭނާ ނުކުރާނެ ކަމެއް ނުބުނާނެ. ކަން ކޮށްފައި ދައްކާލީމާ ރައްޔިތު މީހާ ހައިރާންވާނެ. އަވަސްކުރެވޭ އަވަސްކުރެވޭ އަވަސްކުރެވޭ
މި ޤައުމުގައި ދެވައްތަރެއްގެ ސިޔާސީ މީހުން އުޅޭނެ އެއީ:
1، ދެއުޅި އެއް ނުވާ މީހުން.
2، އުފެދުމުގައިވެސް އުޅި ނެއް މީހުން
ޢަބްދުﷲ ޖާބިރަކީ ދެވަނަ ނަންބަރުގެ މީހެއް.
ޖާބިރުއަށް ވަރައް ރަނގަޅަށް އިގިލައްވާނެ ރާއްޖޭގެ މަނިޓަރީ ނިޒާމްގެ ޕޮލިސީ ޑިކްޓޭޓްކުރަނީ ކޮންބައެއްކަން އަދި ރާއްޖޭގެ ބެންކުތަކުގެ ބޯޑްތަކުގައި ތިބެނީ ކޮންބަޔަކު އައްޔަނިކޮށްފައިވާ ބައެއްކަންވެސް. މިބައިމީހުން ރާއްޖޭގެ އިގްތިސާދު ކުރިނާރުވައި ހިފަހައްޓަނީ މިމީޙުންގެ ބޭނުމަށް، ގިނަ ރައްޔިތުން މަޖްލީހުގެ ޕޮލިސީމެކަރުންނައް އައްނަ މީހުންނަކަށް ނެންގޭ މިކަހަލަ ކަންކަމެއް މީވެސް މި މަދުމީސްކޮޅޮ ބޭނުންވާގޮތައް ޕާޓީ ނިޒާމްހަދައިގެން މާކެޓްކޮށް ތަންދޮރޮ ނުދައްނަ މީހުންލައިގެން ކުރާކމަކީ ވާނުވާއެއް ނޭންގޭނެއްނު މިހެންވީމަ ކޮންޓްރޯލް ކުރަން ފަސެޭހަޔަކަށް ނެންގެންޔާ ސުވާލެއް ނުކުރާނެ ފައިސާ ނުވަތަ ހަދިޔާ ބަޓަންއަށް ފިއްތާލެވޭނީ، ބޭނުންވާ ކަންކަން ރައްޔިތުމީހާ ވެސް އެބަޖެހޭ އޮޅޫންފިލުވަން
ޖާބިރު ގަބުރުސްތާނު ނަމުގަ ކާށިދޫގަ ގަބުރުސްތާނެއް އަޅާލަބަލަ.. ތިރަށުގެ އުމުރުން ދޮށީމީހުންނައް ޖާބިރު ވަރެއްނެތް
މުޅި އޮޑީގައި ހަސަނުގެ ދެފަޔޭ ބުނާހެން މުޅި ކާށިދޫގައި ޖާބިރު. އަނެއްކާ ރަށުގެ ނަން ވެސް ބަދަލު ވެދާނެ. ވަޢުދުތައް އަޑު އަހާގެން މިތިބީ.
ކޮބައިތޯ ބޭންކުގެ ނަން! މަނިކުފާނަށް ދެއްވާނެ ނަމެއް އެގިނުލެއްވިއްޔާ އަޅުގަނޑު ރަގަޅު ނަމެއް ދެއްވަންތޯ! "ޑަކައިތު ބޭންކް" ރަގަޅުނޫންތޯ!
ހޭބަލިވެދާނެ... ??????