ދިއްފުށީގައި މިރޭ ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި ޒަހަމްވި މީހުންގެ ޖުމްލަ އަދަދު ފަހަކަށް އަރައިފި ކަމަށް އެރަށުން "ވަގުތު" އަށް މައުލޫމާތު ދީފިއެވެ.
ދިއްފުށިން ވާހަކަދެއްކި މީހަކު ބުނީ ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަސް މީހަކަށް އެރަށު ރައްޔިތުން ހަމަލާ ދީފައިވާ ކަމަށެވެ. އޭގެތެރެއިން ދެމީހަކަށް ވަޅިން ހަމަލާ ދީފައިވެއެވެ. އަނެއް ތިން މީހުންނަށް ހަމަލާ ދިނުމުގައި ތޫނު އެއްޗެއް ބޭނުން ކޮށްފައެއް ނުވެއެވެ.
ވަޅިން ހަމަލާ ދިނުމުން ޒަހަމްވި ދެ މީހުން މާލެ ގެނެސްފައި ވާއިރު އިތުރު ދެމީހަކަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަގެންދެއެވެ.
އިތުރު މީހަކަށް ހަމަލާދީ މާރާމާރީ ހިންގަމުން ދަނިކޮށް ފުލުހުން ވަނީ އޭނާ ގޮވައިގެން އެރަށުން ފައިބާފައެވެ. ނަމަވެސް އަދިވެސް އެރަށުގައި ބައެއް ފުލުހުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.
މިވަގުތު ދިއްފުށީގައި ހަމަނުޖެހުމެއް ހިނގަމުންނެއް ނުދެއެވެ. ނަމަވެސް ބައެއް މީހުން އަދިވެސް ސިއްހީ މަރުކަޒު ކައިރީގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ. ފުލުހުން ވެސް ހެލްތް ސެންޓަރުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.
ކަންކަން ފުލުހުންނަަށް ހައްލުނުވަންޏާ ރައްޔިތުން ނުކުންނަން ޖެހޭ..ހަމަ ބަރާބަރު
ވައްކަން ކޮށްގެން ނެގި ފައިސާ ތަށް ހޯދިއްޖެ ތޯ؟؟
ޖަޒީރާ ވަންތަ ރީތި ވެރިކަމުގައި ތިޔަބާވަތުކަން
ކަން އެއީ މައްސަލައެއްނޫނޭ ހުރިހާކަމަކަށް
މަގުހުޅުވިފައިވާ ޖަޒީރާ ރާއްޖެއޭމީ
ސާބަހޭ ދިއްފުށީ ތީ ނަމޫނާބައެއް
ވެސްޓަރން އޮސްޓްރޭލިޔާ ޔައް ތަމްރީން ހަދަން ފޮނުވާ
ގއ ގެމަނަފުށީ ގަވެސްވަންކަންއާމުވެއްޖެ މިކަންހައްލެނުވި
ފުލުހުންމައް ވަގުން ނުހުއްޓުވޭނަމަ ދެން އެކަން ހުއްޓުވަން ތިބީރައްޔިތުން އެމީހުންނައް އެކަން ހުއްޓުވޭނީ ކިހިނެއްކަން އެގޭނީ އެމީހުނައް
ނުލަފާ ގްރޫޕް ތައް ބައެއް ކުދީންނާ ގުޅިގެން ހިންމަފުށި ދިއްފުށި ކަހަލަ ރަށްރަށައް ދެއެވެ. އަދި ބިރުދައްކައެވެ. މިފަހަރު ރައްޔިތުންގެ ބާރުގެ މަތީން ހަނދާން ނެތުނީއެވެ.
އަސްލު މިފެންނަނީ ކަންކަން ބަލަހައްޓަން ތިބޭ މީހުން އެކަން ނުކުރުމުން ވާގޮތް... ވަކި ހިސާބަކހަށް އާމު މީހާއަށްވެސް ކެއްވަނީ.....
ވަރަށް ރަގަޅު. މުންކަރާތްތައް މަނާކުރުމަކީ ހަމަ ފަރުދީ ޒިންމާއެއް. ސަރުކާރުން މިފަދަ އެއްވެސް ކަމަކށް ފިޔަވަޅު އެޅިފަ އެއް ނެތް. އެހެން ވީމަ ދެން މި ގައުމު ހަމައަކަށް އަޅުވަން ނުކުުންނަންވި ރައްޔިތުން. އެހެން ނޫނީ މިފަދަ ނުބައި އަމަލުތައް ނުހުއްޓުވޭނެ
އައިއެސް މީހުން ވައްކަން ކުރިމީހުންގެ އަތް ކެނޑީމަ ކާފަރުންގެ މީޑިއާއިން އައިއެސް އަށް ދިން ލަޤަބަކީ ޓެރަރިސްޓުން. އަދި އެއާ ވިއްދާފަ ދިވެހިންވެސް ބުނީ އެއީ ނިރުބަވެރިންނޭ. އެއްކަލަ ކާފަރުން ފޮޑިޖެހީމަ ފޮޑިޖަހާގޮތަށް. ވީމާ ދިއްފުށީ ރައްޔިތުން ތީ ހައްދުފަހަނައެޅި ނިރުބަވެރިންތަކެއް. ހައްދުފަހަނަ އެޅީއޭމިބުނީ ހައްދުގައި ވައްކަންކުރާ މީހާގެ ހުކުމަކީ އަތްކެނޑުން. ވީމާ އަތް ނުކަނޑާ ބީތާވަންދެން ރާކޭސްގަންނަވާލީމަ އަސްލު އެ ހައްދުން ނެއްޓީ. އޭގެން އެނގެނީ ދިވެހިންގެ ގިނަ މީހުންނަށް އެއްޗެއް ނޭންގޭކަން.......
ޖަޒީރާރާޖޭގަ ކަންކަން ހައްލު ލިބޭނީ ތިގޮތައް
ވަށްކަމާ ފޭރުން ގިނަވެއްޖެ އެޖެންޑާ 19 ސަޅި
ކޮބާތަ ފުލުހުން. ކީކުރަ ބައެއްތަ ފުލުހުންއެއީ. މިސަރުކާރުން ފުލުހުންގެ ވަޒީފާ ވެސް އުވާލާންޖެހޭ. ކީކުރަން ރާއްޖޭގައި ބައިތިއްބާ ބައެއް އެއީ. ނިދާން ބައިތިއްބައިގެން މުސާރަ ދޭން..
ތިޔަހެދީ ރަގަޅަށް
އޮންލީ ފައިވް އިޒް އޯކޭ
އިންސާފު ހޯދައިދިނުމުގައި މުއައްސަސާތައް ފެއިލްވީމާ ދެން ރައްޔިތުން ނިކުންނާނެ. ކުރިއަށް އޮތް ތަނުގައި މިކަހަލަ ކިތައްމެ ހާދިސާއެއް އަދިވެސް ހިނގާނެ. ރައްޔިތުން ކެތްކުރާނީ ވަކި ވަރަކަށް.
ވައްކަން ކުރަނީވެސް ފޭރެނީވެސް ހަމަ އެއްބައެކެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ. އެމީހުނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް މިގައުމުގައި ގާއިމުވި އެއްވެސް ސަރުކާރަކަށް މިހާތަނަށް އެޅިފައެއްނެތެވެ. އަމުދުން މިގައުމުގައި މަސްތުވާތަކެތި ފެތުރި މީހާ ކަމަށްވާ މައުމޫނަށްވެސް އެކަން ހުއްޓުވާނެ ގޮތެއް އޮތީ ނޭނގިފައެވެ. މިހާތަނަށް އެޅުނު ފިޔަވަޅަކީ ހައްޔަރު ކުރުން، ތަޙުގީގުކުރުން، ޝަރީޢަތްކުރުން، ހުކުމް ތަންފީޒު ކުރަން ޖަލަށްލުން ދޫކޮށްލުން މިއެވެ. އެހެންވީމާ ދައުލަތަށް މިބައިމީހުނާމެދު ހަރުދަނާ ފިޔަވަޅެއްނޭޅި ގައުމުގެ އަމަން އަމާންކަން ގެއްލި ރައްޔިތުންގެ މުދަލަށާ ޖާނަށް ނުރައްކާ ވުމުން ދެން އޮންނާނީ ތިޔަގޮތެވެ. ދިއްފުށީ ރައްޔިތުންގެ ތިޔަ ޖިހާދަށް ޝުކުރު ހައްގެވެ. އެހެނިހެން ރަށްތަކުން ވެސް ދިއްފުށީ ރައްޔިތުން ނަމޫނާ އަކަށް ބަލައިގެން ކުރިޔަށް ދިޔުން ނޫންގޮތެއް ނެތެވެ.
ފުލުހުންނަކީ ދުވާލުދެދަޅަޔައްމަގުމައްޗައްނެރެ ޗެކްޕޯސްޓް ޖަހައިގެން ސައިކަލްތައްހުއްތުވާފަ އިސްޓިކާއެތް ހަމަވެފަތޯހުރީބަލާ އޭގެން ރުފިޔާއެތް އަތުޖެހެންއޮތްގޮތަކަށްއަތުލުން