ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރައިން ނެރުނު ހުދު އެލާޓްގައި ބުނެފައި ވަނީ، ނ. އަތޮޅުން ފެށިގެން، ވ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ކަމަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި އެލާޓްގެ މުއްދަތު ހަަމަވާނީ މިރޭ 20:00 ގައެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.