ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެދާނެ ކަމަށް ބަލާ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އިން މިރޭ ވައިޓް އެލާޓް ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާ ހަމައަށެވެ.

މެޓް އިން ނެރުނު އެލާޓްގައި ބުނެފައި ވަނީ، ޅ އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް އެ އެލާޓްގައި ބުނެފައިވެއެވެ.

މި އެލާޓް ނެރެފައި ވަނީ، މިރޭ 21:45 އިން މެންދަމުން އަލިވެ 03:00 އަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.