ސްރީ ލަންކާގެ ބުދިންޓަކު އައްޑޫގެ ފޭދޫ މަސްޖިދުލް ނަސްރުގައި މިއަދު އިސްލާމް ދީން ގަބޫލުކޮށްފިއެވެ.
މިއަދު އިސްލާމް ދީން ގަބޫލުކޮށްފައި ވަނީ ފޭދޫ ގަރާޖެއްގައި ވަޒީފާ އަދާ ކުރަމުން އަންނަ މަހޭޝްއެވެ. މިސްކިތުގައި އޭނާއަށް ޝަހާދަތުގެ ދެކެލިމަ ލައިދެއްވީ ޝެއިހް މުހައްމަދު އަނީލެވެ.
މަހޭޝް ބުނެފައި ވަނީ ދީން ގަބޫލު ކުރަން ނިންމީ އަމިއްލަ އަށް ބޭނުންވެގެން ކަމަށާއި އެއީ ލަންކާގައި ދިރިއުޅޭ އޭނާގެ އަންހެނުން ވެސް ބޭނުންވެގެން ކުރި ކަމެއް ކަމަށެވެ. މަހޭޝް ބުނެފައި ވަނީ އޭނާގެ ނަންވެސް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި، އަންހެނުންނަށް ރީތި ނަމެއް ކިޔާނެ ކަމަށެވެ.
ލަންކާގައި މިހާރުވެސް ބުދިސްޓުން މުސްލިމުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތައްދީ، މިސްކިތްތަކަށްވެސް ގެއްލުން ދެމުން ދެއެވެ. އިއްވެސް ލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މުސްލިމުންގެ މީހަކު މަރާވެސް ލާފައިވެއެވެ. އެ ހަމަލާތައް މުސްލިމުންނަށް ދެމުން ގެންދަނީ ލަންކާއަށް ދިން ބޮން ގޮއްވުމުގެ ހަމަލާތައް ދިނީ މުސްލިމުން ކަމަށް ބުނެއެވެ.
އެހެން ނަމަވެސް، ލަންކާގެ ބޮން ގޮއްވުމުގެ ހަމަލާތައް ދިނީ މުސްލިމުންގެ ނަމުގައި ލާއިންސާނީ އަމަލުތައް ހިންގާ އައިއެސް ޖަމާއަތުންނެވެ.
ޢަލް ހަމްދު ލިއްލާހި
الله اكبر
ޢިސްލާމްދީން ގަބޫލުކުރުމުން އެކަލަާނގެ ރުއްސެވުން ލލިބޭނެ
ޢަލް ހަމްދު ލިއްލާހި. ﷲ އަކުބަރު.
ބަޔަކު މީހުން މުސްލިމުންގެ ނަމުގައި ތިބެ އިސްލާމްދީނާއި މުސްލިމުންގެ އަގުވައްޓަން ހޭބޯނާރާ މަސައްކަތްކުރިޔަކަސް އެކަން ކާމިޔާބެއްނުވާނެ. ﷲ ގެ ޙަޟްރަތުގައި ދީނަކީ الإسلام.