އައްޑޫގެ ސިއްހީ ހާލަތު ހުރިގޮތުގައި އައްޑޫގައި އައު ހޮސްޕިޓަލެއް އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ އައްޑޫގައި ތަރައްގީކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއި އެކު އައްޑޫގެ ސިއްހީ ނިޒާމުގެ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ.

އައްޑޫގައި ތަރައްގީކުރާ 100 އެނދުގެ އާ ހޮސްޕިޓަލަކީ ހިތަދޫގައި އިމާރާތްކޮށްފައިވާ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

"މިދިޔަ ސަރުކާރުން ވެސް 23 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރީމަ އަލުން އާހޮސްޕިޓަލެއް އެޅުމަކީ ހައްލެއް ނޫން އަދި އައިޖީއެމްއެޗްގެ މައްސަލަތަށް ހައްލު ކުރަން 25 ބުރީގެ އިމާރާތެއް އެޅުމަކީވެސް ހައްލެއް ނޫން " މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

އައްޑޫގައި ހަދަމުން އަންނަ އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށެވެ. އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެތަނުން ހިދުމަތް ދޭން ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގެވުމާ ހަވާލުވެ ހުންނެވި ޝާހް ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫ ރައްޔިތުން ޓާޝަރީ ހޮސްޕިޓަލަކަށް ކުރާ އުންމީދު މި ސަރުކާރުން ހަގީގަތަކަށް ހަދައި ދޭނެ ކަމަށާއި މިހާރުގެ އެންމެ ބޮޑު އަމާޒަކީ ހިތަދޫގައި ކުރިއަށް ގެންދާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އެޅި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ.

ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫގެ މި ހޮސްޕިޓަލް ވެގެން ދާނީ މާލޭން ވެސް ނުލިބޭ ހިދުމަތްތައް ލިބޭ އަދި ކަށީގެ މައްސަލަތަކަށް ހާއްސަ ތަނަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮބާ

    ކޮބާހޭ މާމިގިލީގައި އަޅަން ބުނި ހޮސްޕިޓަލް؟

    23
    1
  2. ސަންތިމަރިޔަބު

    އާއާ ކުރީސަރުކާރުން ފަށާފަ ހުރި ބިޔަ މަޝްރޫޢުތައް ނިމުމުން ގިރުވާނު ކޮޅަށް ޖަހާފަ ރިބަން ކެޑުމަކީ ވެސް ހައްލެނޫން . ނާގާބިލް މީހުން ތަންތަނުގެ ވެރިންނަށް ލުމުން ވާނެ ހައެތި ތިވަނީ. ސަންތިވެސް ޒުވާން ދުވަސްވަރު ދަތްގޯނި ކޮޑުއަޅާއި ގެން އުޅުނީމު ވީކަމެއް ހަރާން

    19
  3. ހުސޭނުބޭ

    އެއްފަހަރު ބުނޭ ރާއްޖެތެރޭ ސިއްހީ ހާލަތު ދަށޭ! އަނެއް ފަހަރު ބުނޭ ރާއްޖެތެރޭގައި ހޮސްޕިޓަލު އެޅުމަކީ ކުރެވޭނެ ކަމެއް ނޫނޭ! ކަލޭމެންނަށް ކުރަން އެނގެނީ ކޮން ކަމެއް! 1.8 ބިލިއަން ރުފިޔާ ދިރުވާލަން އެނގޭނެތަ؟

    51
    1
  4. ޢާސީ

    ޢައްޑޫގައި ހޮސްޕިޓަލެއް އެޅުމަކީ ބޭކާރު ހަރަދެއް ހުރިހާ މީހުން ދިރިއުޅެނީ މާލޭގަ މިވެރިންނައް މާލޭގެ ފަސްގަނޑުން ބިންދިނީމާ ރަނގަޅުވާނެ މުޅި އައްޑޫ ރައްޔިތުން ވަނީ ދަފުތަރުގަ ތޯއްޗެއް

    9
    2
  5. ގ

    ކަލޭއިސްތިއުފާދޭންވީނުން ދީފަގެޔައްދޭބަލަ

    16
    1
  6. ބެއްޔާ

    25ބުރި އިމާރަތަކީ ހައްލެއްނޫން. އައްޑޫގައި ހޮސްޕިޓަލެއް އެޅުމަކީ ހައްލެއްނޫން. ހައްލަކީ މީހުން ބަލިނުވެ ރަގަޅު ޞިއްޙީ ހާލަތެއްގައި ތިބުން. ސްކޫލްކުދިންނަށް ހެނދުނު ނާސްތާދިނުމުން ބަލިތަކުން ދުރުވެ ހޮސްޕިޓަލަތަކަށް ބާރުބޮޑުވުން ކުޑަކުރެވޭނެކަމެއް، އެއީދޯ ހައްލަކީ. ހައްލަކީ ނުވާވަރުގެ ކަންތައްކުރަން އުޅުމާއި ނޭނގޭ ކަންތައްތަކުގެ ތެރެއަށް ބޯމެހުން އަދި އަނގަ ގަދަވުން.

    13
  7. ބަފާބެ

    ޔާމީނުސަރުކާރުގެދުވަސްވަރު ކޮރަޕްޝަން ބަޔަކުހިންގިޔަސްވެސް، އެފަސްއަހަރު ރާއްޖެ ތަރައްގީވިވަރާ ގާތަށްވެސް ދެން ލާހުކެެްނޫން ކުރާކަށް! އެފަސްއަހަރު ކުރަންފަށައިފަ ހުރި ގިނަކަންތައްތައް ނިމިއްޖެއްޔާމު ގިނަބަޔަކަށް މަންފާކުރާނެ! އެކަމަކު މިގައުމު އިންޑިޔާއަށް ވިއްކާ ނިމިއްޖެ!

    18
    1
  8. ކަށިހަންޑިޔެ

    މިސަރުކާރަކައް ތިކަމެއްނުކުރެވޭނެ އައްޑޫތަރައްގީ އަށޭކިޔާފަ ތިޔަބުނާ ބިޔަލޯނު ދުބާއީފަންޑުން ލިބޭނެޔޯ

  9. ހަސަން ނ

    އަމީނޫ މަނިކުފާނުތިޔަމަގާމާހަވާލުވިއިރު
    އައްޑޫގައި ހޮސްޕިޓަލެއްއަޅާ ހުރީނިމިފަ