އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖައާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ ތަހުގީގަށް 15 ދުވަސް ވަންދެން ބަންދުގައި ބަހައްޓަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ އިން ދެކުނުގެ ރަށެއްގައި ހިންގި އެ އަމަލާ ގުޅިގެން ހައްޔަރުކުރި އުމުރުން 71 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ.

ކުއްޖާގެ މަންމަ މިއަދު ބުނީ އޭނާގެ އުމުރުން 71 އަހަރުގެ ލޯބިވެރިޔާ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރީ މިދިޔަ ރިޔާސީ އިންތިޚާބު ދުވަސްވަރު ކަމަށާއި ނަމަވެސް ދަރިފުޅު އެވާހަކަ މަންމަ ކައިރީ ބުނީ ހަފްތާއެއް ކުރިން ކަމަށެވެ.

ނުވަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން މާގިނަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ފުލުހުން ފުރަތަމަ ވިދާޅުވެފައި ވަނީ 16 އަހަރާއި 13 އަހަރުގެ ދެބޭބެ ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަހަަހަ

    ދެބުރަށް 15 ދުވަސް ޖަހާފަ ދޫކޮއްލާ

    4
    4
  2. ނަން ނޭންގޭ

    މީނައަށް ހަރުކަށި އަދަބު ދޭންޖެހޭ. މިކަހަލަ މީހެއް މުޖްތަމަޢަށް ދޫކޮށްލެވިގެން ނުވާނެ އެހެންނޫނީ ހަމަ އަނެއްކާވެސް މިފަދަ ކަންކަން ކުރާނެ.މިކަހަލަ މީހުންނަކީ މުޖްތަމަޢަށް ނުރައްކާތެރި މީހުން.

    3
    3