އެލައިޑް އިންޝުއަރަންސް ކުންފުނީގެ ހެލްތް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އުފެއްދި "މައި އެލައިޑް"ޕޯޓަލް ރީ-ބްރޭންޑްކުރުމާއި އެކު ހިދުމަތް ފުޅާކޮށް ޕޯޓަލަށް އައު ޚިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

އެލައިޑް ސްޕެޝަލް އިވެންޓް 2018ގައި ލޯންޗްކޮށްފައިވާ "މައި އެލައިޑް" ޕޯޓަލް ކުރިން ހާއްސަ ވެފައިވަނީ އެލައިޑުގެ ހެލްތް އިންޝުއަަރަންސް ކަސްޓަމަރުންގެ ބޭނުންތަކަށެެވެ. އެގޮތުން ހެލްތް ކްލެއިމްސް އަށް އެދި ފޯމް ހުށައެޅުމާއި، ކްލެއިމް ސްޓޭޓަސް ބަލާލުމުގެ އިތުރުން ހެލްތް ޕޮލިސީގެ ލިމިޓުތަކާއި ބާކީ ހުރި މިންވަރު ބަލާލެވެއެވެ. ނަމަވެސް އަލަށް އިތުރު ކުރެވުނު ހިދުމަތްތަކާއި އެކު މައި އެލައިޑް ޕޯޓަލްވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު އިންޝުއަރަންސްގެ އިތުރު ހިދުމަތް ހޯދޭނެ ވަސީލަތަކަށް ވެފައެވެ. އެގޮތުން މައި އެލައިޑް ޕޯޓަލަށް އަލަށް ތައާރަފުކުރެވިފައިވާ މުހިންމު ހިދުމަތްތަކުގެ ތެރޭގައި މޮޓޯތަރޑް ޕާޓީ އިންޝުއަރަންސް އަދި ތަކާފުލް ނެގުމާއި އައު ކުރުން، ހޯމް ކޮންޓެންޓްސް ތަކާފުލް އާއި ހައްޖު އަދި އުމްރާ ތަކާުފުލް ނެގުން، މޮޓޯ އީ-ސްޓިކަރ ޖެނެރޭޓްކުރުން އަދި ނަންގަވާފައިވާ އިންޝުއަަރަންސް ޕޮލިސީތަކާއި ތަކާފުލް ސެޓްފިކެޓްތައް ވެރިފައިކުރުން ހިމެނެއެވެ.

އެލައިޑް އިންޝުއަރަންސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މާކެޓިންގ މެނޭޖަރ ނިއުޝާދު ޝަރީފު ވިދާޅުވީ އެލަައިޑަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފަސޭހައިން ފުއްދޭނެ އިޖާދީ ކަންކަން ތައާރަފުކުރުމަށް ނުހަނުު ސަމާލުކަމެއް ދޭ ކުންފުންޏެއްކަމަށެވެެ. އެގޮތުން އެލައިޑް މޮބައިލް އެޕްލިކޭޝަނާއި އެއް ހަމައަށް މައި އެލައިޑްގެ ހިދުމަތް ފުޅާކުރުމުން ގިނަ ކަސްޓަމަރުންތަކަކަށް އިންޝުއަރަންސް ހޯދުމުގައި ހޭދަވާ ވަގުތު މަދުވެ އޭގެ މަންފާ ކުރާނެ ކަމުގައި ނިއުޝާދު ފާހަގަ ކުރެއްވިއެވެ.

އަދި ކުރިޔަށް އޮތް ތަނުގައިވެސް މިވިސްނުމުގައި އިތުރު ކަންކަން ތައާރަފުކުރާނެ ކަމުގެ އުފާވެރި ހަބަރުވެސް ނިއުޝާދު ވަނީ ދެއްވިއެވެ.